ޚަބަރު

އަބުދުއްރަހީމްގެ ދަރިފުޅުގެ ރިމޯޓު ޝިއުނާ ޚާލިދުގެ އަތުގައި!

ދިޔަވަރު
އަބުދުއްރަހީމްގެ ދަރިފުޅުގެ ރިމޯޓު ޝިއުނާ ޚާލިދުގެ އަތުގައި!

ސަރުކާރުގެ އެތެރެ ކޮއިލުގެ ތެރޭ އެންމެ ގަދަޔަށް މި ދުވަސްވަރު ދެކެވެމުންދާ ވާހަކަ އަކީ ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިސަލްގެ ރިމޯޓު އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)ގެ އެމްޑީ ޝިއުނާ ހާލިދުގެ އަތުގައި އޮތް ކަމުގެވާހަކައެކެވެ.

‏ޝިއުނާގެ އަރިސް މީހެއްގެ ފަރާތްތަކުން ދިޔަވަރު ނޫހައް މައުލޫމާތު ދޭ ގޮތުގައި ފައިސަލް މިހާރު ހުރީ ބްލެކްމެއިލުވެ ވަރަށް ބޮޑައް ދަށުވެފައިއެވެ. އަދި ޝިއުނާ އޭނާގެ އަރިސްމީހުންގާތުގައި ފައިސަލް އަކީ މިހާރު އޭނާގެ ލޯބިވެރިޔާކަމަށާއި އެނާގެ ފުލް ކޮންޓްރޯލް އޮތްކަމަށް ބުނެ ވަރަށްގިނަ ކޮފީތަކުގައި ފޮނިކަނޑާކަމަށް ބުނެފައިވެއެވެ. އަދި މި މަޖިލިސް އިންތިހާބުގެ ތެރޭ ފައިސަލް މޮޔަހައްދައިގެން މުއިއްޒު ޕްރޮމޯޓުކުރަން އޯގާވެރި ނަމުގައި ސޯސަލް މީޑިއާގައި ޕްލެޓްފޯމެއް ހަދައިގެން ފައިސަލް ބައްޕަ އަބްދުއްރަހީމު(އަމާ އަދުރޭ)އަތުން މިލިޔަން އަކަށްވުރެ ގިނަ ރުފިޔާ ނަގާފައިވާ ކަމަށްވެސް ޝިއުނާގެ އަރިސްމީހެއް މި ނޫހައް ވަނީ މައުލޫމާތު ދީފައިއެވެ.

‏ފަތުރުވެރިކަމާއި ބެހޭ ހުރިހައި ނިންމުމެއް މިހާރު ނިންމަމުން ދަނީ ސީދާ ޝިއުނާ ހާލިދުކަމަށް އެތައް މަސްދަރަކުން ދިޔަވަރަށް މައުލޫމާތު ދީފައިވެއެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ކަމެއް ޖެހިގެން ގުޅަން ޖެހެނީ ޝިއުނާ އަށް ކަމަށް އިންޑަސްޓްރީގައި ހަރަކާތްތެރިވާ ނުފޫޒުގަދަ އެތައް މީހުން ފަރާތުން އެއްކުރި މައުލޫމާތުން ކަށަވަރުވެއެވެ. އަދި ބޮޑެތި ނިންމުންތަކާއި ލިޔެކިޔުންތައް ވެސް ނިންމާފައި ފައިސަލްގެ ނަމުގައި ރިސްވަތުގެ ފައިސާ ބަލާ އަންނަނީ ސްކޫޕީ ސައިކަލެއްގައި ސީދާ ޝިއުނާ ކަމަށް ބުނެފައިވެއެވެ. ޝިއުނާ އަކީ ފަތުރުވެރިކަމާއި ބެހޭ ދައިރާގައި ހަރަކާތްތެރިވާ މީހުންގެ ތެރޭ ދަރު އުފުލަމުން ހިނގާ (ދެބައޮޑުވަމުންހިނގާ) އުޅޭ މީހެއްކަމުން މީހުން އޭނާ ދެކެ ވަރަށް ރުޅި އާދެއެވެ.

‏ކުރީ ސަރުކާރުގައި ޝިއުނާ އުފައްދާފައިވާ ކުންފުނި އިންޓަނޭޝަނަލް މޯލްޑިވްސް ޓްރެވަލް މާކެޓް (އައިއެމްޓީއެމް) އަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއާއި އެމްއެމްޕީއާރްސީ ބަޖެޓުންވެސް އެތައް ލައްކަ ޔޫއެސް ޑޮލަރެއް ވަނީ ދީފައިއެވެ. މިކަމުގެ ސަބަބުން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ނިމެންދެން ޝިއުނާ ހުރީ އެމްޑީޕީގެ އިސް ސަފުގައި މުއިއްޒު އާއި ދެކޮޅައް ކެމްޕޭނު ކުރަންށެވެ. ނަމަވެސް އިންތިހާބުގެ ފުރަތަމަ ބުރުން އެމްޑީޕީ ބަލިވުމާއި އެކު ޝިއުނާ ވަނީ އެމްޑީޕީ އަށް ތާއިދުކޮށް ލުޔެފައިވާ ހުރިހާ ލިޔުންތަކެއް ސޯޝަލް މީޑިއާއިން ޑިލިޓު ކޮށްލާފައިއެވެ.

‏ޝިއުނާ ހާލިދު އެމްއައިޓީޑީސީގެ އެމްޑީގެ މަގާމެއް ދަމައިގަނެފައިވަނީ ރީޖިނަލް އެއާޕޯޓްގެ ޗެއާމަން އަހްމަދު ނާސިފް ޑީޑީ އާއި ލޯބީގެ ގޮތުން ގުޅިގެން އޭނާ މެދުވެރިކޮށް ރައީސް މުއިއްޒުއަށް ލޮބީ ކޮށްގެންނެވެ. ފުރަތަމަ އޭނާ މަސައްކަތް ކުރީ އެމްއެމްޕީއާރްސީ އަށް ގަދަވެގަނެވޭތޯ އެވެ. އެކަން ކާމިޔާބުވާ ގޮތް ނުވި އެވެ. ނަމަވެސް މިހާރު އެމްއެމްޕީއާރްސީގެ އެމްޑީ ކުޑީ ތައުފީގުއަށްވެސް ފައިސަލުގެ ލޯބިވެރިޔާގެ އަމުރަށް ތަބާ ވުމަށް ވަނީ މަޖުބޫރުވެފައިއެވެ.

‏ޝިއުނާ ހާލިދަކީ އޭނާގެ ބުރުސޫރަ ބޭނުންކޮށްގެން ފަތުރުވެރިކަމުގެ ދާއިރާ އިން ފައިސާ ހޯދައިގެން އެ ދާއިރާއަށް އަތްގަދަކުރަން މަސައްކަތް ކުރާއޭނާގެބުރުސޫރައިންވިޔަފާރިކޮށްގެންއުޅޭއމީހެއްގެގޮތުގައިގިނަބަޔަކުއޭނާސިފަކުރެއެވެ.