މިސަރުކާރުގައި އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)ގެ އެމްޑީކަން އަދާކުރަމުންދާ ޝިއުނާ ޚާލިދަކީ ކާކުކަން އާންމު ރައްޔިތުންނަށް އެނގިފައި ނުވިނަމަވެސް, ސިޔާސީ މަސްރަހުގައި އިސްކޮށް މަސައްކަތް ކުރަމުންދާ ގިނަބަޔަކަށް އޭނާއަކީ ކާކުކަން އޮޅިފައެއް ނޯންނާނެއެވެ. އެހެންނަމަވެސް އޭނާއަކީ ކާކުން އާންމު ރައްޔިތުންނަށްވެސް އެނގުމަކީ ވަރަށްވެސް މުހިންމުކަމެއް ކަމުގައިމެނުވީ ނުވާނެއެވެ.
ޝިއުނާ ޚާލިދުއަކީ ފާއިތުވި ރިޔާސީ އިންތިޚާބުގައި އެމްޑީޕީއަށް ކެމްޕޭން ކޮށްދިން ފަރާތެކެވެ. އޭނާ ފުރަތަމަ ބުރުގައި ތާއީދުކުރީ ރައީސް ސާލިހުއަށެވެ. އެއީވެސް ސަބަބަބެއް ނެތިއެއް ނޫނެވެ. ކުރީ ސަރުކާރުގެ ދުވަސްވަރު އޭނާ މަސައްކަތް ކޮށްފައިވަނީ އިންޓަރނޭޝަނަލް މޯލްޑިވްސް ޓްރެވަލް މާކެޓް (އައިއެމްޓީއެމް)ގެ ނަމުގައި އަމިއްލަ ކުންފުންޏެއް ހަދައިގެންނެވެ. އެކުންފުނި ހަދައިގެން, ރައީސް ސާލިހުގެ ވެރިކަމުގައި ފަތުރުވެރިކަމުގެ ވުޒާރާ ހިންގެވި ވަޒީރުންނާއި ގުޅުން ބަދަހިކޮށް (ކޮން ގުޅުމެއްކަން ކިޔުންތެރިން ވަޒަން ކޮށްލައްވާ) ޓޫރިޒަމް މިނިސްޓްރީންނާއި އެމްއެމްޕީއާރުސީން އޭނާވަނީ އެތައް ލައްކަ ރުފިޔާއެއް ނާޖާއިޒު ގޮތުގައި ހޯދާފައެވެ.
އޭނާ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސް ސާލިހަށް ތާއީދުކުރި ހަގީގީ ސަބަބަކީ މިއީއެވެ. ރައީސް ސާލިހުގެ ދެވަނަ ދައުރެއްގައި, އިތުރު އެތައްލައްކަ ރުފިޔާއެއް ހޯދުމުގެ ދަހިވެތިކަމުގައެވެ. ރިޔާސީ އިންތިޚާބުގެ ފުރަތަމަބުރު ނިމެންދެން ޝިއުނާ ހުރީ އެމްޑީޕީގެ އިސް ސަފުގައި މުއިއްޒުއާއި ދެކޮޅަށް ކެމްޕޭން ކުރުމުގައެވެ.
އެހެންނަމަވެސް ރިޔާސީ އިންތިޚާބުގެ ފުތަމަބުރުގައި އެމްޑީޕީ ބަލިވުމާއެކު އޭނާވަނީ އެމްޑީޕީއަށް ތާއީދުކޮށް ލިޔެފައިވާ ލިޔުންތައް ސޯޝަލް މީޑިއާއިން ޑިލީޓް ކޮށްފައެވެ.
އެއަށްފަހު ރިޔާސީ އިންތިޚާބުގެ ދެވަނަބުރުގައި އޭނާ ހުރީ މޮޅުވާނެ ކޮޅެއް, "ބުޅާ ރޯ މަސްގަޑަކަށް" ބަލާ ބީދައިން ބަލަބަލައެވެ. ރިޔާސީ އިންތިޚާބުގެ ދެވަނަބުރު ކާމިޔާބުކޮށް, މުއިއްޒު ރައީސްކަމުގެ ހުވާ ކުރެއްވުމަށްފަހު އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)ގެ އެމްޑީކަން ޝިއުނާ ޚާލިދު ކަށަވަރު ކުރީ މި ސަރުކާރުގެ ރީޖަނަލް އެއަރޕޯޓްގެ ޗެއަރމަން އަހުމަދު ނާސިފް, ޑީޑީއާއި ލޯބީގެ ގޮތުން ގުޅިގެން އޭނާ މެދުވެރިކޮށް މުއިއްޒުއަށް ލޮބީ ކޮށްގެންނެވެ.
ޝިއުނާ ޚާލިދު އެންމެ ފުރަތަމަ މަސައްކަތް ކޮށްފައިވަނީ އެމްއެމްޕީއާރުސީއަށް ގަދަވެގަނެވޭތޯއެވެ. އެކަން އޭނާއަށް ހާސިލް ނުވިނަމަވެސް, ޝިއުނާ ޚާލިދު ދަނީ އެމްއެމްޕިއާރުސީއަށްވެސް ނުފޫޒު ހިންގަމުންނެވެ. އެއީ އޭނާގެ އެމްޑީކަމުގެ މަގާމް ދެމެހެއްޓުމަށް, މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅޭ, އަބުދުއްރަހީމްގެ ދަރިފުޅު, އިބުރާހިމް ފައިސަލް މެދުވެރިކޮށެވެ.
ޝިއުނާ ޚާލިދަކީ އޭނާގެ ބުރުސޫރަ ދައްކައިގެންނާއި ވިއްކައިގެން (ވިއްކަނީ ކޮން އެއްޗެއްކަން ކިޔުންތެރިން ވަޒަން ކޮށްލައްވާ), ސަރުކާރުތަކުގެ އިސްވެރިންނާއި, އިސް މަގާމްތައް އަދާކޮށްފައި ތިބޭ މީހުންނާއި ލޯބީގެ ގޮތުން ގުޅިގެން ކޮންމެ ސަރުކާރަކަށްވެސް ވަދެގަންނަ ކަނބަލެކެވެ. އަދި މިސަރުކާރުގެ ޓޫރިޒަމް މިނިސްޓަރާއި ލީބޯގެ ގޮތުން ގުޅިގެން އޭނާދަނީ ކާމިޔާބުކަމާއެކު އޭނާގެ މަގާމް ދަމަހައްޓަމުންނެވެ.
އެހެންނަމަވެސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)ގެ އެމްޑީގެ މަގާމުގައި ހުރެގެން މުސާރަ ނެގުން ފިޔަވާ އޭނާކުރާ އެއްވެސް މަސައްކަތެއް ފެންނާކަށް ނެތެވެ. އެކުންފުނިން ކުރަމުންދާ އޮއްޓަރުހުރި އެއްވެސް ކަމެއް ފެންނާކަށް ނެތެވެ. ކުލަ ބަދަލުކުރާ ބޯވައެއްފަދައިން ކުލަ ބަދަލުކޮށް ކޮންމެ ސަރުކާރަކުންވެސް ނާޖާއިޒް މަންފާ ހޯދަމުންދާ ޝިއުނާ ޚާލިދު ވަނީ, ކުންފުނިން ކުރާ އެއްވެސް ކަމެއް ނެތްނަމަވެސް, ހިތްފުރެންދެން މޭކަލް ކޮށްގެން, އަބުދުއްރަހީމްގެ ދަރިފުޅާއެކު, މިމަހު އޮތް ދުބާއީއަށްވެސް ގޮސްފައެވެ.
މިއީ މިސަރުކާރުގެ އިސްވެރިންގެ ހާލަތެވެ. ގައުމުގެ ހުންގާނުގައި ތިބި އިސްވެރިންގެ އެހާރާއި މިހާރުގެ ހަގީގަތްތަކެވެ.