ޚަބަރު

ސަރުކާރަށް 6 މަސްވެގެން, އަބުދުއްރަހީމްގެ ދަރިފުޅު ޓުވީޓް ކުރީ އަމިއްލަ ފޮޓޯ ޖެހި ޕޯސްޓެއް! 50 އަހަރުން ފަތުރުވެރިކަމުގެ ސިނާއަތް ހާސިލްކުރި ކުރިއެރުން މޭރުންކުރީ އަމިއްލަ މަސައްކަތްކަމަށް! އަމުދުން މުއިއްޒު ކުރި އެއްވެސް ކަމެއް ނެތް!

ދިޔަވަރު
ސަރުކާރަށް 6 މަސްވެގެން, އަބުދުއްރަހީމްގެ ދަރިފުޅު ޓުވީޓް ކުރީ އަމިއްލަ ފޮޓޯ ޖެހި ޕޯސްޓެއް! 50 އަހަރުން ފަތުރުވެރިކަމުގެ ސިނާއަތް ހާސިލްކުރި ކުރިއެރުން މޭރުންކުރީ އަމިއްލަ މަސައްކަތްކަމަށް! އަމުދުން މުއިއްޒު ކުރި އެއްވެސް ކަމެއް ނެތް!

ރައީސް މުއިއްޒުގެ ސަރުކާރަށް 6 މަސްފުރުން, މިސަރުކާރުގެ ޓުއަރިޒަމް މިނިސްޓަރ, އަބުދުއްރަހީމްގެ ދަރިފުޅު ފާހަގަ ކޮށްފިއެވެ.

އެގޮތުން އޭނާވަނީ, ފާއިތުވި 6 މަސްދުވަހުގެ ތޭރޭ ހާސިލްކުރެވުނު ކަންކަންކަމަށް މޭރުންވާގޮތަށް އަމިއްލަ ފޮޓޯޖެހި ޕޯސްޓެއް އޭނާގެ އެކްސް ހޭންޑްލްގައި ޝާއިއު ކޮށްފައެވެ. އެ ޕޯސްޓުގައިވާގޮތުން ފާއިތުވި 6 މަސްދުވަހުގެ ތެރޭގައި އޭނާ ހާސިލްކޮށްފައިވާ ކަންކަމުގެ ގޮތުގައި ތިރީގައިމިވާ ކަންކަން ފާހަގަ ކޮށްފައި ވެއެވެ.

  1. އައްސޭރި ޓުއަރިޒަމް
  2. އީކޯ ޓުއަރިޒަމް
  3. ޑައިވް ޑެސްޓިނޭޝަންސް
  4. ގެސްޓްހައުސް ޓުއަރިޒަމް
  5. ޑިރެކްޓް ފްލައިޓް
  6. ނުނިމިހުރި ރަށްތައް ނިންމުން
  7. ލީޑިން ހަނީމޫން ޑެސްޓިނޭޝަންއަކަށް ރާއްޖެ ހެދުން
  8. ލޯކަލް ޓުއަރިޒަމް
  9. އޭޝިއަން ލީޑިން ޑެސްޓިނޭޝަންއަކަށް ރާއްޖެ ހެދުން
  10. ގްރީން ޑެސްޓިނޭޝަންއަކަށް ރާއްޖެ ހެދުން

މީގެ އިތުރުންވެސް މަސައްކަތްތެރިން ތަމްރީން ކުރުމާއި, އަންހެނުންގެ ތަރައްގީއާއި ޒުވާނުންގެ އުއްމީދުތައް ހަގީގަތަކަށް ހެދުންފަދަ އެތައް ކަމަކީ އޭނާގެ މަސައްކަތުން ހާސިލްވީ ކަންކަމުގައި އޭނާ ޕޯސްޓުކޮށްފައިވާ ފޮޓޯއިން މޭރުން ކޮށްފައި ވެއެވެ.

އެހެންނަވެސް އިސްވެ ދެންނެވުނު ހުރިހާ ކަމަކީވެސް ފަތުރުވެރިކަމުގެ ސިނާއަތުގައި 50 އަހަރުވަންދެން އިންވެސްޓު ކޮށްގެންތިބި ވިޔަފާރަވެރިންނާއި, އެދާއިރާގަ މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ ބުރަ މަސައްކަތުން ހާސިލް ކޮށްފައިވާ ކުރިއެރުންކަން މިއީ ދެބަސް ވެވެން ނެތް ހަގީގަތެކެވެ.

އަދި އަމުދުން އެންމެ 6 މަސްދުވަހުގެ ތެރޭގައި އެކަންކަމަކީ އޭނާގެ ބުރަ މަސައްކަތުން ހާސިލްކުރި ކަންކަމުގައި މޭރުންކޮށް, އަމިއްލަ ފޮޓޯ ޕޯސްޓުކުރިއިރު, އަބުދުއްރަހީމްގެ ދަރިފުޅު, ކުޑަމިނުން އެކްސް ޕޯސްޓުގައި ރައީސް މުއިއްޒު ފޮޓޯއެއްވެސް އަދި ނަންވެސް ހިމަނާފައެއް ނުވެއެވެ. އެއިން އެއްވެސް ކަމެއް ހާސިލްކުރުމަށް މުއިއްޒު ކުރި އެއްވެސް މަސައްކަތެއް ފާހަގަ ކޮށްފައެއް ނެތެވެ.

ޕީޕީއެމް ޕީއެންސީގެ ބައެއް އިސް ފަރާތްތަކުން ބުނަމުންދާ ގޮތުގައި, މިހާރު އިންތިޚާބު ކޮށްފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ ރައީސްކަމަށް އަބުދުއްރަހީމްގެ އައްޔަން ކުރުމަށް ރައީސް މުއިއްޒު ދެކޮޅު ހެދުމާއި ގުޅިގެން, އަބުދުއްރަހީމްއާއި އޭނާގެ ދަރިފުޅު އެކަމާ ހިންހަމަ ނުޖެހި, ސަރުކާރުގައި ވަކި ފެކްޝަނެއް ހަދައިގެން, ދަނީ ވަކި އެޖެންޑާއެއްގައި މަސައްކަތް ކުރަމުންނެވެ.