ޚަބަރު

3 ބިދޭސީއަކާއެކު ދިވެއްސަކު ގެއްލުނުތާ 3 ވަނަ ދުވަސް! 570 މިލިއަން ރުރިޔާއަށް ގަތް ޑްރޯން, ދިވެއްސެއްގެ ފުރާނަ ސަލާމަތް ކުރުމުގައި ބޭނުން ކުރަމުން ނުދޭ! އެމްއެންޑީއެފް ހަނު!

ދިޔަވަރު
3 ބިދޭސީއަކާއެކު ދިވެއްސަކު ގެއްލުނުތާ 3 ވަނަ ދުވަސް! 570 މިލިއަން ރުރިޔާއަށް ގަތް ޑްރޯން, ދިވެއްސެއްގެ ފުރާނަ ސަލާމަތް ކުރުމުގައި ބޭނުން ކުރަމުން ނުދޭ! އެމްއެންޑީއެފް ހަނު!

4 މީހުންނާއެކު ގެއްލުނު ދޯނި ހޯދުމުގެ މަސައްކަތް ކުރަމުންދާތާ މިއަދަށް ދުވަސް ފާއިތުވެގެންދިޔަ އިރުވެސް, 3 ބިދޭސީންނާއެކު ގެއްލުނު މީހުން ހޯދުމަށް ކުރެވެމުންދާ މަސައްތުގެ ފުރިހަމަ ތަފްސީލު ހާމަނުކުރާތާ, ދިވެއްސެއްގެ ފުރާނަ ސަލާމަތް ކުރުމަށް ކުރިޔަށް ގެންދާންޖެހޭ އޮޕަރޭޝަނެއްގައި, 570 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން ހޯދި ޑްރޯން ބޭނުން ނުކުރަމުންދާ ސަބަބެއްވެސް ހާމަކޮށްފައެއް ނުވެއެވެ. އެމްއެންޑީއެފްއިން އިއްޔެ ބުނެފައިވަނީ މި އޮޕަރޭޝަންގައި ބޭނުންކުރަމުންދަނީ މޯލްޑިވިއަންގެ ފްލައިޓެއް ކަމުގައެވެ.

ސާޗް އެންޑް ރެސްކިއު" އޮޕަރޭޝަންތަކުގެ އެކްސްޕާޓަކު "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން ގޮތުގައި, ގެއްލިގެން އުޅޭ ދޯނީގައި ތިބި މީހުން ހޯދުމަށް ކުރިޔަށް ގެންދާ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންގައި އެންމެ މުހިންމު ވަގުތުތަކަކީވެސް މި 3 ދުވަހެވެ. އޭގެ ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ, ފުރާނަ ސަލާމަތް ކުރުމުގެ ފުރުސަތު 3 ދުވަހަށްފަހު ދަށްވެދާނެކަމަށް ލަފާކުރަން ޖެހޭތީއެވެ.

އެހެންނަމަވެސް އެމްއެންޑީއެފްއިން, ދައުލަތުން ބޮޑު ހޭދައެއް ކޮށްގެން ގަނެފައިވާ ޑްރޯންތައް އަދިވެސް ބޭނުން ކުރަމުން ނުދެއެވެ. އަދި ޑްރޯންތައް ބޭނުން ކުރަމުން ނުދަނީ ވިއްސާވެ ވަައި ބާރުވުމުން ކަމުގައިވާނަމަ, ރާއްޖެފަދަ ގައުމެއްގައި އެކަށީގެންވާ ގޮތެއްގައި ބޭނުން ނުކުރެވޭ ޑްރޯންތަކެއް, ދައުލަތުން ބޮޑު ހޭދައެއް ކޮށްގެން ގަނެފައިވަނީ ކޮން ސަބަބަކާހެދިތޯ ގިނަ ބަޔަކު ދަނީ ސުވާލު ކުރަމުންނެވެ.

މިމަހުގެ 17 ވަނަ ދުވަހުގެ ހެނދުނު ތިން މީހުންނާއެކު ތިލަފުށިން ފުރައިގެން މ. އަތޮޅުގެ ރިސޯޓަކަށް ދަތުރުކުރަމުން ދަނިކޮށް ގެއްލިފައިވާ ދޯނި ހޯދުމަށް ވައިގެ މަގުން މިހާރު ބޭނުންކުރަނީ މޯލްޑިވިއަންގެ ފްލައިޓެއް ކަމަށް އިއްޔެ އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެމްއެންޑީއެފުން މިއަދު އިއްޔެ ބުނި ގޮތުގައި ގެއްލިގެން ހޯދަމުން ދަނީ މ. އަތޮޅު މެދުފުށި އައިލެންޑް ރިޒޯޓަށް ދަތުރުކުރަމުން ދިޔަ ”AAA-37“ ނަމަކަށް ކިޔާ ދޯންޏެކެވެ. ދޯނީގެ ވެރިފަރާތާ ހަވާލާދީ އެމްއެންޑީއެފްއިން ބުނެފައިވަނީ ދޯނީގައި ތިބީ 4 މީހުންނެވެ. އޭގެ ތެރެއިން އެކަކީ ދިވެއްސެއްކަމުގައި އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

އެ ދޯނި ހޯދުމަށް ހިންގާ އޮޕަރޭޝަނާ ގުޅިގެން ސިފައިން އިއްޔެ މެންދުރު 12:00 ހާއިރު ބުނި ގޮތުގައި، ކަނޑުމަގުން ދޯނި ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑު ޝަހީދު އަލީ ރެއިން ފެށިގެން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ގެއްލިގެން ހޯދަމުންދާ ދޯންޏާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު، 191 ގުޅައި މައުލޫމާތު ހިއްސާކުރަން އެމްއެންޑީއެފުން އިލްތިމާސްކޮށްފައިވެ އެވެ.

އެހެންނަަމަވެސް ރައީސް މުއިއްޒު ވެރިކަމާ ހަވާލުވުމަށްފަހު 570 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ގަތް ޑްރޯންތަކުގެ ބޭނުން ކޮށްގެން ރާއްޖޭގެ ސަރަހައްދު 24 ގަޑިއިރު ބަލަހައްޓަން ފަށާފައިވާކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް 4 މީހުންނާއެކު ދޯންޏެއް ގެއްލިގެން އުޅޭރިއުރުވެސް 24 ގަޑިއިރު ޑްރޯންގެ ބޭނުންކޮށް ރާއްޖޭގެ ސަރަހައްދު ބަލަހައްޓަމުންދާކަމަށް މުއިއްޒު ވިދާޅުވެފައިވާއިރުވެސް, ގެއްލުނު މީހުން ހޯދުމަށް ޑްރޯންގެ ބޭނުން ނުކޮށް, މޯލްޑިވިއަންގެ ބޯޓެއް ބޭނުންކުރަމުންދާ ސަބަބެއް އެމްއެންޑީއެފްއިން ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް އިއްޔެ ވައިގަދަވާނެ ކަމަށް ލަފާކޮށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އޮތީ ރީނދޫ އެލާޓް ނެރެފި އެވެ. މާލޭ ސަރަހައްދަށް ވެސް އިއްޔެ ވަރަށް ބޮޑަށް ވައި ގަދަވެ، ބޯކޮށް ވާރޭ ވެސް ވެހުނެވެ.