އައިޖީއެމްއެޗްގައި، ޅެމުން ނަފްސާނީ ބައްޔަށް ފަރުވާ ދިނުމަށް ކްލިނިކެއް ގާއިމު ކޮށްދިނުމަށް، އާދަމް ނަސީރު، މުއިއްޒުގެ އަރިހުން އެދި ވަޑައިގެންފިއެވެ. އެ ކްލިނިކްގައި ފަރުވާ ދިނުމަށް ތިއްބަވާނީ ދިވެހި ބަހުގެ އެކަޑަމީއާއި ޤައުމީ ޔުނިވަރސިޓީގެ މުއައްޒަފުން ކަމަށް އާދަމް ނަސީރު ވަނީ މުއިއްޒަށް ދަންނަވާފައި ކަމަށް ކެބިނެޓުގެ ވަޒީރެއް ދިޔަވަރު ނޫހަށް މައުލޫމާތު ދެއްވައެވެ.
އަދި ނަފްސާނީ ފަރުވާ ބޭނުންވާ ދިވެހިންނަށް، ޅެމުން ފަރުވާ ދިނުމަށް ފަހުގައި ނޫނީ، އެހެން ފަރުވާތައް ނުދިނުމަށް އެދި ވަޑައިގެންފައިވާ ކަމަށާއި، އެހެން ނޫނީ ޅެމުން ފަރުވާ ލިބޭކަން ސާބިތު ކޮށްދެވެން ނޯންނާނެ ކަމަށް އާދަމް ނަސީރުގެ ހުށައެޅުމުގައި ވެއެވެ.
މި ގޮތުން އިތުރު ފަރުވާއެއް ނުދީ 6 މަސްދުވަހާއި 9 މަސް ދުވަހުގެ މުއްދަތަކަށް ޅެމުން ތެރަޕީ ދިނުމަށް އެދިވަޑައިގެން އާދަމް ނަސީރު ހުށައަޅާފައިވެއެވެ.
މިކަމަށް އެދިފައިވަނީ، ޤައުމީ ޔުނިވަރސިޓީ އިން ޅެމުން ނަފްސާނީ ފަރާތްތަކަށް ފަތުވާ ދިނުމަށް ދިރާސާ ކުރެވެން އޮތް ގޮތަކީ، ނަފްސާނީ ބަލި ތަހައްމަލު ކުރަމުންދާ ބަޔަކު ލިބިގެން ކަމަށް ބުނެފައިވުމުން، އެކަން ކުރެވެން އޮތް ގޮތަކީ އައިޖީއެމްއެޗް މެދުވެރިކޮށް ކަމަށް އާދަމް ނަސީރަށާއި، ރައީސް މުއިއްޒަށް ގަބޫލުފުޅު ކުރެވިގެންނެވެ.
މިދިޔަ ސަރުކާރުން ނަފްސާނީ ކަންކަމަށް އިސްކަން ދީގެން އެތައް ކަމެއް ކޮށްފައިވާއިރު، ގިނަ ބަޔަކު ވަނީ، ސަރުކާރުން ނަފްސާނީ ބަލިމީހުން ޖޯކަކަށް ހަދާފައި ވާކަމަށް ބުނެ ހިތްހަމަ ނުޖެހުން ފާޅު ކޮށްފައެވެ. ސަރުކާރުން ނަފްސާނީ ބަލިމީހުންނަށް ދޭން ޖެހޭ ފަރުވާ 9 މަސް ދުވަސް ވަންދެން ނުދީ "ޅެން ފަރުވާ"ގެ ނަމުގައި ޅެމުން ފަރުވާ ދިނުމަށް އާ ބަހެއް އުފައްދައިގެން ޅެމުން ފަރުވާ ދިނުމަށް މަސައްކަތް ކުރާއިރު، މިއީ ދުނިޔޭގެ އެއްވެސް ޤައުމެއްގައި މިހާތަނަށް ކޮށްފައިވާ ކަމެއް ކަމަށް ސާބިތު ވެފައިވާ ކަމެއް ނޫނެވެ.
ގިނަ ބަޔަކު ދަނީ އާދަމް ނަސީރު އަކީ ބުއްދި ހަމަ ނުޖެހޭ ނަފްސާނީ މައްސަލަ ހުރި މީހެއް ކަމަށާއި، ފަރުވާ ދެންޏާ ފަރުވާ ދޭންވީ "މޮޔަ ނަސީރަށް" ކަމަށް ބުނެފައެވެ.
އާދަމް ނަސީރަކީ އެއްވެސް އިތުރު ބަހަކުން ފުރިހަމަ އަށް ވާހަކަ ދައްކަން ދަންނަ މީހެއް ނޫނެވެ. އަދި އެއްވެސް ހަމައަކުން، ދުނިޔެ ޤަބޫލު ކުރާ އެއްވެސް ޔުނިވަރސިޓީއަކުން އެއްވެސް އިލްމެއް އުނގެނިގެން ހުރި މީހެއްވެސް ނޫނެވެ. މުއިއްޒުގެ ކެބިނެޓުގައި ގިނައީ މިފަދަ މީހުންނެވެ.