ޚަބަރު

ސަމާހު ހިންގި ހުރިހާ ކޮރަޕްޝަނެއްގެ އަޑީގައި ހުރީ މުއާޒް އަލީ, އޭނާގެ ކޮރަޕްޝަންގެ މައްސަލަތައް މިހާރުވެސް އޭސީސީން ދަނީ ތަހުގީގު ކުރަމުން, މުއާޒު އަލީ އަދިވެސް ހުރީ ވަޒީފާގައި!

ދިޔަވަރު
ސަމާހު ހިންގި ހުރިހާ ކޮރަޕްޝަނެއްގެ އަޑީގައި ހުރީ މުއާޒް އަލީ, އޭނާގެ ކޮރަޕްޝަންގެ މައްސަލަތައް މިހާރުވެސް އޭސީސީން ދަނީ ތަހުގީގު ކުރަމުން, މުއާޒު އަލީ އަދިވެސް ހުރީ ވަޒީފާގައި!

‏‏ވޭތުވެދިޔަ 6 މަސްދުވަހުގެ ތެރޭގައި ޤައުމީ ފެންވަރުގައި ކޮރަޕްޝަނާއި ފަސާދައިގެ ރެކޯޑަކާއެކު މިފްކޯގެ ސީއީއޯ ސަމާހު ރަޝީދު މަގާމުން ވަކިކޮށްފައިވާއިރު, ސަމާހު ހިންގި ހުރިހާ ކޮރަޕްޝަނެއްގެ އަޑީގައި ހުރި, ސަމާހު އެކުންފުނީގެ ވަޒީފާއަށް ވެއްދި މުއާޒް އަލީ އަދިވެސް ހުރީ އެކުންފުނީގެ ވަޒީފާގައެވެ.

މުއާޒު އަލީގެ ކޮރަޕްޝަންގެ މައްސަލަތައް މިހާރުވެސް އޭސީސީން ދަނީ ތަހުގީގު ކުރަމުންނެވެ.

މިއަދު ވަޒީފާއިން ވަކިކުރި މިފްކޯގެ ސީއީއޯ ސަމާހު މަގާމަށް އައްޔަނުކުރި މައިގަޑު ސަބަބަކީ މުއިއްޒުގެ މޭޔަރުކަމުގައި މުއިއްޒުއަށް އޭނާ ކޮރަޕްޝަން ހިންގައިދިނުމުގެ ކުޅަދާނަކަމުން ކަމުގައި އޭނާގެ ގާތް ފަރާތްތަކުން މީގެކުރިން ބުނެފައި ވެއެވެ. ހަމަ އެއާއެކު ސަމާހުގެ ހަގުއަނބި އަމާނީ އާއި މުއިއްޒުގެ ރޯލް މޮޑެލް އަބުދުއްރަހީމްގެ ލޯބީގެ ކުޅިސަމާއަކީވެސް މި މަގާމު ސަމާހުއަށް ލިބުމަށް މެދުވެރިވި އެއްސަބަބެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސަމާހު މަގާމުން މިއަދު ވަކިކޮށްފައިވަނީ, އޭނާ ހިންގި ކޮރަޕްޝަންގެ އަމަލުތައް, މުއިއްޒުއަށް ނޭނގި ނުވަތަ މުއިއްޒު ބައި ނޭޅޭގޮތަށް ހިންގަމުންދާކަމުގެ ހެކި މުއިއްޒުއާއި ހަމައަށް ދިއުމުންނެވެ.

އެހެންނަމަވެސް ސަމާހު މިއަދު މަގާމުން ވަކިކުރިނަމަވެސް, ސަމާހު ހިންގި ކޮރަޕްޝަންގެ އަޑީގައި ހުރި މުއާޒު އަލިއާއި ސަމާހު ރަޝީދު އަކީވެސް މުއިއްޒު އާއިއެކު އެސްއީސީގައި އެއްބެޗެއްގައި ކިޔެވި ދެމީހުންނެވެ.

ސަމާހު ރަޝީދަކީ ކުރީގެ މާލެސިޓީގެ ޑެޕިޔުޓީ މޭޔަރުކަން ކުރި ފަރާތެކެވެ. އޭރު އޭނާއަކީ އެމްޑީޕީގެ މެމްބަރެކެވެ. މިހާރުވެސް އޭސީސީ ގައި އޭނާ ސިޓީ ކައުންސިލްގައި މަސައްކަތް ކުރިއިރުގެ ހަތަރު މައްސަލަ އެބައޮތެވެ.

ސިޓީ ކައުންސިލްގެ ދައުރު ހަމަވުމަށްފަހު ފިލައިގެން އޭނާ ސްރީލަންކާގައި ދުވަސްތަކެއް ވަންދެން ދިރި އުޅުނެވެ. އެއަށްފަހު, މުއިއްޒު މާލޭ ސިޓީގެ މޭޔަރުކަމަށް ވަޑައިގެންނެވުމާއެކު, ކޮރަޕްޝަންގެ ’ކަލެކްޝަން މޭން‘ ގެ ގޮތުގައި މަސައްކަތް ކޮށްފައިވަނީ ސަމާހު ރަޝީދެވެ. މާލޭގެ ބިންތަކާއި އަދި ޕާކިން ލޮޓުތަކުން ފައިސާ ނަގައިގެން މުއިއްޒު އަތަށް ގެންގޮސްދޭ މީހަކީ މުއިއްޒުގެ މޭޔަރުކަމުގައި ސަމާހުއެވެ

ސަމާހު މަގާމުން ވަކިކުރުމާއި ހަމައަށްވެސް  މިފްކޯގައި ކުރާ ބޮޑެތި ހުރިހާ ވައްކަމެއްގައި ސަމާހުއާއެކު އެންމެ އިސްކޮށް ހަރަކާތްތެރިވެފައިވަނީ ސަމާހު ސީއީއޯކަމަށް އައްޔަން ކުރުމަށްފަހު އެކުންފުނިން ޖެނެރަލް މެނޭޖަރ (ޕްރޮޖެކްޓް)ގެ ވަޒީފާ ދިން އަލީ މުއާޒްއެވެ.

މުއާޒު ކުރިން ވަޒީފާ އަދާކުރީ ކަސްޓަމްސްގައެވެ. ކަސްޓަމްސްއިން އޭނާ ކަނޑާލީ ވަގަށް ސިގިރޭޓު ކޮންޓޭނަރެއް ބޭރުކޮށްލި މައްސަލާގައި ރިޝްވަތު ނަގައިގެން ރެޑްހޭންޑްކޮށް އޭނާ ”ބަސްޓު“ ވެގެންނެވެ. އޭނާގެ އެމައްސަލަ އަދިވެސް އޭސީސީން ނުނިމި އެބައޮތެވެ. ކޮރަޕްޝަންގެ މައްސަލައެއްގެ ތުހުމަތުގައި ކަސްޓަމްސްއިން އޭނާ ވަކިކޮށްފައިވަނީ 2019 ވަނަ އަހަރުއެވެ.

2023 ވަނަ އަހަރުގެ މުއިއްޒުގެ ރިޔާސީ ކެމްޕޭނުގައި ”މާމޮޅު“ވަރުގަދަ ސްޓްރެޓެޖިސްޓަކަށް“ ވެގެން އޭނާވަނީ މަސައްކަތް ކޮށްފައެވެ. އެއާއެކު ރިޔާސީ އިންތިޚާބު ނިމުމަށްފަހު އޭނާ ބޭނުންވީ ޓްރޭޑްނެޓް ކުންފުނީގެ އެމްޑީކަންމެވެ. އެ މަގާމު ނުލިބިގެން އެތައް ބަޔަކަށް ގުޅައިގެން ރޮއި އާދޭސްކުރިކަމަށް ”ދިޔަވަރު އޮންލައިން“އާއި މައުލޫމާތު ހިއްސާކުރި ފަރާތުން ކިޔައިދީފައި ވެއެވެ.

އެހެންނަމަވެސް މުއިއްޒުއަށް އޭނާ ގޮތް އެނގޭތީ އެވަރުގެ މަގާމެއް ދޭން ބޭނުންނުވީކަމަށް މައުލޫމާތުދިން ފަރާތުން ކިޔައިދީފައި ވެއެވެ. ބޭނުންވާ ވަޒީފާ ނުލިބުމުން އޭނާވަނީ ޔާމީނުގެ ޕީއެންއެފްގައި ދުވަސްކޮޅަކު އުޅެފައެވެ. އޭރު މަލީހު ޖަމާލު ގާތުގައި, ޕީއެންއެފް ޕާޓީ އުފައްދަން އުޅުނު ފުރަތަމަ ހަފްތާ ތެރޭގައި އެ މަސައްކަތުގައި އޭނާ އުޅެފައި ވެއެވެ.

”ދިޔަވަރު އޮންލައިން“އަށް އެނގިފައިވާ ގޮތުގައި, ސަމާހުއަކީ މުއާޒުގެ ގާތް ރައްޓެއްސަކަށްވާތީ މުއާޒް އަލީ އާދޭސް ކޮށްގެން, ސަމާހު އޭނާއަށް މިފްކޯއިން ވަޒީފާ ހަމަޖައްސާ ދިނީއެވެ.

”ދިޔަވަރު އޮންލައިން“އަށް ކަށަވަރު ވެފައިވާ ގޮތުގައި މި ދެމީހުން ގުޅިގެން ތައިލެންޑުގައި ވިޔަފާރި ކުރަންވެސް ވަނީ ފަށާފައެވެ.

ސަރުކާރުގެ މަސް ކުންފުނި މިފްކޯ ސިޔާސީ ގޮތުން ބޭނުންކޮށް, ހެޑް އޮފީހަށް އާއިލީ މީހުން ވައްދާ, ވަޒީފާ ދިނުމާއި, ވަޒީފާއިން މީހުން ވަކި ކުރުމުގައި ހަމައެއް ލަމައެއްނެތި އަމަލުކުރަމުންދާ ކަމުގައި ބޮޑެތި ތުހުމަތުތަކާއެކު, ކުންފުނީގެ ހިންގުމާއި ގުޅުންހުރި ގިނަ ކަންތައްތަކެއް އިސްލާހުކުރުމަށް އަންގާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު ސަމާހުއަށް މީގެކުރިން ސަސްޕެންޑްވެސް ކޮށްފައި ވެއެވެ.