މަޖިލީސް ރައީސް ކަމަށާއި، ޕީޖީ ލީޑަރުކަމަށް ސާނަވީ އެއްވެސް ތައުލީމެއް، އިލްމެއް ނެތް، އިނގިރޭސި ނޭނގޭ، ނާގާބިލް ދެމީހުން މުއިއްޒު ހަމަޖައްސައިފި އެވެ. މަޖިލީހުގެ ރައީސް ކަމަކީ މަޖިލީސް މެމްބަރުންގެ ވޯޓުން ހަމަ ޖައްސާ މަގާމަކަށް ވިއަސް، އަދި އެކަމަށް ޕާޓީއިން މީހަކު ޕާޓީގެ ފަރާތުން މަޖިލީހުގެ ރައީސް ކަމުގައި އިންނަ ފެންނަ މީހަކު ހޮވާނަމަ، ޑިމޮކްރަޓިކް އުސޫލުން ޕާޓީ ތެރޭގެ އިންތިހާބަކުންނެވެ. މީގެ ކުރިން އެކަން ހިނގާފައި ވަނީ އެހެންނެވެ.
އަބްދުއްރަހީމް އަދުރޭ އަކީ އެއްވެސް ތައުލީމެއް ނެތް، އިނގިރޭސިން ލިޔެފައިވާ ބަހެއް ހާ ހިސާބު ކިޔާލަން ނޭނގޭ ނާގާބިލު މީހެކެވެ. ދިވެހިރާއްޖެ ޑިމޮކްރަސީއަށް ކުރި ދަތުރު ނުދަންނަ، ދިވެހި ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލުގެ އަގު ނުދަންނަ ފަރާތެކެވެ. މަޖިލީހަށް ލާ ބިލްތަކުގައި ހުންނަ ޤާނޫނީ ބަސްތައް ނޭނގޭ ތާގައި، މީނާ އަކީ ވައްކަން ކުރުމުގެ ތާރީހެއް އޮތް، ރައްޔިތުންގެ ކުރިމަތީގައި އަގުވެއްޓިފައިވާ މީހެކެވެ.
ޕާޓީގެ ފަރާތުން މަޖިލީހުގެ ޕީޖީ ލީޑަރު ކަމަށް އައްޔަން ކުރި މެމްބަރު ފަލާހް އަކީ ލެޓިން އިން މެސެޖެއް ލިޔެލަން ވެސް ނޭނގޭ، އިލްމީ ގޮތުން ނުކުޅެދުންތެރި ވައްކަމުގެ ބޮޑު ތާރީޚެއް އޮތް މީހެކެވެ.
މިއީ ރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހުގައި އެންމެ ބޮޑު ބާރެއް މުއިއްޒު ދީފައިވާ މީހުންނެވެ. ރާއްޖޭގެ ކަންކަން އިސްލާހުގެ މަގުން ހިންގެވުމަށް، ނާޤާބިލު، ދުނިޔެވީ އެއްވެސް އިލްމެއް، އަޚްލާގެއް ނެތް ސީދާ ވަގުންތަކެއް އައްޔަން ކުރުމަކީ ރާއްޖޭގެ މުސްތަޤްބަލާއި މެދު ދިވެހިން ނުހަނު ކަންބޮޑުވާ ކަމެކެވެ.