ޚަބަރު

"ޕީއެންސީ ކައުންސިލް ވޯޓަކަށް އެހި ނަމަ މަޖިލީސް ނައިބް ރައިސްކަން ލިބޭނީ ޝުޖާޢު އަށް! މުއިއްޒު އަކީ ރައްޔިތުންގެ މަޝްވަރާއާއި ދުރު، ހުދުމުހުތާރު ވެރިއެއް ކަން ސާބިތު ކޮށްދީފި!" ޕީއެންސީ މަޖިލީސް މެމްބަރެއް

ދިޔަވަރު
"ޕީއެންސީ ކައުންސިލް ވޯޓަކަށް އެހި ނަމަ މަޖިލީސް ނައިބް ރައިސްކަން ލިބޭނީ ޝުޖާޢު އަށް! މުއިއްޒު އަކީ ރައްޔިތުންގެ މަޝްވަރާއާއި ދުރު، ހުދުމުހުތާރު ވެރިއެއް ކަން ސާބިތު ކޮށްދީފި!" ޕީއެންސީ މަޖިލީސް މެމްބަރެއް

ޕީއެންސީ ކައުންސިލުން ވޯޓަށް އަހައިގެން މަޖިލީސް ރައީސް އަދި ނާއިބް ރައީސް އަށް ގެންނަން ފެންނަ މީހަކު ހޯދުމުގެ ބަދަލުގައި، މުއިއްޒު އަމިއްލަ އަމިއްލަ އަށް މަޖިލީސް ރައީސް އަދި ނާއިބް ރައީސް މަގާމަށް ގެންނާނެ ބަޔަކު ނިންމި ނިންމުމާއި މެދު ޕާޓީ ތެރޭގައި ހިތްހަމަ ނުޖެހުން އުފެދިއްޖެއެވެ.

ދިޔަވަރު ނޫހަށް ޕީއެންސީގެ މަޖިލިސް މެމްބަރެއް ކިޔައިދެއްވި ގޮތުގައި، ޕީއެންސީ ކައުންސިލް ވޯޓަކަށް އެހި ނަމަ މަޖިލީސް ނައިބް ރައިސްކަން ލިބޭނީ ޝުޖާޢު އަށް ކަމަށާއި، މުއިއްޒު އަކީ ރައްޔިތުންގެ މަޝްވަރާއާއި ދުރު، ހުދުމުހުތާރު ވެރިއެއް ކަން ސާބިތު ކޮށްދީފި ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އަކީ ޤައުމުގެ 3 ބާރުގެ މައްޗަށް ވެރިވެގެން ހުންނަން ޖެހޭ މީހެއް ނޫން ކަމަށާއި، ޑިމޮކްރަޓިކް ހަމަތައް ހިފަހައްޓަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ކޮއްކޮއަށް މެމްބަރުކަން ހޯދުމަށް، ހެލްތު މިނިސްޓަރަކަށް ހުރި، ފޭކް ޕީއެޗްޑީ އެއް ގެންގުޅޭ ހަލީލު ކެމްޕެއިން ކޮށް ދިނުމުން، އޭނަގެ ވައްކަމާއި ކޮރަޕްޝަންގެ ޕާޓްނަރ ފަލާހުއަށް ޕީޖީ ލީޑަރު ކަން މުއިއްޒު ދިން ދިނުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށާއި، ޕީޕީއެމް ޕީއެންސީ މަޖިލީސް މެމްބަރުން ތެރޭ ލީޑަރޝިޕް ހުރި ރަނގަޅު މީހުން ތިބި ކަމަށެވެ.

އިސްލާމް ދީނުގައި އޮންނަނީ މަޝްވަރާގެ އުސޫލެވެ. ޚުދުމުހުތާރު ވުމެއް ނޯވެއެވެ. މުއިއްޒުގެ ހުދުމުހުތާރު ކަމުން، ޕާޓީ ތެރޭގައި ނުތަނަވަސްކަން އުފެދިފައިވާއިރު، މި ސަރުކާރުގެ އަމަލުތައް ހުރި ގޮތުން ޤައުމުގެ އިޤްތިޞާދީ ހާލަތު ވަރަށްބޮޑަށް ދަށް ވެފައި، އިސްރާފު ކުރުންތައް ވަނީ އިންތިހާއަށް އިތުރުވެފައެވެ.