ޅެމުން މޮޔަކަން ފިލުވާ ވާހަކަ ދެއްކުމަށް ފަހު، ތާނަ އަކުރަށް މަހުރަޖު ހެދުމަށް، އާދަމް ނަސީރު ނިންމައިފިއެވެ. ޕީއެސް އެމް އަށް ދެއްވި އިންޓަވިއު އެއްގައި މީނާ ހާމަ ކޮށްފައިވާ ގޮތުގައި ބަހަކީ އެޑެކެވެ. އަދި އެއަށް މަހުރަޖު ހުންނަން ޖެހޭ ކަމަށާއި، އެހެން ކަމުން މަހުރަޖު ހެދުމަށް ތައްޔާރު ވަމުންދާ ކަމަށެވެ.
މިކަމާއި ގުޅިގެން ދިވެހި ކިޔަވާދޭ ޓީޗަރުން ވަނީ ކަންބޮޑުވުން ދިޔވަރު ނޫހާއި، ފޭސްބުކް އިން ހިއްސާ ކޮށްފައެވެ. އަދި ދިވެހި ބަސް އުނދަގޫކޮށް، ކުދިން ބަހަށް އިތުރަށް ފޫހި ކޮށް، ބަހަކީ ބޮޑު ޖޯކަކަށް އާދަން ނަސީރު ހަދާފައިވާ ކަމަށް ދިވެހި ޓީޗަރަކު ނަން ހާމަ ނުކުރަން އެދި ދިޔަވަރު އަށް ކިޔައި ދިނެވެ.
އާދަމް ނަސީރަކީ އެއްވެސް އިތުރު ބަހަކުން ފުރިހަމަ އަށް ވާހަކަ ދައްކަން ދަންނަ މީހެއް ނޫނެވެ. އަދި އެއްވެސް ހަމައަކުން، ދުނިޔެ ޤަބޫލު ކުރާ އެއްވެސް ޔުނިވަރސިޓީއަކުން އެއްވެސް އިލްމެއް އުނގެނިގެން ހުރި މީހެއްވެސް ނޫނެވެ. މުއިއްޒުގެ ކެބިނެޓުގައި ގިނައީ މިފަދަ ނާގާބިލު ހުސް އަނގަތަޅާ މީހުންނެވެ.
ދިވެހި ބަހަށް ކަމެއް ކޮށްދެންޏާމުން، އިލްމީ، ސައިންޓިފިކް، އީޖާދީ، ޑިޕްލޮމެޓިކް، ޓެކްނޮލަޖީ، އޭއައި، އަދި ބޭސްފަރުވާ އާއި އިސްލާމް ދީނުގެ އިލްމާއި ގުޅިފައިވާ އެތައް ލައްކަ ލަފްޒެއް ދިވެހި ބަހުގައި ނެތް އިރު، އެފަދަ ދާއިރާތަކުން ބަސްތައް ނުވަތަ ލަފްޒުތައް ހެދުން ދިވެހި ބަހަށް މާ މުހިންމެވެ. ނަމަވެސް އެފަދަ އެއްވެސް މަސައްކަތެއް ދިވެހި ބަހާއި ޤައުމިއްޔަތުގެ މިނިސްޓަރަކަށް ކުރާކަށް ނޭނގެއެވެ. މިއަދު ދިވެހި ބަހުން އެކަނި، މީހަކު ވިސްނައިގެން އިލްމީ ގޮތުން ކުރިއަރައި، ވިސްނުމާއި ފިކުރު އޭގެ އެންމެ މައްޗަށް ފޯރާނެ މިންވަރު ފެނިގެން މިދަނީ، އާދަމް ނަސީރު މެންފަދަ ގަމާރު މީހުންގެ ކިބައިންނެވެ. ގަމާރު ކަން ފިޔަވައި، އިތުރަށް ދިވެހި ބަހުން ވިސްނައިގެން، ދިވެހި ބަހުގެ ބަސްކޮށާރުގެ ކުޑަ ޖަލުގައި ބަނދެވިގެން ދަސްވާނީ އާދަމް ނަސީރުގެ ކިބާގައި އެހެރަ ފަދަ ހީލަތްތެރި މަކަރުވެރި އަޔަހޫދީ ކަމެވެ.
ދިވެހި ބަހުގައި، އެއްވެސް އިލްމެއް ފުރިހަމަ އަށް އުނގަންނައި ދިނުމުގެ ޤާބިލުކަން ނެތް އިރު، ދިވެހި ބަހުން ކިޔަވައިދޭ ހަމަ އެކަނި، އިލްމަކީ އިސްލާމީ އިލްމެވެ. ނަމަވެސް އިސްލާމީ އިލްމު ދިވެހި ބަހުން އުނގެނި ޝޭޚަކަށްވެވޭ ވަރަށްވެސް ބަސްކޮށާރުގައި މުއްސަނދިކަމެއް ނެތެވެ. ޤުރުއަނާއި ސުންނަތުގައި ހުރިކަންކަން ފުރިހަމަ އަށް ދަނެގަތުމުގައި ބޭނުން ކުރަންޖެހޭ ފުރިހަމަ ބަސްކޮށާރެއްނެތި، އެތައް ހާސް އަރަބި ބަހެއް ބޭނުން ކުރަންޖެހި، ކުޑަމިނުން ކީރިތި ޤުރުއާނުގެ ތަރުޖަމާ އަދި ތަފްސީރުގައި ވެސް އެތައް ހާސް ބަހެއް އަރަބިން އޮވެމެ، އޭގައި ބުނާ އެއްޗެއް ދިވެހި އެތައް ހާސް ބަޔަކަށް ދިވެހިން ކިޔައިގެން ފަހުމު ނުވުމަކީ ދިވެހި ބަހުގެ ނުކުޅެދުންތެރިކަން އިންތިހާ އަށް ހުރި މިންވަރު ހާމަ ކޮށްދޭ ކުޑަ ކުޑަ މިސާލެކެވެ.
މިފަދަ ބަހެއް ކުރިއެރުވުމަށް އައްޔަންކުރާ މިނިސްޓަރެއް އެތައް ލައްކަ ކަމެއް ކުރަން ހުންނާނެއެވެ. މިކަންކަން ހައްލުކޮށް، ދިވެހި ބަސްތައް އުފައްދައި، ބަހުން ދޭދޭ މީހުން ވާހަކަ ދައްކައި، ޚަބަރު ކިޔައި، ދެބަ އޮޑުވުން ނޫން އިތުރު ކަމަކަށް ބޭނުން ކުރެވޭ މިންވަރަށް މުއްސަނދިކޮށް، އެބަސް އުވި ނުދިޔުމަށް ކުރަން ހުރި ބުރަ މަސައްކަތްތައް އިންތިހާއަށް އޮއްވައި، މި ކުރާހާވެސް ކަމަކީ ނަފްސާނީ ބަލިތަކުގެ މުހިންމު ކަން ކަނޑުވާލައި، ޅެން ހެދުމާއި، ޅެން ކިޔުމެވެ. އާދަން ނަސީރުމެންގެ ފެންވަރަކީ ދިރިއުޅުމުގައި ދަސްވެ އެނގުނުހާވެސް ކަމަކީ ޅެން ހެދުން ކަމުން، ފެންނަ ކޮންމެ އެއްޗެއް ފައްތަން މިޖެހެނީ މި އާދަމް ނަސީރުގެ ހަނި ސިކުޑީގައި ހުރި ޅެމުގެ ކާފިޔާތަކުގެ ތެރެއަށެވެ. އާދެ، ޅެމުން ބޭރަށް ވިސްނައިގެން ކަމެއް ދަމެއް ކުރަން އެނގޭނެ އެއްގޮތެއްވެސް ނެތެވެ. ކަމެއް ދަމެއް ފެނިއްޖިޔާ، އެކަމާއި މެދު ޅެމުން ބޭރުން ވިސްނާކަށް ވެސް ނޭނގޭނެއެވެ. ގަމާރުކަން ހުރީ މިވަރުގައެވެ.
އަރާހާ ޕޯޑިއަމް އެއްގައި، ދިވެހިބަހަކީ މުއްސަނދި ބަހެކޭ ކިޔާ ގޮވުމަކުން ބަސް މުއްސަންޖެއް ނުވެއެވެ. ދިވެހިބަސް މިހާރު މި އޮތް ހާލަތުގައި އޮއްވައި، އެބަހުން ވިސްނާ މީހަކަށް، ލިބޭނެ އިލްމީ އީޖާދީ ވިސްނުމެއް ކުރިއެރުމެއް ނެތެވެ. ދިވެހި ބަސް ދެމި އޮންނަނީ، ދެބަ އޮޑުވުމާއި، މީހުންނާއި ފޮށުމަށާއި، އަވަގުރާން ގޮވުމަށެވެ. އެއިން ކުރެވޭނެ އިލްމީ ބަހުސްއެއް ނެތެވެ.
ދިވެހި ބަހުން ފިކުރު ހިންގާ މީހާއަށް ވުރެ، އުފަން ވީއްސުރެ، އެއްވެސް ބަހެއް އަޑު ނީވޭ، ލޮލަން ނުފެންނަ، މީހާގެ އިހްސާސްތަކުން ދެނެގަންނަ އަހުލާގާއި ފިކުރާއި، މި ބަހުގެ މައްޗަށް އުފަންވާ މީހާއަށް ވުރެ ރަނގަޅެވެ.
އާދަން ނަސީރުގެ ގަމާރުކަމުން ލޯ ހުޅުވައި ޅެންބަހުން މޮޔަކަން ފިލުވަން ނޫޅެ، ހަރުދަނާ ކަމެއް ބަހަށް ކޮށްދޭން ވީ ނޫންތޯއެވެ؟ ޤައުމިއްޔަތުގެ ނަމުގައި ސްކޫލްތަކުގައި ތިޖެހިހާ ސަކަރާތުން ދަރިވަރުންވެސް އެތިބީ ސަރުކާރާއި، އާދަން ނަސީރު ދެކެ އިންތިހާއަށް ހިތްހަމަ ނުޖެހިފަ ނޫންތޯއެވެ؟