ށ. ފެށޭ 5 ބަހެއް މުއިއްޒުގެ ސަރުކާރުގައި އުފައްދާނެ ކަމަށާއި، ށ އިން ފެށޭ ބަހެއް ދިވެހި ބަހުގައި ނެތުމަކީ ދިވެހި ބަހަށް އޮތް ނިކަމެތި ކަމެއް ކަމަށާއި، މި ނިކަމެތިކަން ފިލުވާނީ މުއިއްޒުގެ ސަރުކާރުގައި ކަމަށް ޤައުމިއްޔަތާއި ބަހާއި ބެހޭ މިނިސްޓަރ އާދަމް ނަސީރު ވިދާޅު ވެއްޖެއެވެ.
އާދަން ނަސީރު މިހެން ވިދާޅުވެފައި ވަނީ، ޕީއެސްއެމް އާއި ވާހަކަ ފުޅު ދައްކަވަމުން، މުއިއްޒުގެ ވެރިކަމުގައި ދިވެހި ބަސް ކުރި އެރުވުމަށް ކުރައްވަމުންދާ ކަންކަން ފާހަގަ ކުރައްވައި އެމަނިކުފާނު ދެއްކެވި ވާހަކަ ފުޅުގައެވެ.
އާދަމް ނަސީރު ވަނީ މީގެ ކުރިން، ޅެމުން ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދޭނެ ކަމަށް ވިދާޅުވެ، ރައްޔިތުންގެ ފައިސާއިން އެކަމަށް ދިރާސާ ފައްޓަވާފައެވެ. އަދި އައިޖީއެމްއެޗްގައި އެކަމަށް ކުލިނިކެއް އެޅުމަށް މުއިއްޒު އަރިހުން އެމަނިކުފާނު އެދިވަޑައިގެންފައި ވާއިރު، މިއަދު އެމަނިކުފާނު ވަނީ ތާނަ އަކުރަށް މަހުރަޖު ހަދައި، މަހުރަޖުން ވާހަކަ ދައްކަން ސުކޫލް ކުދިންނަށް ދަސް ކޮށް ދިނުމަށް ވެސް ނިންމާފައެވެ.
ދިވެހި ބަހަށް އެކަމަނިކުފާނު ކުރައްވަމުން ގެންދަވާ މިފަދަ "އަގުހުރި ޚިދުމަތް" ތަކުގެ ތެރެއަށް އެންމެ ފަހުން އިތުރުވި ބޮޅަކީ ށ ފެށޭ 5 ބަސް ހެދުމުގެ މަސައްކަތެވެ. މިހާރު މި މަސައްކަތް ކުރުމަށް ދިވެހި ބަހުގެ އެކަޑަމީއާއި ހާވާލު ކޮށްފައިވާ ކަމަށާއި، މިއީ ދިވެހި ތާރީޚުގައި އެއްވެސް ވެރިކަމެއްގައި ވެރިއަކު ކޮށްފައި ނުވާ ކަމެއް ކަން ފާހަގަކޮށް، މިކަން މުއިއްޒުގެ ސަރުކާރުން 5 އަހަރު ތެރޭ ކޮށް ނިންމާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
ނަމަވެސް މިކަމާއި ގުޅިގެން އާންމުންގެ ފާޑު ކިޔުން ވަނީ އިތުރުވެފައެވެ.
ދިވެހި ބަހަށް ކަމެއް ކޮށްދެންޏާމުން، އިލްމީ، ސައިންޓިފިކް، އީޖާދީ، ޑިޕްލޮމެޓިކް، ޓެކްނޮލަޖީ، އޭއައި، އިންވެސްޓް މެންޓާއި، އެކައުންޓިންނާއި، ފައިނޭންސް އަދި ބޭސްފަރުވާ އާއި އިސްލާމް ދީނުގެ އިލްމާއި ގުޅިފައިވާ އެތައް ލައްކަ ލަފްޒެއް ދިވެހި ބަހުގައި ނެތް އިރު، އެފަދަ ދާއިރާތަކުން ބަސްތައް ނުވަތަ ލަފްޒުތައް ހެދުން ދިވެހި ބަހަށް މާ މުހިންމެވެ. ނަމަވެސް އެފަދަ އެއްވެސް މަސައްކަތެއް ދިވެހި ބަހާއި ޤައުމިއްޔަތުގެ މިނިސްޓަރަކަށް ކުރާކަށް ނޭނގެއެވެ. މިއަދު ދިވެހި ބަހުން އެކަނި، މީހަކު ވިސްނައިގެން އިލްމީ ގޮތުން ކުރިއަރައި، ވިސްނުމާއި ފިކުރު އޭގެ އެންމެ މައްޗަށް ފޯރާނެ މިންވަރު ފެނިގެން މިދަނީ، އާދަމް ނަސީރު މެންފަދަ ބުއްދިހަމަނުޖެހޭ މީހުންގެ ކިބައިންނެވެ. ދިވެހި ބަހުން ވިސްނައިގެން، ދިވެހި ބަހުގެ ބަސްކޮށާރުގެ ކުޑަ ޖަލުގައި ބަނދެވިގެން ދަސްވާނީ އާދަމް ނަސީރުގެ ކިބާގައި އެހެރަ ފަދަ ހީލަތްތެރި މަކަރުވެރި އަޔަހޫދީ ކަމެވެ.
ދިވެހި ބަހުގައި، އެއްވެސް އިލްމެއް ފުރިހަމަ އަށް އުނގަންނައި ދިނުމުގެ ޤާބިލުކަން ނެތް އިރު، ދިވެހި ބަހުން ކިޔަވައިދޭ ހަމަ އެކަނި، އިލްމަކީ އިސްލާމީ އިލްމެވެ. ނަމަވެސް އިސްލާމީ އިލްމު ދިވެހި ބަހުން އުނގެނި ޝޭޚަކަށްވެވޭ ވަރަށްވެސް ބަސްކޮށާރުގައި މުއްސަނދިކަމެއް ނެތެވެ. ޤުރުއަނާއި ސުންނަތުގައި ހުރިކަންކަން ފުރިހަމަ އަށް ދަނެގަތުމުގައި ބޭނުން ކުރަންޖެހޭ ފުރިހަމަ ބަސްކޮށާރެއްނެތި، އެތައް ހާސް އަރަބި ބަހެއް ބޭނުން ކުރަންޖެހި، ކުޑަމިނުން ކީރިތި ޤުރުއާނުގެ ތަރުޖަމާ އަދި ތަފްސީރުގައި ވެސް އެތައް ހާސް ބަހެއް އަރަބިން އޮވެމެ، އޭގައި ބުނާ އެއްޗެއް ދިވެހި އެތައް ހާސް ބަޔަކަށް ދިވެހިން ކިޔައިގެން ފަހުމު ނުވުމަކީ ދިވެހި ބަހުގެ ނުކުޅެދުންތެރިކަން އިންތިހާ އަށް ހުރި މިންވަރު ހާމަ ކޮށްދޭ ކުޑަ ކުޑަ މިސާލެކެވެ.
މިފަދަ ބަހެއް ކުރިއެރުވުމަށް އައްޔަންކުރާ މިނިސްޓަރެއް އެތައް ލައްކަ ކަމެއް ކުރަން ހުންނާނެއެވެ. މިކަންކަން ހައްލުކޮށް، ދިވެހި ބަސްތައް އުފައްދައި، ބަހުން ދޭދޭ މީހުން ވާހަކަ ދައްކައި، ޚަބަރު ކިޔައި، ދެބަ އޮޑުވުން ނޫން އިތުރު ކަމަކަށް ބޭނުން ކުރެވޭ މިންވަރަށް މުއްސަނދިކޮށް، ބަހުން ފޮތް ލިޔުމަށް ހިތްވަރުދީ، ބަސް އުވި ނުދިޔުމަށް ކުރަން ހުރި ބުރަ މަސައްކަތްތައް އިންތިހާއަށް އޮއްވައި، މި ކުރާހާވެސް ކަމަކީ ށ. ފެށޭ 5 ބަސް ހެދުމެވެ.
އާދަން ނަސީރުމެންގެ ފެންވަރަކީ ދިރިއުޅުމުގައި ދަސްވެ އެނގުނުހާވެސް ކަމަކީ ޅެން ހެދުން ކަމުން، ފެންނަ ކޮންމެ އެއްޗެއް ފައްތަން މިޖެހެނީ މި އާދަމް ނަސީރުގެ ހަނި ސިކުޑީގައި ހުރި ޅެމުގެ ކާފިޔާތަކުގެ ތެރެއަށެވެ. އާދެ، ޅެމުން ބޭރަށް ވިސްނައިގެން ކަމެއް ދަމެއް ކުރަން އެނގޭނެ އެއްގޮތެއްވެސް ނެތެވެ. ކަމެއް ދަމެއް ފެނިއްޖިޔާ، އެކަމާއި މެދު ޅެމުން ބޭރުން ވިސްނާކަށް ވެސް ނޭނގޭނެއެވެ. ގަމާރުކަން ހުރީ މިވަރުގައެވެ.
އަރާހާ ޕޯޑިއަމް އެއްގައި، ދިވެހިބަހަކީ މުއްސަނދި ބަހެކޭ ކިޔާ ދޮގު ހެދިޔަކަސް ބަސް މުއްސަންޖެއް ނުވެއެވެ. ދިވެހިބަސް މިހާރު މި އޮތް ހާލަތުގައި އޮއްވައި، އެބަހުން ވިސްނާ މީހަކަށް، ލިބޭނެ އިލްމީ އީޖާދީ ވިސްނުމެއް ކުރިއެރުމެއް ނެތެވެ. ދިވެހި ބަސް ދެމި އޮންނަނީ، ދެބަ އޮޑުވުމާއި، މީހުންނާއި ފޮށުމަށާއި، އަވަގުރާން ގޮވުމަށެވެ. އެއިން ކުރެވޭނެ އިލްމީ ބަހުސްއެއް ނެތެވެ.
ދިވެހި ބަހުން ފިކުރު ހިންގާ މީހާއަށް ވުރެ، އުފަން ވީއްސުރެ، އެއްވެސް ބަހެއް އަޑު ނީވޭ، ލޮލަން ނުފެންނަ، މީހާގެ އިހްސާސްތަކުން ދެނެގަންނަ އަހުލާގާއި ފިކުރާއި، މި ބަހުގެ މައްޗަށް އުފަންވާ މީހާއަށް ވުރެ ރަނގަޅެވެ.
އާދަން ނަސީރުގެ ގަމާރުކަމުން ލޯ ހުޅުވައި ޅެންބަހުން މޮޔަކަން ފިލުވަން ނޫޅެ، ހަރުދަނާ ކަމެއް ބަހަށް ކޮށްދޭން ވީ ނޫންތޯއެވެ؟ ޤައުމިއްޔަތުގެ ނަމުގައި ސްކޫލްތަކުގައި ތިޖެހިހާ ސަކަރާތުން ދަރިވަރުންވެސް އެތިބީ ސަރުކާރާއި، އާދަން ނަސީރު ދެކެ އިންތިހާއަށް ހިތްހަމަ ނުޖެހިފަ ނޫންތޯއެވެ؟