ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ކަށަވަރުވެ, މަޖިލިސް މުށުތެރެއަށް ލެވުމާއެކު މުއިއްޒުގެ އަސްލު ސިފަ ދައްކަން ފަށައިފިއެވެ.
އެގޮތުން މުއިއްޒު މިހާރުވަނީ ވެރިކަން ލިބިމާއެކު ވަޒީފާ ދިން ބައެއް މީހުން މަގާމުން ވަކިކޮށް, އަނެއްބަޔަކު މަގާމުތަކުން ސަސްޕެންޑްކޮށް, އަދި އެކީގައި ކޮރަޕްޝަންގެ އަމަލުތައް ހިންގި ފަރާތްތަކަށް މަތީ މަގާމްތައް ދެމުންނެވެ. އެގޮތުން މިއަދުވެގެން ދިޔައީ ފާހަގަ ކޮށްލެވޭ ދުވަހަކަށެވެ.
މުއިއްޒުވަނީ މިއަދު 2 ޑެޕިއުޓީ މިނިސްޓަރަކު ސަސްޕެންޑް ކޮށްފައެވެ. އަދި އަނެއްބަޔަކު މަގާމުން ވަކިކުރިނަމަވެސް, ކޮރަޕްޝަންގެ ތުހުމަތުގައި މަގާމުތަކުން ވަކިކުރި މީހުންނަށް މުއިއްޒުދަނީ އެއަށްވުރެ މަތީ މަގާމްތައް ދެމުންނެވެ.
މިއަދު މިއަދު ސަސްޕެންޑް ކޮށްފައިވަނީ ދެ ޑެޕިއުޓީ މިނިސްޓަކެވެ. އެ ދެބޭފުޅުން މަގާމުން ސަސްޕެންޑްކުރި ސަބަބެއްވެސް އަންގާފައި ނުވާއިރު, މުއިއްޒުވަނީ އެޗްޑީސީގެ ޗެއަރޕާސަންގެ މަގާމުގައި ހުރި, ރައީސް ޔާމިންގެ ވެރިކަމުގައި އިސްމަގާމްތަކެއް ފުރުއްވި ޒުހޫރު މަގާމުން ވަކިކޮށްފައެވެ. އޭނާ މަގާމުން ވަކިކޮށްފައިވަނީ ޔާމިންއާއި ގާތްކަން ބާއްވާ ފަރާތަކަށްވާތީކަމަށް އެނގިފައި ވެއެވެ. އަދި އެމްއެމްޕީއާރުސީގެ އެމްޑީ މަގާމަށް ނާގާބިލްވެގެން މަގާމުން މިއަދު ވަކިކޮށްފައިވާއިރު, އެނގިފައިވާ ގޮތުގައި އޭނާއަށްވެސް ސަރުކާރުގެ ވުޒާރާއަކުން ސްޓޭޓް މިނިސްޓަރުކަން ހަމަޖެއްސުމަށް މުއިއްޒު މިހާރުވަނީ ނިންމާފައެވެ.
ހަމައެއާއެކު ކޮރަޕްޝަންގެ ތުހުމަތުގައި މިފްކޯގެ ސީއީއޯކަމުން ވަކިކުރި ސަމާހުއަށް މުއިއްޒުވަނީ ފިޝަރީޒް މިނިސްޓްރީގެ ސީއީއޯކަން ދީފައެވެ. ސަމާހުއަކީ މާލޭ ސިޓީ ކައުންސިލްގެ މޭޔަރުކަމުގައި މުއިއްޒު ހުންނެވިއިރު, މުއިއްޒުއަށް ކޮރަޕްޝަންގެ ބޮޑެތި ޖަރީމާތަކެއް ހިންގައިދިން, މުއިއްޒުގެ ކޮރަޕްޝަންގެ ބައިވެރިއެކެވެ.
އޭގެވެސް އިތުރަށް އެމްއެމްޕީއާރުސީގެ ޑީއެމްޑީގެ މަގާމުގައި ހުރެ, އެ ކުންފުނީގެ އަންހެން މުވައްޒަފެއްގެ ފޫކޮޅުގައި ހިފައިގެން ސަސްޕެންޑްކުރި ބައްސާމް އާދަމް މިހާރުވަނީ އަނެއްކާ އަލުން ވަޒީފާއަށް ނިކުންނަން ފަށާފައެވެ. އެމްއެމްޕީއާރުސީ މިހާރު ތަމްސީލުކުރަމުންދަނީވެސް އޭނާއެވެ.
ގިނަބަޔަކު ކުރިންވެސް ބުނަމުން އައިސްފައިވަނީ މުއިއްޒު ގިނަ ބަޔަކަށް ސިޔާސީ މަގާމްތައް ދެމުން އައިސްފައިވަނީ, ރައީސް ޔާމިންގެ ނަންޖެހި ހުސް ގޮނޑި ދައްކައިގެން މަކަރާއި ހީލަތުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރި ބީދައިގެން, ސިޔާސީ ވަޒީފާތައް ގިނަބަޔަކަށް ދީގެން, އެފަރާތްތަކުގެ ރުހުން ހޯދައިގެން މަޖިލިސް އިންތިޚާބު ކާމިޔާބު ކުރުމަށް ކަމުގައެވެ.
އެގޮތުން މަޖިލިސް އިންތިޚާބު ނިމުމާއެކު މުއިއްޒު ގެންދަވަނީ, މުއިއްޒު ނުރުހޭ ފަރާތްތައް އެއްވެސް ސަބަބަކާ ނުލާ ވަޒީފާއިން ވަކިކޮށް, ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވޭ, އަދި ކޮރަޕްޓް މީހުން މަތީ މަގާމްތަކަށް އައްޔަން ކުރަމުންނެވެ.