ޚަބަރު

ވަގު ޓީޓީގެ މައްސަލާގައި ދައުވާ ކޮށްފައިވާ ބޮޑު މުޖުރިމަކަށް މުއިއްޒު ސިޔާސީ މަގާމެއް ދީފި! މީހުން މެރުން ފަދަ ބޮޑެތި ކުށްތަކުގައި ބައިވެރިވި ކަމަށް ބެލެވޭ މީހުންނާއި، ގޭންގް ތަކަށް 600 އަށް ވުރެ ގިނަ ވަޒީފާ މުއިއްޒު ދީފައިވޭ!

ދިޔަވަރު
ވަގު ޓީޓީގެ މައްސަލާގައި ދައުވާ ކޮށްފައިވާ ބޮޑު މުޖުރިމަކަށް މުއިއްޒު ސިޔާސީ މަގާމެއް ދީފި! މީހުން މެރުން ފަދަ ބޮޑެތި ކުށްތަކުގައި ބައިވެރިވި ކަމަށް ބެލެވޭ މީހުންނާއި، ގޭންގް ތަކަށް 600 އަށް ވުރެ ގިނަ ވަޒީފާ މުއިއްޒު ދީފައިވޭ!

ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރަމުން ދިޔަ މައްސަލާގައި ދައުވާ ކޮށްފައިވާ ހުސެއިން ޝިފާއު ސަރުކާރުގެ ސިޔާސީ މަގާމަކަށް އައްޔަން ކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި އޭނާ އައްޔަން ކޮށްފައި ވަނީ އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމަށެވެ.

"ކިންގްޑަމް އޮފް ފުރުޓްސް" ނަމަކަށް ކިޔާ، އަމިއްލަ ފަރުދެއްގެ ވިޔަފާރިއެއް މެދުވެރިކޮށް، ރާއްޖެއިން ބޭރުގެ ކުންފުނިތަކާ އެކު ހިންގި މުއާމަލާތްތަކުގައި މަކަރާއި ހީލަތް ހަދާފައިވާ ކަމަށް ބުނެ އޭނާ މިދިޔަ އޭޕްރިލް 28، 2023 ގައި ހައްޔަރު ކުރި އެވެ.

ނަމަވެސް ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން، މުޖުތަމައަށް ނުރައްކަލެއް ނެތް ކަމަށް ބުނެ ޖެހިގެން އައި މަހު އޭނާ ދޫކޮށްލި އެވެ. އެ މައްސަލަ އިސްތިއުނާފް އިސްތިއުނާފް ކުރިއިރު އޭނާ ވަނީ ރާއްޖެ އިން ބޭރަށް ފުރައިފި އެވެ.

އެ މައްސަލާގައި ފުލުހުންގެ އޭނާ ހޯދަން އިންޓަޕޯލްގެ ރެޑް ނޯޓިސް ނެރުމުން ޝިފާއު އަމިއްލަ އަށް ވަނީ ރާއްޖެ އައިސްފަ އެވެ. އަދި އޭނާގެ ޕާސްޕޯޓު ހިފަހައްޓައި ޝަރުތުތަކާއެކު ވަނީ ދޫކޮށްލައިފަ އެވެ.

ޝިފާއު ސިޔާސީ މަގާމަކަށް އައްޔަން ކޮށްފައިވާ އިރު ޕީޖީ އޮފީހުން ބުނި ގޮތުގައި އޭނާގެ މައްޗަށް ހުށަހެޅި އެއްވެސް މައްސަލައެއް އަނބުރާ ގެނެސްފައެއް ނެތެވެ. އެ މައްސަލަ ކޯޓަށް ހުށަހެޅުނު ގޮތަށް ކޯޓުގައި އެބައޮތް ކަމަށާއި މިހާތަނަށް އެއްވެސް އަޑުއެހުމެއް ބާއްވާފައި ނުވާ ކަމަށް އެ އޮފީހުން ބުންޏެވެ.

އޭނާ މިވަގުތު ބަންދުން ދޫކޮށްލާފައިވީ ނަމަވެސް ޝިފާއު އަށް ކުރި ޝަރުތުތަކުގެ ތެރޭގައި މާލެ ފިޔަވައި އެހެން ރަށަކަށް ދަތުރު ނުކުރުމާއި، ޕާސްޕޯޓު ހިފެހެއްޓުން ހިމެނެ އެވެ.

މުއިއްޒުގެ ސަރުކާރުގައި އިސް މަޤާމުތަކުގައި ގޭންގް ތަކުން އައްޔަން ކޮށްފައިވާ ފަރާތްތައް ވާއިރު، ޕޮލިހުންނަށް އެމީހުންގެ ދައުރު އަދާ ކުރުމުގައި މިކަމުން ދަތިކަން ހުރި ކަމަށް ބެލެވެއެވެ.

މުއިއްޒު ވެރިކަމަށް އައިފަހުން، ގޭންގު ތަކުގެ ބާރު ގަދަވެ، ގޭންގުތަކުން އަނިޔާވެރި ހާދިސާއެއް މާލޭގައި ނުހިންގާ މަހެއް އަދި ނުދެއެވެ.

މީގެ އިތުރުން ސީދާ މީހުން މެރުމުގައި ބައިވެރި ވެފައިވާ ކަމަށް ހުރިހާ ގޮތަކުން ގަބޫލު ކުރެވިގެން ޖަލުގައި ހުއްޓައި މިސަރުކާރުން މިނިވަން ކޮށްފައިވާ ނުރައްކާތެރި ކުށްވެރިންނަށް މުއިއްޒުގެ ފަރާތުން ހިމާޔަތްދީ އެޗްޑީސީ ފަދަ ތަންތަނުން ވަޒީފާ ހަމަޖައްސާފައި ވެއެވެ.