ޚަބަރު

13 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ނ. މިލަދޫގައި ޑްރަގް ދީގެން ރޭޕް ކޮށްފި! ކުޑަ ކުއްޖާ ރޭޕް ކުރި އަހްމަދު ވިއާމް ހައްޔަރު ނުކުރުމަށް މުއިއްޒު ވަނީ އަންގާފައި!

ދިޔަވަރު
13 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ނ. މިލަދޫގައި ޑްރަގް ދީގެން ރޭޕް ކޮށްފި! ކުޑަ ކުއްޖާ ރޭޕް ކުރި އަހްމަދު ވިއާމް ހައްޔަރު ނުކުރުމަށް މުއިއްޒު ވަނީ އަންގާފައި!

13 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ނ. މިލަދޫގައި ޑްރަގް ދީގެން ރޭޕް ކޮށްފިއެވެ. ރޭޕް ކޮށް ވީޑިޔޯކުރަނިކޮށް، އާއިލާއަށް އެކަން އެނގި އެކަން ފުލުހަށް ހުށައެޅުމުން ކުޑަ ކުއްޖާ ރޭޕް ކުރި އަހްމަދު ވިއާމް ހައްޔަރު ނުކުރުމަށް މުއިއްޒު އަންގާފައި ވާކަމަށް އެރަށުން ދިޔަވަރު ނޫހަށް މައުލޫމާތު ދެއެވެ.

ނ. ހޮޅަދޫ ދާއިރާއަށް، މުއިއްޒުގެ ކެންޑިޑޭޓުގެ ގޮތުގައި ހޮވިފައިވާ މަޖިލީސް މެމްބަރު އަބްދުއްސައްތާރު މުހައްމަދު (ސަޓޯ) އަކީ އަހްމަދު ވިއާމްގެ ދޮންތަބެއެވެ. އަބްދުއްސައްތާރު މުއިއްޒު އަރިހުން، އެދިގެން އެރަށުގައި އުޅޭ ފުލުހުންނަށް ނުފޫޒު ފޯރުވައިގެން 13 އަހަރުގެ ކުޑަ ކުއްޖަކު ރޭޕް ކުރި މީހާ ހައްޔަރު ކުރުމަށް ފުލުހުންނަށް ވަނީ ނުކުޅެދިފައެވެ. މީގެ އިތުރުން އަހްމަދު ވިއާމްގެ ބައްޕަ ވަނީ އެރަށު ފުލުހުންނަށް ވަޒީފާގެ ބިރު ދައްކައި، އެރަށުގެ ފުލުހުންގެ އެންމެ އިސް މީހާއަށް ރޭގެ ވަގުތެއްގައި އިންޒާރު ދީފައެވެ.

13 އަހަރުގެ ކުޑަ ކުއްޖަކަށް ޑްރަގް ދީގެން ރޭޕް ކޮށް، ވީޑިޔޯ ކޮށްފައިވާ އަހްމަދު ވިއާމް މިހާރު ހުރީ އޭނާގެ އާއިލާގެ ހިމާޔަތުގައި "ފޮރުވާފައި" ކަމަށް އެރަށުން ދިޔަވަރަށް މައުލޫމަތް ދިން ފަރާތުން ހާމަ ކުރިއެވެ.

އަހްމަދު ވިއާމްގެ ދޮންތަ އަކީ ޕީޕީއެމް އެރަށުގެ ކައުންސިލަރެއް ކަމުގައިވާ ނީމް މޫސާ އެވެ.

ކުޑަ ކުއްޖާ ރޭޕް ކުރަނިކޮށް، އެތަނަށް ގޮސް އާއިލާގެ މީހުން އެ އަންހެން ކުއްޖާ ސަލާމަތް ކޮށްފައިވާއިރު، މި މައްސަލާގައި ހެކިން މިހާރުވެސް އެބަ ތިއްބެވެ.

ފުލުހުން ވަނީ ނ. މަނަދޫ އަތޮޅު ހޮސްޕިޓަލަށް 13 އަހަރުގެ ކުޑަ އަންހެން ކުއްޖާ ގެންގޮސް، ޓެސްޓްތައް ހަދާފައެވެ. އަދި ޓެސްޓްތަކުން ރޭޕް ކޮށްފައިވާކަން ސާބިތުވާ ވަރަށް އެނގުމުން، އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފެށި ކަމަށާއި، އެމަސައްކަތަށް ހުރަސް އަޅަމުން ދަނީ މުއިއްޒުގެ އެންގުމަށް ކަމަށް މައުލޫމާތު ލިބެއެވެ.

މި އަނިޔާވެރި އާއިލާއިން ދަނީ ސަރުކާރުގެ ނުފޫޒު ބޭނުން ކޮށްގެން ފުލުހުންގެ އަތުގައި ހުރި ހެކި ނައްތާލަން މަސައްކަތް ކުރަމުން ކަމަށް އެ ރަށުގެ އެކި ފަރާތްތަކުން ދަނީ ތަހުމަތު ކުރަމުންނެވެ.

ރަށު ގާޒީ ވަނީ، ފުލުހުން ނަށް ބޭނުންވާ ކޯޓު އަމުރު ނުދޭނޭ ކަމަށް ބުނެ ފުލުހުންނަށް އިންޒާރު ދީފައެވެ. ރަށު ގާޒީއަކަށް އުޅެނީ އިބްރާހިމް ސިފާއު ކިޔާ، އަހްމަދު ވިއާމްގެ ދެބެއިންގެ ދެދަރި މީހެކެވެ. އަދި ފުލުހުން ކޯޓު އަމުރު ހޯދަން ކުރަމުންދާ މަސައްކަތް ހުއްޓުވުމަށް އޭނާ ދަނީ އާއިލާގެ އެހެން ފަރާތްތަކާއި ސަރުކާރާއި ގުޅިގެން މަސައްކަތް ކުރަމުންނެވެ.