ޚަބަރު

"ޅެންފަރުވާ" ދިރާސާކުރުމަށް ޤައުމީ ޔުނިވާސިޓީއާއި އެކު އެއްބަސް ވުމެއްގައި ސޮއެ ކޮށް، ނަފްސާނީ އެހީ ބޭނުންވާ ފަރާތްތައް، އެހީ އިން މަހުރޫމްކޮށް، ގަދަކަމުން ދިރާސާގައި ބައިވެރި ވާން ސަރުކާރުން މަޖުބޫރު ކުރަން ފަށައިފި

ދިޔަވަރު
"ޅެންފަރުވާ" ދިރާސާކުރުމަށް ޤައުމީ ޔުނިވާސިޓީއާއި އެކު އެއްބަސް ވުމެއްގައި ސޮއެ ކޮށް، ނަފްސާނީ އެހީ ބޭނުންވާ ފަރާތްތައް، އެހީ އިން މަހުރޫމްކޮށް،  ގަދަކަމުން ދިރާސާގައި ބައިވެރި ވާން ސަރުކާރުން މަޖުބޫރު ކުރަން ފަށައިފި

"ޅެންފަރުވާ" ދިރާސާކުރުމަށް ޤައުމީ ޔުނިވާސިޓީއާއި އެކު އެއްބަސް ވުމެއްގައި ސޮއެ ކޮށް، ނަފްސާނީ އެހީ އަށް ބޭނުންވާ ފަރާތްތައް، އެ އެހީ އިން މަހުރޫމްކޮށް، ގަދަކަމުން ދިރާސާގައި ބައިވެރި ވާން ސަރުކާރުން މަޖުބޫރު ކުރަން ފަށައިފިއެވެ.

ޅެން ފަރުވާ އަށް ދިރާސާ ކުރުމަށް ޤައުމީ ޔުނިވަރސިޓީ އާއި އެކު އާދަމް ނަސީރު ސޮއެ ކޮށްފައި ވަނީ، 22 މޭއި 2024 ގައި އެވެ. މީގެ ކުރިން މިފަދަ ކަމެއް ކޮށްފައިވަނީ ދުނިޔޭގައި އިލްމެއް ނެތް ޖާހިލިއްޔަ ޒަމާނުގައެވެ. މި ގޮތަށް މީހުން މޮޔަވުމުން ޅެން ކިޔުމާއި، އެފަދަ މީހުން ވަށައިގެން ގޮތްގޮތަށް ފުމުމާއި، މިއުޒިކު ކުޅެ ހަދާފައިވެއެވެ. ނަމަވެސް ދުނިޔެ އިލްމީ ގޮތުން ކުރިއަރައި، އިސްލާމީ ނިދާ ދުނިޔޭގައި ފެތުރިގެން ދިޔަ ދިޔުމުގައި، އަދި ބޭސްވެރިކަމާއި، ނަފްސާނީ އިލްމާއި، ހިޕްނޮސިސް އާއި އެކު، ޖަހިލިއްޔަ ޒަމާނުގެ މިފަދަ ހުރާފާތްތައް ދުނިޔެއިން ފިލައިގެން ދިޔައެވެ.

"ޅެންފަރުވާ" އާއި އެކު ނަފްސާނީ ބަލިތަކުގައި ތިބި ފަރާތްތައް އިތުރު ނަފްސާނީ ބިރުވެރި ކަމެއްގެ ތެރެއަށް ވެއްޓިއްޖެއެވެ. ޤައުމީ ޔުނިވާރސިޓީ އިން މި ފަށާ ކަމުގެ ސަބަބުން ޔުނިވާރސީޓީއަށް ބޭރު އިލްމީ އިދާރާތަކުން ކުރާ އިތުބާރު ގެއްލިގެން ދާނެއެވެ. މީގެ އިތުރުން ބަލި މީހުން ގެނެސް، އެމީހުންގެ މަޖުބޫރުގައި ޅެން އަޑުއަހަން ޖައްސައިގެން ފަރުވާ ލިބޭތީ ބަލައި، އެމީހުންނަށް ޑޮކްޓަރުންނާއި، ތެރަޕިސްޓުން ދޭ ފަރުވާ ހުއްޓުވައި، ނުވަތަ ހުރަސް އަޅައި، ނުވަތަ އެމީހުންގެ ހާސްކަން "ދިރާސާ" އަށްޓަކައި އިތުރު ކުރުމީ އިންސާނިއްޔަތާއި ޚިލާފު އަމަލެކެވެ.

ދުނިޔޭގައި ޅެން ބަހުން ފަރުވާ ދެވޭނަމަ، އެކަން ފަށައި ގަންނާނީ އަދި އެކަމުގެ ދިރާސާއެއް އަލަން ކުރާނީ، އެއްވެސް އިލްމެއް ނެތް، އިތުރު ބަހަކުން ރަނގަޅަށް ވާހަކަ ދައްކަން ނުދަންނަ އާދަމް ނަސީރެއް ނޫނެވެ. އާދަމް ނަސީރުގެ ހުރި ޖާހިލު ކަމާއި، އިލްމީ ގޮތުން ހުރި ނުކުޅެދުންތެރިކަން އިންތިހާއަށް ބޮޑު ވުމުން، މިފަދަ ކަންތައްތައް ރައްޔިތުންގެ ފައިސާއިން ކުރަން މުއިއްޒު ދޭ ފުރުޞަތަކީ މުއިއްޒުގެ ކިބާގައިވެސް، ވަކި ސާފު އިލްމެއް ނެތްކަން ދައްކުވައިދޭ ހެއްކެކެވެ.

މި ވާގޮތް ވަރަށް ސާފެވެ. އާދަމް ނަސީރުމެންގެ ފެންވަރަކީ ދިރިއުޅުމުގައި ދަސްވެ އެނގުނުހާވެސް ކަމަކީ ޅެން ހެދުން ކަމުން، ފެންނަ ކޮންމެ އެއްޗެއް ފައްތަން މިޖެހެނީ މި އާދަމް ނަސީރުގެ ހަނި ސިކުޑީގައި ހުރި ޅެމުގެ ކާފިޔާތަކުގެ ތެރެއަށެވެ. އާދެ، ޅެމުން ބޭރަށް ވިސްނައިގެން ކަމެއް ދަމެއް ކުރަން އެނގޭނެ އެއްގޮތެއްވެސް ނެތެވެ. ކަމެއް ދަމެއް ފެނިއްޖިޔާ، އެކަމާއި އަޖާއިބުވެ، އެކަމާއި މެދު ވިސްނިއަސް ވިސްނަނީ ޅެމެއްގެ ތެރެއިންނެވެ. ގަމާރުކަން ހުރީ މިވަރުގައެވެ. މި ގަމާރުކަން މުޅި ދައުލަތަށް ބުރައަކަށްވެ، ދިވެހި ރައްޔިތުންނާއި، ބަލި މީހުންނާއި، ދިވެހި މާލިއްޔަތަށް އަސަރު ކުރާ ހިސާބަށް ކަންކަން ދިޔުމަކީ މުއިއްޒުގެ ނުކުޅެދުންތެރިކަމެވެ.