ޚަބަރު

ދުނިޔޭ ތާރީޚުގައި ހުތުރު ދުވަހެއް: ސީސީޕީގެ ނުފޫޒުން، ލާދީނީ މުއިއްޒު އަންގައިގެން، ބޮސްނިއާގެ ގަތުލްއާންމު ފާހަަގަކުރުމަށް ނެގި ވޯޓުގައި އެއްކޮޅަށް ވޯޓު ނުދިން! މިކަމަށް ހަމަ އެކަނި ސަޕޯޓް ނުކުރި އިސްލާމީ ޤައުމަކީ ރާއްޖެ!

ދިޔަވަރު
ދުނިޔޭ ތާރީޚުގައި ހުތުރު ދުވަހެއް: ސީސީޕީގެ ނުފޫޒުން، ލާދީނީ މުއިއްޒު އަންގައިގެން، ބޮސްނިއާގެ ގަތުލްއާންމު ފާހަަގަކުރުމަށް ނެގި ވޯޓުގައި އެއްކޮޅަށް ވޯޓު ނުދިން! މިކަމަށް ހަމަ އެކަނި ސަޕޯޓް ނުކުރި އިސްލާމީ ޤައުމަކީ ރާއްޖެ!

ބޮސްނިއާގެ ގަތުލްއާންމު ބައިނަލްއަގްވާމީގޮތުން ފާހަަގަކުރުމަށް ނެގި ވޯޓުގައި ރާއްޖެއިން ވަކި ކޮޅަކަށް ވޯޓު ދޭން ނުފެންނަކަމަށް ވޯޓު ލައިފިއެވެ.

ރާއްޖެއިން މިކަން ކުރީ ޗައިނާގެ ސީސީޕީ (ޗައިނީސް ކޮމިއުނިސްޓް ޕާޓީ) އިން އަންގައިގެންނެވެ. ޗައިނާއިން ވޯޓު ދިނީ ބޮސްނިއާގެ ގަތުލްއާންމު ބައިނަލްއަގްވާމީގޮތުން ފާހަަގަކުރުމަށް ނުފެންނަކަމަށެވެ.

ބޮސްނިއާގެ ގަތުލުއާންމު ބައިނަލްއަގްވާމީގޮތުން ފާހަގަކުރުމަށް ފެންނަކަމަށް 84 ގައުމަކުން ވޯޓު ދިނެވެ. އޭގެ ތެރޭގައި އޮސްޓްރޭލިއާ، އިޓަލީ އަދި ޖަޕާން ފަދަ ގައުމުތައް ހިމެނެއެވެ. ނުފެންނަ ކަމަށް ވޯޓު ދިނީ 19 ގައުމަކުންނެވެ. ވަކި ގޮތަކަށް ނުފެންނަކަމަށް 68 ގައުމަކުން ވޯޓު ދިނެވެ. ރާއްޖެ ހިމެނެނީ އޭގެ ތެރޭގައެވެ.

މި ވޯޓަކީ އެ ގައުމުގައި 1995 ވަނަ އަހަރު ހިނގައިދިޔަ ގަތުލްއާންމު ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ދުވަހެއްގެ ގޮތުގައި ޖުލައި 11 ވަނަ ދުވަސް ފާހަގަ ކުރުމަށް ފެންނަކަމަށް ނުވަތަ ނޫންކަމަށް ނެގި ވޯޓެކެވެ.

ޗައިނާއިން އަންގައިގެން މިކަން މިގޮތަށް ކުރުމަކީ ދިން ނުރައްކާތެރި ސިގްނަލެކެވެ. މިހާރުވެސް ދުނިޔޭގެ އެކި ހިސާބުތަކުގައި އެކި ގަތުލްއާންމުތައް ހިންގަމުންދާއިރު، ހާއްސަކޮށް މުސްލިމުންނަށް އަމާޒުކޮށް ނުރައްކާތެރި ހަމަލާތައް ދެމުންދާ ޒަމާނެއްގައި ވަކި ގައުމަކުން އަންގައިގެން މިފަދަ ގޮތަކަށް ވޯޓު ދިނުމަކީ ނުރައްކާތެރި ކަމެކެވެ.

މުއިއްޒު ވަނީ އިޒްރޭލުގެ ޕާސްޕޯޓް ވެސް މަނާ ކުރުމަށް ދެކޮޅު ހަދާފައެވެ. މުއިއްޒަކީ ދީނީ ކަމަށް ދައްކައިގެން ނަމާދު ކުރާތަން ފޮޓޯ ނަގުވައިގެން އުޅޭ، ލާދީނީ ކަން ފޮރުވަން މަސައްކަތް ކުރާ ލާދީނީ މީހެކެވެ.

މިހާރު ރާއްޖޭގެ ފޮރިން ޕޮލިސީ ހިންގަނީ ސީސީޕީއިންނެވެ. އެއީ ޗައިނީސް ކޮމިއުނިސްޓް ޕާޓީއިންނެވެ.

ދިވެހިންނަށް ހޯދައިދިން ދިވެހީންގެ ރާއްޖެއަކީ އިންތިހާއަށް އިސްލާމް ދީނާއި ދެކޮޅު ރާއްޖެއެކެވެ.