ޚަބަރު

އާންމުންގެ ފާޑުކިޔުން އިތުރުވުމުން، ށ އިން ފެށޭ ބަހެއް ހަދަން ނުބުނާ ކަމަށް އާދަމް ނަސީރު ވިދާޅުވެއްޖެ! ވިދާޅުވީ އެއީ ށ އިން ފަށާ ބަސް ކިޔަން ދިވެހިންނަށް އުނދަގޫ ކަމަށް! 

ދިޔަވަރު
އާންމުންގެ ފާޑުކިޔުން އިތުރުވުމުން، ށ އިން ފެށޭ ބަހެއް ހަދަން ނުބުނާ ކަމަށް އާދަމް ނަސީރު ވިދާޅުވެއްޖެ! ވިދާޅުވީ އެއީ ށ އިން ފަށާ ބަސް ކިޔަން ދިވެހިންނަށް އުނދަގޫ ކަމަށް! 

އާންމުންގެ ފާޑު ކިޔުން އިތުރުވުމުން، ށ އިން ފެށޭ ބަހެއް ހަދަން ނުބުނާ ކަމަށް އާދަމް ނަސީރު ވިދާޅުވެއްޖެ އެވެ. އަދި ގުދުރަތީ ގޮތުން ށ. އިން ފަށާ ބަސް ތައް ދިވެހިންނަށް ކިޔަން ގުދުރަތީ ގޮތުން ދަތިކަމަށް ވަނީ ވިދާޅުވެފައެވެ.

މި ގޮތަށް އެމަނިކުފާނު ވިދާޅުވެ، ކުރިން ދެއްކި ވާހަކަ ނުދައްކާ ކަމަށް ހެދި އިރު، ޕީއެސްއެމް ގައި ދައްކާފައިވާ އެވާހަކަ ވަނީ މިހާރު ސޯޝަލް މީޑިޔާއިން ފުހެލާފައެވެ. ނަމަވެސް ޅެންބަހުން ނަފްސާނީ ފަރުވާ ދިނުމަށް ދިރާސާ ކުރުމަށް ޔުނިވާރސިޓީއާއި އެކު ވެފައިވާ އެއްބަސްވުން ކޮށްފައި ދައްކާފައިވާ ވާހަކަ ތައް ޕީއެސްއެމް އިން އަދި ޑިލީޓް ކޮށްފައެއް ނުވެއެވެ.

ށ. އިން ފެށޭ ބަސް ވިދާޅު ނުވާ ކަމަށް އެމަނިކުފާނު ވިދާޅު ވެފައި ވަނީ، އެމަނިކުފާނަށް މީހަކު ފޮނުވި ވައިބަރ މެސެޖަކަށް ދިން ޖަވާބަކަށެވެ.

ށ އަކީ ދިވެހިންނަށް ކިޔަން ދަތި ބަހެއް ކަމަށް މިނިސްޓަރ ވިދާޅުވެފައި ވީ ނަމަވެސް، އެއީ ރަނގަޅު ވާހަކަ އެއް ނޫން ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ދިވެހި އެއްވެސް އަކުރެއްގެ އަޑަކީ ދިވެހިންނަށް އުނދަގޫ އަޑެއް ނޫނެވެ.

އާދަން ނަސީރު މިހާރު ދަނީ ޕްރެސް ކޮންފެރަންސެއް ބާއްވަމުންނެވެ. އަދި ވިދާޅު ވަމުން ދަނީ ދިވެހި އަޑުތައް ގެއްލިދާނެ ކަމުގެ ބިރު އޮތް ކަމަށެވެ. އަދި މި ޕްރެސް ގައި ވެސް ވަނީ ށ. އިން ފެށޭ ބަހެއް ހަދަން ނުބުނާ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. އަދި އެފަދަ ރިކޯޑިންގ އެއް ނޯންނާނެ ކަމަށް ވިދާޅުވިއެވެ.