ޚަބަރު

މިއަހަރު މަސްވެރިންނަށް ފައިސާ ނުދެވި މަޝްރޫޢުތައް ހުއްޓިފައިވަނީ، ސިޔާސީ ވަޒީފާތަކަށް އިތުރަށް 440 މިލިއަން ހަރަދު ކުރަން ޖެހިގެން ކަން ފިނޭންސް މިނިސްޓްރީގެ ފިސްކަލް ރިޕޯޓުން ހާމަ ވެއްޖެ!

ދިޔަވަރު
މިއަހަރު މަސްވެރިންނަށް ފައިސާ ނުދެވި މަޝްރޫޢުތައް ހުއްޓިފައިވަނީ، ސިޔާސީ ވަޒީފާތަކަށް އިތުރަށް 440 މިލިއަން ހަރަދު ކުރަން ޖެހިގެން ކަން ފިނޭންސް މިނިސްޓްރީގެ ފިސްކަލް ރިޕޯޓުން ހާމަ ވެއްޖެ!

މިއަހަރު މަސްވެރިންނަށް ފައިސާ ނުދެވި މަޝްރޫޢުތައް ހުއްޓިފައިވަނީ، ސިޔާސީ މަޤާމުތަކަށް އިތުރަށް 440 މިލިއަން ހަރަދު ކޮށްފައި ވުމުން ކަން ހާމަ ވެއްޖެއެވެ. މުއިއްޒު ވަނީ 3500 އަށް ވުރެ ގިނަ ސިޔާސީ ވަޒީފާތައް އުފައްދާފައެވެ. އަދި ސިޔާސީ ވަޒީފާތައް ދީފައިވާ އަދަދު ރައީސް އޮފީހުގެ އެއްވެސް ފަރާތަކަށް ނުލިބޭހެން މުއިއްޒު ބޭނުންވާ، ރައީސް އޮފީހުގެ ވަކި ވަޒީރެއްގެ އަތުގައި ބަހައްޓާފައި ވާކަން ދިޔަވަރު ނޫހަށް ވަނީ އެނގިފައެވެ.

ސިޔާސީ ވަޒީފާތައް 700 އަށް ވުރެ އިތުރު ނުކުރާނެ ކަމަށް ވިދާޅުވެ މުއިއްޒު ވަނީ އިތުރުފުޅު ހައްދަވާފައެވެ. މީގެ އިތުރުން ކޮންމެހެން ޖެހިގެން ނޫނީ އިތުރު ސްޓޭޓް މިނިސްޓަރުންނާއި، ޑެޕިއުޓީއިން ނުނަގާނެ ކަމަށް ބުނުމަށްފަހު، އެތައް ބަޔަކަށް މިނިސްޓަރުކަން ވެސް ވަނީ ދީފައެވެ. މުއިއްޒަކީ އަމަލާއި ބަހާއި ދިމާ ނުވެ، ރައްޔިތުންނަށް ކަނޑައެޅިގެން ކަންކަމުގައި ދޮގު ހަދައި އޮޅުވާލަމުން ދާ ވެރިއެކެވެ.

ސިޔާސީ މާޤާމުތަކަށް އިތުރަށް 440 މިލިއަން މިސަރުކާރުން ޚަރަދު ކުރިއިރު، ޕްރޮޖެކްޓްތަކަށް ޚަރަދު ކުރި ވަރު މަދުވެފައެވެ. ތަރައްގީގެ މަޝްރޫއުތަކަށް މިދިޔަ އަހަރުގެ މިމުއްދަތާ އަޅައި ބަލާއިރު 2.6 ބިލިޔަން ރުފިޔާ މަދުން ސަރުކާރުން ހަރަދުކޮށްފައިވަނީ ރާއްޖެތެރޭގައި ދިރިއުޅޭ މީހުންނަށް ތަރައްޤީ ގެނައުމަކީ ސަރުކާރުން ޤަބޫލު ކުރާ ސިޔާސަތަކަށް ނުވާތީއެވެ.

ދިޔަވަރު ނޫހުން މި މައުލޫމާތު ނަގާފައި ވަނީ، ފިނޭންސުން އެންމެ ފަހުން ނެރުނު ވީކްލީ ފިސްކަލް ރިޕޯޓުންނެވެ. އެ ރިޕޯޓުގައިވާ މައުލޫމާތަކީ މި މަހުގެ 16 ވަނަ ދުވަހާ ހަމައަށް ދައުލަތުން ހަރަދުކުރި ގޮތުގެ ތަފްސީ މައުލޫމާތެވެ.