ބޮސްނިޔާ ގަތުލުއާންމު ދުވަސް ފާހަގަ ކުރަން އދ. ގައި ނެގި ވޯޓުގައި ހަމަ އެކަނި އެކަމަށް ތަޢީދު ނުކުރި މުސްލިމް ޤައުމަކީ ދިވެހިރާއްޖެއެވެ. ޗައިނާއިން ބުނެގެން، މުއިއްޒުގެ ސީދާ އެންގުމަށް ރާއްޖެއިން މުސްލިމުންނަށް ތާޢީދު ނުކުރީ، އެތައް މިލިއަން ވީގަރ މުސްލިމުންނަށް ޗައިނާ އިން ކުރާ އަނިޔާ ހުއްޓުވުމަށް އދ. އިން މަސައްކަތް ކޮށްފާނެ ކަމަށެވެ.
ޗައިނާގައި 1 މިލިއަން އަށް ވުރެ ގިނަ މުސްލިމުން ތިބީ، އެއްވެސް ހުކުމެއް ނެތި ޖަލުތަކުގައެވެ. އެމީހުންގެ ކުށަކީ މާތްﷲ އަށް އަޅުކަން ކޮށް، މުހައްމަދުގެ (ސއވ) އަކީ ރަސޫލާ ކަމަށް ޤަބޫލު ކުރުމެވެ.
މުސްލިމް ކުޑަ ކުދިންތައް ދަނީ، އުމުރުން 3 އަހަރުގައި މައިން ބަފައިންނާއި ދުރުކޮށް، ޔަތީމް ހާނާތަކަށް ގެންދަމުންނެވެ. އެމީހުން ބޮޑުވެގެން އިސްލާމުންނަށް ވެދާނެ ކަމުގެ ބިރަށެވެ. ޗައިނާ ސަރުކާރަކީ އެއްވެސް ދީނެއް ޤަބޫލު ނުކުރާ ބައެކެވެ. އަދި އިސްލާމް ދީނަކީ ސީދާ ނަފްސާނީ ބައްޔެއްކަމަށް، ޗައިނާގެ މިހާރުގެ ސަރުކާރުން ހާމަ ކޮށްފައިވެއެވެ.
ދިޔަވަރު ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ބޮސްނިޔާ ގަތުލުއާންމު ދުވަސް ފާހަގަ ކުރުމަށް ވޯޓު ނުދިނުމަށް ފުރަތަމަ ރާއްޖޭގައި އެދިފައިވަނީ އެހެން ބާރުގަދަ ގައުމަކުންނެވެ. ނަމަވެސް، އެކަމަށް މުއިއްޒު އެ ޤައުމުން އެދުނު އެދުމަށް އިޖާބަ ނުދީ ވަނިކޮށް، ޗައިނާ އެމްބަސަޑަރ މުއިއްޒަށް ކުރި އެންމެ ފޯނު ކޯލަކުން ބޮސްނިޔާ އާއި އެއްކޮޅަށް ވޯޓު ނުދޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މި ވޯޓުން ޗައިނާގެ ކަންބޮޑު ވުމަކީ، ބައިނަލްއަޤްވާމީ މުޖުތަމަޢުން ވީގަރ އާއި މެދު ޗައިނާއިން ޢަމަލުކުރާ ގޮތް މިހާރަށްވުރެ ހަރުކަށިކޮށް ބެލުމަށް މިކަމުން ފުރުޞަތު ހުޅުވައިލެވިގެން ދާނެ ދިޔުމެވެ.
މީގެ އިތުރުން ސާބިއާ ފަދަ ގާތުލުއާންމު ތައް ހިންގާފައިވާ ބައެއް ގައުމުތަކާ ޗައިނާގެ ގާތް ގުޅުމެއް އެބައޮތެވެ. އެ ޤައުމުތަކުގެ ދިފާޢުގައި ރާއްޖޭގެ އިސްލާމީ ވަހުދަތު ނަގާލައި، ކާފަރުންނާއި އެއްކޮޅަށް ރާއްޖެ އަރުވައި، ޗައިނާއާއި ގަތުލުއާންމު ހިންގާފައިވާ ކާފަރު މިޤައުމުތަކާއި އޮތް ގުޅުން ބަދަހި ކުރުމަށް ރާއްޖޭގެ ބޭނުން ޗައިނާއިން މި ވަނީ ހިފާފައެވެ.
މިކަމަށް ވޯޓު ދީފައިވަނީ ލާދީނީ މުއިއްޒަށް ޗައިނާ އެމްބަސަޑަރ ކޮށްލި އެންމެ ކޯލަކުންނެވެ. ދިވެހިން ދީން ޤަބޫލު ނުކުރާ، ކާފަރު ޤައުމެއް ދަށުވެ، އިސްލާމުންނަކީ ނަފްސާނީ ބައެއްޔެއް ޖެހިފައިވާ ބައެއް ކަމަށް ޤަބޫލުކޮށް، މިލިއަން މުސްލިމުން ކޮންސެންޓްރޭޝަން ކޭމްޕްތަކުގައި ބަހައްޓައިގެން އަނިޔާ ކުރާ ޤައުމެއްގެ ދަށު ވިއަސް މިއީ ބޮޑުވަރެވެ.
މުއިއްޒު މިއަދު އަނިޔާވެރި އެވީ އެއްވެސް ސަބަބެއް ނެތި ޤަތުލު ކޮށްލި، އެތައް މިލިއަން މުސްލިމުންނަށް އެކަންޏެއް ނޫނެވެ. މިއީ މުޅި ދުނިޔޭގައި އަނިޔާލިބެމުންދާ ހުރިހާ މުސްލިމުންނާއި ދެކޮޅަށް ނިންމި ނިންމުމެކެވެ.