ޚަބަރު

އާދަނު ށަވިޔަންޏާއި ގާތް ވެސް ނުވި! ރައީސް އޮފީހުން އަންގައިގެން ޕީއެސްއެމްއިން އެ ވީޑިޔޯ މިހާރު ވަނީ ޑިލީޓް ކޮށްފައި!

ދިޔަވަރު
އާދަނު ށަވިޔަންޏާއި ގާތް ވެސް ނުވި! ރައީސް އޮފީހުން އަންގައިގެން ޕީއެސްއެމްއިން އެ ވީޑިޔޯ މިހާރު ވަނީ ޑިލީޓް ކޮށްފައި!

އާންމުންގެ މަލާމާތް އިތުރު ވުމުން، ޕީއެސްއެމް އަށް 'ށ' އިން ފެށޭ ފަސް ބަސް ހެދުމަށް ދިން އިންޓަވިއު ރައީސް އޮފީހުން އަންގައިގެން ފުހެލުމަށްފަހު، އެފަދަ ކަމެއް ކުރަން އުޅެފައި ނުވާކަމަށް ދިވެހި ބަހާއި ގައުމިއްޔަތުގެ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް ވިދާޅު ވެއްޖެއެވެ އެވެ.

އެމަނިކުފާނު ށ އިން ފެށޭ 5 ބަހެއް އުފައްދާ ވާހަކަ ވިދާޅު ވެފައިވަނީ 22 މޭއި 2024 ގައި ޕީއެސް އިން ގެނެސްދިން ޅެން ބަހުން ފަރުވާ ދިނުމުގެ ދިރާސާ އެއްބަސް ވުމުގެ ހަފްލާގެ ހަވާސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވަނީ، އައިޖީއެމްއެޗްގައި ޅެންފަރުވާގެ ކުލިނިކެއް އަޅައި ދިނުމަށް ރައީސް މުއިއްޒު އަރިހުން އެދި ވަޑައިގެންފައެވެ. މިކަން ރައީސް އޮފީހުން ދިޔަވަރަށް މައުލޫމާތު ފޯރު ކޮށްދޭ ފަރާތަކުން މީގެ ކުރިން ޔަގީން ކޮށްފައިވާއިރު، މިކަމާއި ގުޅިގެން ދެއްކޭނެ އިތުރު ހެއްކެއް ނެތުމުން، މި ލަދުން ސަލާމަތް ވުމަށް މިކަން އާދަނު ވަނީ ދޮގު ކޮށްފައެވެ.

ރާއްޖޭގެ ހުރިހާ ނޫސްތަކަށް މި ދޮގު ހަބަރު މިނިސްޓަރ އާދަން ނަސީރު ދެއްވާފައި ވަނި 3 ނޫސްވެރިން ބައިވެރިވެގެން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެވެ.