ޚަބަރު

ސާބިޔާގެ ގަތުލުއާންމު އާއި ދެކޮޅަށް ދެވެން އޮތް ވޯޓަކީ، އިޒްރޭލުގެ ގަތުލުއާންމު އާއި، ޗައިނާގެ އެތައް މިލިއަން މުސްލިމުންނެއް ޖަލުތަކަށް ލުމާއި ދެކޮޅަށް ދެވެން އޮތް ވޯޓެއް! ފަލަސްތީނުގެ ނަން ބޭނުންކޮށް، ސަރުކާރުން މިކަމުގައި ދޮގު ހަދައިފި!

ދިޔަވަރު
ސާބިޔާގެ ގަތުލުއާންމު އާއި ދެކޮޅަށް ދެވެން އޮތް ވޯޓަކީ، އިޒްރޭލުގެ ގަތުލުއާންމު އާއި، ޗައިނާގެ އެތައް މިލިއަން މުސްލިމުންނެއް ޖަލުތަކަށް ލުމާއި ދެކޮޅަށް ދެވެން އޮތް ވޯޓެއް! ފަލަސްތީނުގެ ނަން ބޭނުންކޮށް، ސަރުކާރުން މިކަމުގައި ދޮގު ހަދައިފި!

ސާބިޔާގެ ގަތުލު އާންމު އާއި ދެކޮޅަށް އދ. ގައި ދެވެން އޮތް ވޯޓަކީ، އިޒްރޭލުގެ ގަތުލުއާންމު އާއި، ޗައިނާގެ އެތައް މުސްލިމުންނެއް ޖަލުތަކަށް ލުމާއި، އަދި މި ބާވަތުގެ އެންމެހާ އަނިޔާވެރިކަމަކާއި ދެކޮޅަށް ދެވެން އޮތް ވޯޓެވެ. ނަމަވެސް މިކަމުގެ ހަޤީގަތް އޮޅުވާލައި، އެއީ ފަލަސްތީނުގެ އަޑު ފަނޑުވެދާނެ ކަމެއް ކަމަށް ބުނެ "މިހާރު" ނޫހުގައި ރައީސް އޮފީހުން ލިޔެ ދިން އާޓިކަލް އެއް ވަނީ ޖަހާފައެވެ.

ދިވެހިރާއްޖެއަކީ މި ވޯޓުގައި ބައިވެރި ނުވި ހަމަ އެކަނި އިސްލާމީ ޤައުމެވެ. ނަމަވެސް، ރައީސް އޮފީހުން ލިޔެ "މިހާރު" ނޫހުގައި ޖަހާފައިވާ ލިޔުމުގައި ވަނީ މިކަމާއި ގުޅުވައިގެންވެސް ދޮގު ހަދާފައެވެ. އަދި ރާއްޖޭގެ ވޯޓާއި ނުލައި، މިދުވަސް ފާހަގަ ކުރަން ޔޫއެންއިން ނިންމި ނިންމުމުން ފަލަސްތީނުގެ އަޑު ފަނޑުވެފައި ނުވެއެވެ. އަދި އެފަދަ ދޮގެއް ފަލަސްތީނުގެ ނަން ބޭނުން ކޮށް ހަދާފައިވަނީ ކީއްވެގެން ކަމާއި، ސާބިޔާގެ ގަތުލުއާންމު ނުވާކަމަކަށް ހެދުމަށް މުއިއްޒުގެ ސަރުކާރުން ވޯޓު ދިން ހަޤީގީ ސަބަބު ރައްޔިތުންނަށް ހާމަ ކުރަން ޖެހެއެވެ.

ހަޤީގީ ސަބަބަކީ، މިފަދަ ގޮތަކަށް އަނިޔާއާއި ދެކޮޅަށް، ޤައުމަކާއި ދެކޮޅަށް ދުވަހެއް ފާހަގަ ކުރާނަމަ، ޗައިނާއިން އެތައް މިލިއަން މުސްލިމުންނަށް ދޭ އަނިޔާއާއި ދެކޮޅަށް ވެސް ދުވަހެއް ފާހަގަ ކުރަން އދ އިން ނިންމުން އެކަށީގެން ވާކަމަށް ބަލައި، އެފަދަ ޕްރެސީޑެންސެއް އުފެދިދާނެތީ އެކަމާއި ދެކޮޅު ހެދުމުގެ ގޮތުންނެވެ. ކާފަރުންގެ ފަޅިއަށް މުއިއްޒު އަރާފައި ވަނީ، ދީނެއް މިއްލަތެއް ޤަބޫލު ނުކުރާ ޗައިނާގެ އެމްބަސަރޑާގެ ހަމަ އެންމެ ފޯނު ކޯލަކުންނެވެ. ދިވެހި ރާއްޖޭގެ ޚާރިޖީ ސިޔާސަތު ކޮންޓްރޯލް ކުރަނީ ސީސީޕީ (ޗައިނީސް ކޮމިއުނިސްޓް ޕާޓީ) އިންނެވެ.

މުއިއްޒުގެ ސަރުކާރަކީ ތެދު ހާމަކުރަން ދެކޮޅު ހަދައި، ސީދާ ކަނޑައެޅިގެން ރައްޔިތުންނަށް ދޮގު ހަދައި އޮޅުވާލަމުން ދާ ސަރުކާރެކެވެ. ސާބިޔާގެ ގަތުލުއާންމާއި ދެކޮޅަށް މުއިއްޒުގެ "ދިވެހިންގެ ރާއްޖެއިން" ވޯޓު ނުދިނަސް، ދުނިޔޭގެ ގިނަ ގައުމުތަކުން ދިން ވޯޓުން ގަތުލުއާންމުގެ ހަނދާނުގައި ދުވަހެއް ފާހަގަ ކުރަން މިހާރު ވަނީ ނިންމާފައެވެ. ފަލަސްތީނުގެ އަޑު ފަނޑުވެފައި ނުވެއެވެ. ސަރުކާރުން އެތައް މުސްލިމުންނަކަށް ދިމާވެފައިވާ އަނިޔާވެރިކަން ނަގައި އެއާއި ގުޅުވައި މިހާ ބޮޑެތި ދޮގުތައް ހަދަނީ ދިވެހި ރައްޔިތުން މުއިއްޒަށް ކޮންކަމެއް ކޮށްގެންތޯއެވެ؟

މުއިއްޒަށް ކައްޒާބުއޭ ދިވެހިން ކިޔަނީ މިފަދަ ބޮޑެތި ދޮގުތައް ހަދަމުން ދާތީއެވެ. ކާފަރުންނާއި މިވަރަށް ބައިއަތު ހިފި ވެރިއަކު ފަހުގެ ތާރީހެއްގައި ރާއްޖެ ނުދެކެއެވެ.