ޚަބަރު

މުއިއްޒުގެ ސިޔާސަތު: އިސްރާއީލާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް ނާޅާ, ބަޔާންތަކާއި ޓުވީޓުތަކުން އިސްރާއީލު ކުށްވެރި ކޮށްކޮށް ހުރުން! އިސްރާއީލުގެ ވިޔަފާރިތައްވެސް ރާއްޖޭގައި ދަނީ ކުރިޔަށް! އިސްރާއީލު ސިފައިންވެސް ދަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން!

ދިޔަވަރު
މުއިއްޒުގެ ސިޔާސަތު: އިސްރާއީލާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް ނާޅާ, ބަޔާންތަކާއި ޓުވީޓުތަކުން އިސްރާއީލު ކުށްވެރި ކޮށްކޮށް ހުރުން! އިސްރާއީލުގެ ވިޔަފާރިތައްވެސް ރާއްޖޭގައި ދަނީ ކުރިޔަށް! އިސްރާއީލު ސިފައިންވެސް ދަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން!

އިސްރާއީލުން ފަލަސްތީނުގެ ޢައްޒާގައި ހިންގަމުންދާ ލާއީންސާނީ ޖަރީމާތައް އަނގަބަހުންނާއި ޓުވީޓުތަކުން ކުށްވެރިކޮށްކޮށް އޮތް ހަމައެކަނި މުސްލިމް ގައުމަކީ ދިވެހިރާއްޖެކަމުގައި ގިނަ ބަޔަކު މިއަދު ސިފަކުރަން ފަށައިފިއެވެ.

އަނިޔާވެރި ޔަހޫދީން ދަނީ ކޮންމެ ދުވަހަކުވެސް ފަލަސްތީނުގެ ޢައްޒާއަށް މިސައިލާއި ބޮމުން ހަމަލާދީ, ޣައްޒާގެ އެތައް ސަތޭކަ ރައްޔިތުންނެއް ކޮންމެ ދުވަހަކުވެސް ޝަހީދު ކުރަމުންނެވެ.

އެގޮތުން ރޭ, ޣައްޒާގެ ރަފަހައަށް ޔަހޫދީ ސިފައިން މިސައިލް ހަމަލާތަކުގައި ވަނީ ރަފަހަގައި ގެދޮރު ގެއްލިފައިތިބި 45 މީހަކު ޝަހީދު ކޮށްލާފައެވެ. މިހަމަލާއާއި ގުޅިގެންވެސް ދިވެހި ސަރުކާރުންވެސް ވަނީ ވަނީ ކުށްވެރިކޮށްފައެވެ. އެއީ އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މީގެކުރިން މީގެކުރިންވެސް މި ސަރުކާރުން ނެރެމުންދާ ބަޔާނެވެ. އެ ބަޔާނުގައި އަބަދުވެސް ހުންނަނީ އެއް އިބާރާތެކެވެ. އެއްވާހަކަ އެކެވެ.

އިސްރާއީލުގެ ހަމަލާއެއް ކުށްވެރިކުރަންޖެހޭ ކޮންމެ ފަހަރަކު ފޮރިން މިނިސްޓްރީން ކުރަމުންދާ ކަމަކީ ހަމަ އެއް ބަޔާނެއް "ކޮޕީ ޕޭސްޓް" ކުރުމަށްފަހު އެކްސްގައި ޕޯސްޓު ކޮށްލުމެވެ.

އެގޮތުން ދިވެހިރާއްޖެއިން ކުރަމުންދާހާ ކަމަކީވެސް. ޓުވީޓުތަކުންނާއި ނޫސް ބަޔާންތަކުން އިސްރާއީލުގެ އަނިޔާވެރިކަން ކުށްވެރި ކުރުމަށްފަހު, އިސްރާއީލާއި ދެކޮޅަށް އެއްވެސް ފިޔަވަޅެއް ނާޅާ ފަރުޖައްސާލުމެވެ.

އެގޮތުން ރާއްޖޭގައި މިހާރުވެސް ދަނީ އިސްރާއީލުގެ ވިޔަފާރިތައް ހިންގަމުންނެވެ. އިސްރާއީލުގެ ފުޑްޗެއިން ކަމުގައިވާ ކޭއެފްސީއާއި ޕިއްޒާ ހަޓުވެސް ދަނީ ރާއްޖޭގައި އެއްވެސް ހުރަހެއްނެތި ވިޔަފާރި ކުރަމުންނެވެ. ހަމައެއާއެކު, ފަލަސްތީނުގެ ރައްޔިތުންގެ ގަތުލު ކުރުމަށްފަހު, އިސްރާއީލުގެ ސިފައިންވެސް ދަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ.

އިސްރާއީލުގެ ޕާސްޕޯޓު މަނާކުރުމަށާއި, އިސްރާއީލާއި ގުޅުންހުރި ވިޔަފާރިތައް ހުއްޓުވުމަށް މެދު ނުކެނޑި އަޑުއުފުލަމުންދާއިރުވެސް މުއިއްޒު ގެންދަވަނީ އިސްރާއީލާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އެޅުމަށް ދެކޮޅު ހަދަމުންނެވެ. އަދި މުއިއްޒު ކުރައްވަމުން ގެންދަވާހާކަމަކީވެސް, ބަޔާންތައް ނެރުމާއި ޓުވީޓުކޮށް, ބަޔާންތަކާއި ޓުވީޓުތަކުގެ ނިވަލުގައި ފޮރުވިގެން ހުރުމެވެ.

އަދި, ފާއިތުވި އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު, ހަމާސްގެ މުޖާހިދުން އިސްރާއީލަށް ދިން ކާމިޔާބު ވަރުގަދަ ހަމަލާތަކަށްފަހު, އިސްރާއީލުގެ އަނިޔާވެރި ސިފައިން ޣައްޒާއަށް އަރާ, ފަލަސްތީނުގެ އެތައްހާސް ރައްޔިތުންނެއް ޝަހީދުކޮށްލުމަށްފަހު, އެމީހުންގެ އުދާސްތައް ފިލުވާލުމަށް, ރާއްޖޭގެ ގޮނޑުދޮށްތަކާއި ރަށްތަކަށް އަންނަމުންދާއިރުވެސް, މި އަނިޔާވެރިން ރާއްޖެއަށް އެތެރެވަމުން ދިއުން މަނާކުރުމަށް ސަރުކާރުން މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

މި ސަރުކާރުން ދަނީ ބޭރުގެ ބާރުތަކުގެ އުނގަށް ވެއްޓި, ރާއްޖޭގެ ދީނާއި މިނިވަންކަން ގުރުބާން ކުރަމުންނެވެ. އެގޮތުން ރައްޖޭގެ ކަނޑުގައި ޖާސޫސް ކުރުމުގެ ބާރު ޗައިނާއަށް ދޫކޮށް, އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުގެ ނުފޫޒަށް ދީލާލައި, އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށް ދިވެހި ރައްޔިތުން އުފުލުމަމުންދާ އަޑުތަކަށް މުއިއްޒު ދަނީ ބީރުކަންފަތެއް ދެމުންނެވެ.