ޚަބަރު

ސާބިޔާގެ ގަތުލްއާންމް އާއި ގުޅިގެން، ރައީސް އޮފީހުން ޚަލީލު ލިޔެ، މިހާރު ނޫހުގައި ޖެހި ދޮގު ޚަބަރު، އާންމުންގެ ފާޑު ކިޔުން އިތުރުވުމުން ފުހެލައިފި

ދިޔަވަރު
ސާބިޔާގެ ގަތުލްއާންމް އާއި ގުޅިގެން، ރައީސް އޮފީހުން ޚަލީލު ލިޔެ، މިހާރު ނޫހުގައި ޖެހި ދޮގު ޚަބަރު، އާންމުންގެ ފާޑު ކިޔުން އިތުރުވުމުން ފުހެލައިފި

ސާބިޔާގެ ގަތުލްއާންމް އާއި ގުޅިގެން އދ. ގައި ނެގި ވޯޓުގައި ރާއްޖެއިން ބޮސްނިޔާއާއި ދެކޮޅަށް، ކާފަރުންނާއި އެއްކޮޅަށް ވޯޓު ލުމުގައި ބައިވެރި ނުވުމުގެ ސަބަބުން، ކުރިމަތިވި ފާޑު ކިޔުންތަކަށް ރައްދު ދެއްވައި، ރައީސް އޮފީހުގެ މިނިސްޓަރ ޚަލީލު ލިޔެ، މިހާރު ނޫހުގައި ޖެހި އާޓިކަލް އެނޫހުން ފުހެލާފިއެވެ. އަދި އެ ލިޔުމުގެ ޓްވީޓް އަދި ފޭސްބުކް ޕޯސްޓް ވެސް ވަނީ މިހާރުން ފުހެލާފައެވެ.

ނަމަވެސް، ވަގުތުން ނޫހުގައި އަދިވެސް އެ ލިޔުން، ފިލިން ފިއްޔަށް ސަރުކާރުން ޚަލީލު ލިޔެފައި ދިން ދޮގުތަކާއި އެކު އެބަ އޮތެވެ.

އެއް ލިޔުމެއް ދެ ނޫހުގައި މި ގޮތަށް ރައީސް އޮފީހުން ޖެހުމުން، ނޫސްވެރިންނަށް ކަމުގެ ހަޤީގަތް ބަލައި، ތެދު ބަހުން ޚަބަރު ލިޔުމުގެ މިނިވަންކަން މި ސަރުކާރުގައި ގެއްލިފައިވާ މިންވަރު ހާމަ ވެގެން ދެއެވެ. އަދި މިހާރު ނޫސް ފަދަ، ރައްޔިތުންގެ ތެރޭގައި އިތުބާރު އުފައްދާފައިވާ ނޫހެއްގައި، ރައީސް އޮފީހުން ޚަލީލު ލިޔެ، ޖަހާ ޚަބަރުތައް މުއިއްޒުގެ ދޮގު ތަކާއި އެކު ހުރުމުން، ރައްޔިތުން އެ ގަބޫލު ކުރަން ދެކޮޅު ހަދައި، މިހާރު ނޫހުގެ އަގު ވެއްޓޭ ހިސާބަށް ކަން ދިޔުމުން ޚަބަރު ފުހެލުމަކީ ދެރަކަމެކެވެ.

ސަރުކާރުގެ މުށުތެރޭ މިވަރަށް ނުފިތި ނޫސްތަކުން އެމީހުންގެ އަބުރު ހިފަހައްޓައި، މިނިވަން ނޫސްވެރިކަމެއް ކުރެވޭނެ މަގެއް ހޯދުމަކީ އެންމެ ރަނގަޅު ގޮތެވެ.