އަބުރުވެރި އެއްވެސް މީހަކު ޗައިނާއިން ބެހި ފިޔާ ބަލާ ނުދާ ކަމަށާއި، ދެގަޑި، ތިންގަޑި އިރު ކިޔުގައި ބަހައްޓައިގެން ދެއްކީ ޗައިނާގެ އަޅުވެތި ކޮމިއުނިސްޓު ޕްރޮޕަގަންޑާ ކަމަށް ހިޔާގައި ދިރި އުޅޭ އާންމު ރައްޔިތަކު ދިޔަވަރަށް ކިޔައި ދިނެވެ.
ރައްޔިތުން ތިބީ ވަރަށް ހާލުގައި. ލިބޭ މުސާރައާއި، ތަކެތީގެ އަގާއި ނުބައްދަލު. އެހެންވީމަ ބައެއް މީހުން 5 ރުފިޔާ ބެހިޔަސް މިހާރު ކިޔު ޖެހޭނެ.
ހިޔާގައި ދިރިއުޅޭ އެހެން ރައްޔިތަކު ކިޔައި ދިނެވެ.
އަހަރެން ގުޅާފައި އަންހެނުން ކައިރީ ބުނިން ނުދާށޭ! މަގޭ އަނބި ދަރިން ގޮސްގެން ނުވާނެއޭ! އަހަންނަކީ ޕީޕީއެމް މީހެއް، އެކަމަކު މިއީ ބަލައި ގަނެވޭނެ ކަމެއް ނޫން.
ހިޔާގައި ދިރިއުޅޭ އެހެން މީހަކު ކަން ކުރި ގޮތް އޭނާގެ ދުލުން ކިޔައި ދިނެވެ.
ރައްޔިތުން ހާލުގައި ޖެއްސުމަށްފަހު، ޗައިނާގެ ކޮމިއުނިސްޓް އަޅުންތަކެއް ހެން ދިވެހި ރައްޔިތުންގެ އަބުރުވެރި، ޝަރަފުވެރި ދިރިއުޅުން ފިޔާތައް ބަހައި މުޅި ދުނިޔެއަށް ފަލީހަތް ކޮށްލީ ސަރުކާރާއި ޗައިނާއިން ރާވައިގެންނެވެ. އަޅުވެތި ކަމުގެ ކޮންމެ ފެށުމެއް ފެށިފައިވަނީ މިހެންނެވެ.
މިއީ ކިހާ ބޮޑު ހިޔުމިލިއޭޝަން އެއް އަސްލު! ރައްޔިތުން ހާލުގައި ޖައްސާފައި މިހެން ހަދާކަން ނުވާނެ! އިބޫ ހުރި ނަމަ ޖެނުއަރީ އިން ފެށިގެން މުސާރަ ބޮޑުވާނެ! ރައްޔިތުން އުޅޭނީ ފުދިގެން!
ހިޔާގައި ދިރިނޫޅޭ ފަރާތަކުން ދިޔަވަރަށް ޑީއެމް ކޮށް ކިޔައިދިނެވެ.