ޚަބަރު

ޔޫއޭއީ އާއި ތައިލެންޑަށް ބަލިމީހުން ފޮނުވޭނެ ތާރީހެއް އާސަންދަ ކުންފުންޏަކަށް އަދިވެސް ނޭނގޭ! އިންޑިޔާއިން ބޭސްފަރުވާ ހޯދުމުގެ ބަދަލުގައި މި ދެގައުމުން އާސަންދަ ދޭ ވާހަކައަކީ މަޖިލިސް އިންތިޚާބަށް ވޯޓު ހޯދަން މުއިއްޒު ހެދި ބޮޑު ދޮގެއް!

ދިޔަވަރު
ޔޫއޭއީ އާއި ތައިލެންޑަށް ބަލިމީހުން ފޮނުވޭނެ ތާރީހެއް އާސަންދަ ކުންފުންޏަކަށް އަދިވެސް ނޭނގޭ! އިންޑިޔާއިން ބޭސްފަރުވާ ހޯދުމުގެ ބަދަލުގައި  މި ދެގައުމުން އާސަންދަ ދޭ ވާހަކައަކީ މަޖިލިސް އިންތިޚާބަށް ވޯޓު ހޯދަން މުއިއްޒު ހެދި ބޮޑު ދޮގެއް!

އާސަންދަ މެދުވެރިކޮށް ތައިލެންޑާއި ޔޫއޭއީއަށް ބޭސްކުރަން ދާން ބޭނުންވާ ދިވެހިން އެ ގައުމުތަކަށް ފޮނުވުމުގެ އިންތިޒާމުތައް އަދިވެސް ނުނިމޭ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން އާސަންދަ ކުންފުނީގެ ސީއީއޯ އާމިނަތު ޒީނިޔާ ވިދާޅުވީ އާސަންދަ މެދުވެރިކޮށް ތައިލެންޑާއި ޔޫއޭއީއަށް ބޭސްކުރަން ދިވެހިންނަށް ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އެހެންނަމަވެސް އެކަން ހަމަޖެހޭ ތާރީޚެއް ވިދާޅުވާން ނޭނގޭ ކަމުގައެވެ.

އާސަންދަ މެދުވެރިކޮށް ތައިލެންޑާއި ޔޫއޭއީއަށް ބޭސްކުރަން ދިވެހިންނަށް ދެވޭނެ އިންތިޒާމު ހަމަޖައްސަމުންދާ ކަމަށް މީގެކުރިންވެސް ޒީނިއާ ވިދާޅުވި އެވެ. އިދާރީ އިންތިޒާމުތައް ނިމި އެ ހިދުމަތް ފެށޭނެ ދުވަހެއް ދަންނަވަން މިއަދުވެސް ޒީނިއާއަށް އެނގިވަޑައިނުގެންނެވި އެވެ.

ދިވެހި ރައްޔިތުން އާސަންދަ މެދުވެރިކޮށް މިވަގުތު ބޭސް ފަރުވާ ހޯދަން ދާ ދެ ގައުމަކީ އިންޑިއާ އަދި ސްރީލަންކާ އެވެ. ނަމަވެސް ސިއްހީ ހިދުމަތުގެ ފެންވަރު އެންމެ ރަނގަޅު ގައުމުތަކުގެ ތެރޭގައި ހިމެނޭ ތައިލޭންޑާއި ޔޫއޭއީ އަށްވެސް އާސަންދަ މެދުވެރިކޮށް ސިއްހީ ފަރުވާ ހޯދުމަށް ދިވެހިންނަށް ދެވޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެ އެވެ.

ޒީނިއާ މިއަދު ވިދާޅުވީ ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް އެ ހިދުމަތް ދެވޭނެ ގޮތްތަކަކީ ކޮބައިތޯ ބަލައި އިންތިޒާމުތައް ހަމަޖައްސަމުންދާ ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާގެ އެއް ބޭނުންފުޅެއް އެއީ ރާއްޖޭގައި ލިބެން ނުހުންނަ ހިދުމަތްތައް ރާއްޖެއިން ބޭރުގެ ގިނަ ގައުމުތަކަކުން ހޯދުން،" ޒީނިއާ ވިދާޅުވި އެވެ.

އިންޑިއާ އާއި ޖައްސާލުމުގެ ގޮތުން، އެމެރިކާ އިނގިރޭސި ވިލާތު އަދި ހުޅަނގުގެ ގިނަ ޤައުމުތަކުން ބޭސްވަރުވާ ހޯދުމަށް ދާ އިންޑިޔާގެ ބަދަލުގައި އަގު ބޮޑުކޮށް، އާސަންދައިގެ ހަރަދުގައި ޔޫއޭއީ އާއި ތައިލެންޑުން ބޭސްކުރުމުގެ ހިދުމަތް ދޭން ފަށާނެ ސީދާ ތާރީހެއް ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ވެސް މީގުކުރިން ވިދާޅި ވެފައެއް ނުވެއެވެ.

މުއިއްޒަށް އެނގިވަޑައި ނުގަތަސް، ޔޫއޭއީގައި %90 އަށް ވުރެ ގިނައިން ތިބެނީ އިންޑިޔާގެ ޑޮކްޓަރުންނެވެ. އަދި ޔޫއޭއީގައި ގިނައީ އިންޑިޔާގެ ވިޔަފާރިވެރިންގެ ހޮސްޕިޓަލްތަކެވެ. ނަމަވެސް ތައިލެންޑުގައި މަސައްކަތް ކުރާ ޑޮކްޓަރުން ތަކަކީ ތައިލެންޑްގެ ރައްޔިތުންނެވެ.

ތައިލެންޑާއި ޔޫއޭއީއިން ސިއްހީ ހިދުމަތްތައް ދިވެހިންނަށް ފޯރުކޮށްދިނުމުގެ ވާހަކަ މުއިއްޒު ފުރަތަމަ ދެއްކެވީ، ޖެނުއަރީ 13، ގައި ޗައިނާއިން ވަޑައިގެން އިންޑިއާއަށް ދެއްވި ނުސީދާ ބަހުގެ ހަމަލާތަކުގެ ތެރެއިންނެވެ.

އެހެންނަމަވެސް މިހާރު ސާފުވާން އޮތް ހަގީގަތަކީ ޔޫއޭއީންނާއި ތައިލޭންޑުންވެސް އާސަންދަ ދޭނެ ވާހަކަ މުއިއްޒު ދެއްކެވީ މަކަރާއި ހީލަތުން ފާއިތުވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު ވޯޓު ހޯދުމަށްކަމެވެ.