އިޒްރޭލާއި ދެކޮޅު ހަރަކާތެއް ރާއްޖޭގައި ނުހިންގުމަށް އެމެރިކާއިން އަންގައިގެން، ފަލަސްތީނަށް ގުނޫތުގައި ކުރި ދުއާ މި ސަރުކާރު އައިސް ހުއްޓާލުމަށް ފަހު އަނެއްކާ ފަށައިފިއެވެ. މިފަހަރު ފަށާފައި ވަނީ، ފަލަސްތީނު މައްސަލާގައި، މުއިއްޒު އަމަލު ކުރަމުންދާ ގޮތާއި މެދު ސަރުކާރާއި މެދު ގިނަބަޔަކު ހިތް ހަމަ ނުޖެހޭތީއެވެ. މުއިއްޒު އިސްލާމް ދީނަށް ދީފައިވާ މަޤާމަކީ އެއީ މުއިއްޒުގެ ސިޔާސީ ބުރަސޫރަ ރީތިކުރުމަށް ބޭނުން ކުރާ ހަތިޔާރެއް ގޮތުގައެވެ.
އިސްލާމިކް މިނިސްޓަރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ގުނޫތު ކިޔާނީ ދެ ނަމާދެއްގެ ފަހުން ކަމަށެވެ. އެއީ މަޣުރިބް ނަމާދާއި ފަތިސް ނަމާދެވެ.
މިނިސްޓަރުގެ ޕޯސްޓުގައި ވަނީ، މުސްލިމުންނަކީ އެއް ހަށިގަނޑެއްކަމަށާއި އިސްލާމީ އުންމަތަށް ދިމާވެފައިވާ ހިތްދަތި މިވަގުތަކީ އިޚުލާސްތެރިކަމާއެކު ދުޢާކުރަންވީ ވަގުތު ކަމަށެވެ. އެކަން އިސްލާމިކް މިނިސްޓަރ އަށް އެނގިވަޑައިގަތީ ފަލަސްތީނުގެ މައްސަލާގައި މުއިއްޒު އާއި މެދު ނުބައި ތަސައްވުރެއް މީހުންގެ މެދުގައި ފެތުރެން ފެށުމުންނެވެ. އެގެ ކުރިން އެގިވަޑައިގަތީ އެމްޑީޕީ ސަރުކާރުގައި ފެށި ދުއާ ކުރުން ހުއްޓާލުމަށެވެ.
އިޒްރޭލުން ފަލަސްތީނަށް ދެމުން އަންނަ ހަމަލާތަކާ ގުޅިގެން، ގުނޫތު ނާޒިލާ ކިޔަން ފުރަތަމަ ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. ނަމަވެސް މުއިއްޒަށް ވެރިކަން ލިބުމުން މިއަހަރު ފެބްރުއަރީ މަހު ވަނީ އަވަހަށް ގުނޫތު ކިޔުން ހުއްޓާލާފައެވެ.