ޚަބަރު

ޤައުމިއްޔަތު މާއްދާ އަމިއްލަ ދަރިންނަށް ކިޔަވާ ނުދިނުމަށް، މުއިއްޒު އޭނާގެ ދަރިން ސިންގަޕޫރު ސްކޫލްތަކަށް ވައްދައިފި

ދިޔަވަރު
ޤައުމިއްޔަތު މާއްދާ އަމިއްލަ ދަރިންނަށް ކިޔަވާ ނުދިނުމަށް، މުއިއްޒު އޭނާގެ ދަރިން ސިންގަޕޫރު ސްކޫލްތަކަށް ވައްދައިފި

ރާއްޖޭގެ ސްކޫލްތަކުގެ ފެންވަރު ދަށްކަމުންނާއި، އަދި ޤައުމިއްޔަތުގެ މާއްދާގައި ކިޔަވައިދޭ ޕްރޮޕަގަންޑާގައި އަމިއްލަ ދަރިން ނުޖެއްސުމަށް މުއިއްޒު ބޭނުންވާތީ، އޭނާގެ ދަރިން ސިންގަޕޫރަށް ކިޔެވުމަށް ފޮނުވައިފިއެވެ. ސިންގަޕޫރުގެ ސްކޫލަކަށް އޭނާގެ ދަރިންތައް ފޮނުވުމަށާއި، އެކޮޅުގައި ރިޝްވަތުގެ ފައިސާ ރައްކާ ކުރުމަށް އެކައުންޓް ހުޅުވުމަށް މުއިއްޒު ވަނީ 1 މޭއި 2024 ގައި ސިންގަޕޫރަށް ވަޑައިގެންފައެވެ.

މީގެ އިތުރުން ރައީސްގެ ދެކަނބަލުން މާޗު 22 ގައި ވެސް ވަނީ ދެ ދުވަހަށް ސިންގަޕޫރަށް ވަޑައިގެންފައެވެ. އެ ދަތުރުގެ އަދި މޭއި 1 ގައި ކުރި ދަތުރުގެ ތަފުސީލެއް ރައީސް އޮފީހުން ހާމަ ކޮށްފައި ނުވެއެވެ.

ރައީސް އޮފީހުން މައުލޫމާތް ދިން ފަރާތުން ހާމަ ކުރި ގޮތުގައި، އަޅުގަނޑުމެން ދިވެހި ރައްޔިތުންނަށް ގަދަކަމުން ހައްދުފަހަނައެޅި ޤައުމިއްޔަތު ސްކޫލްތަކުގައި ކިޔެވުމަށް މަޖުބޫރު ކުރުވުމަށް ފަހު، މުއިއްޒުގެ ދަރިންނަށް އެ ކިޔަވައި ނުދީ ރާއްޖެއިން ބޭރަށް ފޮނުވުމަކީ ރައްޔިތުން އެކަމާއި ވިސްނުން މުހިންމު ކަމެއް ކަމުގައެވެ.

ރާއްޖޭގެ ސްކޫލްތަކުގައި ހައްދުފަހަނަ އެޅި ޤައުމިއްޔަތު ކިޔަވައި ދިނުމަށް މުއިއްޒު ފަށާފައިވާ މަސައްކަތް އެމްޑީޕީގެ ސަރުކާރެއް އައުމުން ހުއްޓުވާނެ ކަމަށް ބެލެވެއެވެ. އަދި މިފަދަ ހައްދުފަހަނަ އެޅި ފިކުރުތައް ދަރިންނަށް ކިޔަވައިދީ، ރޭސިސްޓް އަނިޔާވެރި މުޖުތަމަޢުއެއް ގާއިމު ކުރަން މުއިއްޒު ބޭނުންވަނީ ގިނަ އަހަރުތަކެއް ވެރިކަމުގައި ހުރުމުގެ ދަހިވެތި ކަމުގައެވެ.