މުއިއްޒުގެ އެންގުމަށް މިއަދު ސަރުކާރުގެ އެކި މިނިސްޓަރީ ތަކުން 5 ޕްރެސް ބާއްވާފިއެވެ. ދެބޯގެރި ދުއްވުމަށް ރައީސް އޮފީހުން މުއިއްޒުގެ އިރާޝާދުގެ ދަށުން ރާވައިގެން މި ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވާފައި ވަނީ، ފަލަސްތީނާއި، ސާބިޔާގެ ވާހަކަ އޮއްބާލައި، ސަރުކާރުގެ ވާހަކަ ތަކުން ނޫސްތައް ފުރާލުމުގެ ބޭނުމުގައި ކަމަށް ރައީސް އޮފީހުން ދިޔަވަރު ނޫހަށް މައުލޫމާތު ދިން ފަރާތުން ހާމަ ކުރިއެވެ.
ރައީސް އޮފީހުން މައުލޫމާތު ދެއްވި ފަރާތުން ހާމަ ކުރި ގޮތުގައި، މިއަދު ރައީސް އޮފީހުން ޕްރެސް ބާއްވާފައިވާ އަނެއް ސަބަބަކީ، މުއިއްޒު ރާއްޖެއިން ބޭރުގައި ބައިވެރިވާ ސިޑްސް ސަމިޓުގެ އެއްވެސް ވާހަކަ އެއް ނޫސްތަކުން ނުގެންނާތީ އާއި، އޭގެ ބަދަލުގައި ޗައިނާއިން އެދިގެން ސާބިޔާއަށް ވޯޓު ދިން ވާހަކަ ދައްކާތީއެވެ.
އިޒްރޭލް ޕާސްޕޯޓުގެ މައްސަލަ ސަރުކާރުން އޮއްބާލަމުން ދަނިކޮށް، ދިޔަވަރު ނޫހުން އެވާހަކަ ތަކުރާރުކޮށް ގެނެސް ދޭން ފެށުމުން، އެ ވާހަކަ މީހާރު އެހެން މީޑިޔާތަކުންވެސް ދަނީ ގެނެސް ދެމުންނެވެ. އަދި އިޒްރޭލް ޕާސްޕޯޓާއި ގުޅުވައި، ރާއްޖޭގެ ބޮޑެތި މީޑިޔާ ތަކުން ދަނީ ސަރުކާރުގެ އިސްވެރިންނާއި ސުވާލުވެސް ކުރަމުންނެވެ.
އިޒްރޭލް ޕާސްޕޯޓް ސަރުކާރަށް ބޭން ކުރަން ނުކެރިގެން އުޅެނީ އެމެރިކާ ދެކެ ގަންނަ ބިރުންނެވެ.