މުއިއްޒުގެ ސިޔާސީ ބުރަސޫރަ ރީތިކުރުމަށް، ގުނޫތުގައި އަލުން ފަލަސްތީނު ރައްޔިތުންނަށް ދުއާ ކުރުމަށް ސަރުކާރުން ނިންމިއަސް، ބޮސްނިޔާއާޢި ދެކޮޅަށް ކާފަރުންނާއި ބައިއަތު ހިފައި ވޯޓު ނުދޭ ކަމަކަށް ނުވާނެއެވެ.
ޗައިނާ އެމްބަސަޑަރ ގެ އެންމެ ކޯލަކަށް ދިވެހިންގެ ދީނީ ކަރާމާތް ނަގާލައި، އިސްލާމީ ވަހުދަތުގެ މައްޗަށް ބިނާވެފައިވާ ޤައުމިއްޔަތު، ޗައިނިއްޔަތަށް ބަދަލުވެގެން ދިޔަ ގޮތަކީ ދިވެހިންގެ ގުނޫތު ކިޔަން ފެށުމަކުން ދިވެހިން ހަނދާން ނެތޭނެ ވަރުގެ ކުޑަ ކުޑަ ކަމެއް ނޫނެވެ.
އިސްލާމީ ވެރިއެއްގެ އެންމެ މަތީ ޝަރަފަކަށް އަދި ވާޖިބަކަށް ވާނީ، ބޭރާއި އެތެރެއިން އިސްލާމް ދީނާއި ދެކޮޅަށް އަންނަ ހަމަލާތައް ދިފާއު ކުރުމެވެ. ނަމަވެސް މުއިއްޒުގެ ކިބައިން ފެންނަނީ ލާދީނީ ކަމެވެ. ކާފަރުންގެ ދިފާޢުގައި ހުންނެވި ތަނެވެ. ޗައިނާގައި އޮތީ އެއްވެސް ދީނެއް ޤަބޫލު ނުކުރާ، އަދި އިސްލާމް ދީނަކީ ނަފްސާނީ ބައްޔެއް ކަމަށް ދެކޭ ބައެކެވެ.
ފަލަސްތީނުގެ މުސްލިމުން ނަގާފައި، ދުނިޔޭގައި ދެން އެންމެ ބޮޑު އަނިޔާއެއް ލިބިފައިވާ މުސްލިމުންތަކަކީ ޗައިނާގެ މުސްލިމުންނެވެ. ނަމާދުކޮށް، ރޯދަ ހިފުން އެމީހުންގެ މައްޗަށް މަނާއިރު، 1 މިލިއަނަށް ވުރެ ގިނަ މުސްލިމުންނަށް އެއްވެސް ހުކުމެއް ނެތި ޖަލަށް ލުމަށް ފަހު، އެމީހުން އިސްލާމް ދީނަށް އުޅޭތީ، ތިމަންނާމެން މުސްލިމުންނަށް ނަފްސާނީ ފަރުވާ ދެނީ ކަމަށް ބުނެފައިވާ ހަމަ އެކަނި ޤައުމަކީ ޗައިނާއެވެ. ނަމަވެސް، ސަލަފާއި، މި ސަރުކާރު އޮތީ ޗައިނާގެ މުށު ތެރޭގައެވެ.
އެތައް މިލިއަން މުސްލިމުން މަރާފައިވާ، އެތައް ދިވެހިންނަކަށް ހިތްދަތިކަން ގެނެސްދިން ބޮސްނިޔާ ހަނގުރާމާގެ އަސަރު މުއިއްޒުގެ ހިތަށް ކޮށްފައި ނުވުމަކީ އަޖައިބު ކުރުވަނިވި ކަމެކެވެ. އިސްލާމީ އުއްމަތަށް ލިބިފައިވާ މި އަނިޔާގައި، އަނިޔާވި ކާފަރުންނަށްޓަކައި، އިސްލާމީ ޤައުމެއްގެ ވެރިއަކު ތެދުވުމަކީ އިސްލާމީ އުއްމަތަށް ގައްދާރު ވުމެވެ.