ސަލަފުން އިޒްރޭލާއި އެއްކޮޅަށް ބާއްވާ އެއްވެސް ހަރަކާތެއްގައި ބައިވެރި ނުވާނެ ކަމަށް މުއިއްޒު އެމެރިކާއަށް އަނެއްކާވެސް ޔަގީން ކަން ދީފިއެވެ. މި ޔަގީން ކަން ދީފައި ވަނީ، ސަލަފުގެ އަޑު އެއްކޮށް ކެނޑި ފަލަސްތީނުގެ ދިފާޢުގައި ދުނިޔެއަށް ދެއްކުމަށް ނޫނީ އެއްވެސް އެއްޗެއް ނުބުނެ، ސަލަފުން ފަލަސްތީނުގެ ހައްޤުގައި، އިޒްރޭލުގެ ޕާސްޕޯޓާއި ދެކޮޅަށް އެއްވެސް އެއްޗެއް ނުބުނެ، ސަލަފުގެ އަޑު ކެނޑިފައިވާ ދުވަސްވަރެއްގައެވެ.
ސަލަފުގެ އިސް މީހުންގެ އާއިލާ ތަކުގެ ގިނަ ބަޔަކަށް މުއިއްޒު ވަނީ ވަޒީފާ ދީފައެވެ. އަދި އެމްޑީޕީ ވެރިކަމުގައި ވަޒީފާއާއި، ފައިސާއާއި، ނުފޫޒާއި، ރިޝްވަރުގެ ބާރު ސަލަފަށް ނުލިބޭތީ، ސަލަފުން ބޭނުންވާ އެޖެންޑާ ނުހިންގޭތީ، އެމްޑީޕީއާއި ދެކޮޅަށް ތެދުވެއެވެ. އިންތިހާބާއި ކައިރިކޮށް ފިތުނަވެރި، އޮޅުވާލުމާއި، އަޔަހޫދި ކަން ބޮޑު ސިޔާސީ ދަރުސްތައް ސަލަފުން ވަނީ އިންތިހާބު ތަކާއި ދިމާކޮށް ބާއްވާފައެވެ.
ރާއްޖޭގެ މިނިވަންކަން ގެއްލިދަނީ ކަމަށް ދައްކައި، ދޮގު ވާހަކަތަކަށް ބާރު ލިބޭހެން ސަލަފުން ބޮޑެތި ޖަލްސާތައް ބާއްވާފައި ވުމަކީ، އެމީހުންނާއި، އެމީހުންނަށް ވާގިވެރިވާ ފަރާތްތައް މިއަދު ލަދު ގަންނަން ޖެހޭ ކަމެކެވެ. އަދި ދީން ބޭނުން ކޮށްގެން އެކަންކަމުގައި ބައިވެރިވެ، އެ ފިތުނަ ވެރިކަން ފަތުރާފައިވާ ފަރާތްތަކަށް ﷲގެ ލައުނަތް ލެއްވުމަށް އެދި ދިވެހިން ދުވާކުރެއެވެ.
އަޒާނު އޭރު ދިޔަރެސްގައި ލިޔެމުން ދިޔަ ދޮގު ވާހަކަތަކަށް ހިތްވަރު ލިބޭހެން، "މިނިވަންކަން" ނަމުގައި ސަލަފުން 28 މޭއި 2023 ގައި ދަރުސްއެއް ބޭއްވިއެވެ. އަހްމަދު ސަމީރު ވަނީ އެ ޖަލްސާގައި ރާއްޖޭގެ މިނިވަންކަން ގެއްލެނީ ކަމަށް ބުނެ، ރޯ ބުހުތާނު ދޮގު ހަދައި، ރާއްޖޭގެ އެތައް ލައްކަ މުސްލިމުންނަށް އޮޅުވާލުމަށް، ސިޔާސީ ބޭނުމަކަށް ވާހަކަ ދައްކާފައެވެ.
ސަލަފުގެ ނަމުގައި ހިންގާ މި ކޮރަޕްޓް ސިޔާސީ ޖަމާއަތުން މީގެ ކުރިންވެސް، މި ސަރުކާރު އައިފަހުން، ފަލަސްތީނުގެ ދިފާޢުގައި އެއްވެސް މުޒާހަރާއެއްވެސް ރާވާފައި ނުވެއެވެ.