މުއްތަލިބު ވިދާޅުވެފައި ވަނީ "ހަމަ ހަގީގަތުގައި ވެސް މުޅި ޕީއެސްއައިޕީއަށް ބަލައިފިއަސް، މިހާރު ސޮއެ ކޮށްފައިވާ ޕްރޮޖެކްޓްތައް ކުރިއަށް ގެންދާ ވާރަށް ވެސް ފައިސާ ނެތް" ކަމަށެވެ.
ބަޖެޓަށް މިވަރަށް ދަތިވެގެން އުޅޭނީ 2 ސަބަބަކާއި ހުރެއެވެ. އެއީ 4000 ސިޔާސީ ވަޒީފާ ސަރުކާރު ގެ ވުޒާރާތަކާއި، އެމްބަސީ ތަކާއި، ކުންފުނިތައް ހިމެނޭހެން ދީފައިވާތީއެވެ. ދެވަނަ ސަބަބަކީ ބަޖެޓުގައި ނެތް ބައެއް ޕްރޮޖެކްޓްތަކެއް މަޖިލީހަށް އައުމަށް ދޮގު ހަދައިގެން މުއިއްޒު ސޮއެ ކުރުމުންނެވެ. އެހެން ކަމުން މި ޕްރޮޖެކްޓްތަކަށް ފައިސާ ޚަރަދުވެ، ބަޖެޓްކޮށްފައިވާ ޕްރޮޖެކްޓްތަކަށް ފައިސާ މަދުވެ، މިއިން އެއްވެސް ޕްރޮޖެކްޓެއް ނިންމޭނެ ގޮތެއް ސަރުކާރަށް ވަނީ ނުވެފައެވެ.
މިހާރު ފާސް ކޮށްފައިވާ ބަޖެޓަކީ، އާސަރުކާރު ހޮވިގެން އެ ސަރުކާރުން ބޭނުންވި ގޮތަށް، ބޭނުންވާ ޕްރޮޖެކްޓްތައް ހިމަނައިގެން ބަޖެޓް ކުރި ބަޖެޓެކެވެ. ނަމަވެސް މުއިއްޒުގެ ސަރުކާރަށް ބަޖެޓް މެނޭޖް ކުރުމުގެ ޤާބިލު ކަން ލިބިަފއި ނެތުމުން، ބަޖެޓުގެ ތެރެއިން ކަންކަން ވަނީ ނުކުރެވިފައެވެ.
މި ސަރުކާރު އައިސްގެން އިޤްތިޞާދީ ގޮތުން ރާއްޖޭގެ އެއްވެސް ރައްޔިތަކަށް އެއްވެސް ތަސައްލީއެއް މިހާތަނަށް ލިބިފައި ނުވެއެވެ. ސަރުކާރު ބަދަލު ކުރީ، ރައްޔިތުން ގިނަ ފައިދާތަކެއް ވާނެ ކަމަށް ވިސްނައިގެންނެެވެ.