އިންޑިޔާއާއި އެކު ފްރީ-ޓްރޭޑް އެއްބަސްވުމެއް ކުރިއަށް ދާކަމަށް ބުނެ ސައީދު ދޮގުހަދާފައި ވަނިކޮށް، ފްރީޓްރޭޑް އެއްބަސްވުމެއް ރާއްޖެއާއި އެކު ކުރިއަށް ނުދާ ކަމަށް އިންޑިޔާއިން ހާމަކޮށްފިއެވެ. އެކޮނޮމިކް މިނިސްޓަރ ސައީދަކީ ސީސީޕީ (ޗައިނީސް ކޮމިއުނިސްޓް ޕާޓީ)ގެ ރާއްޖޭގެ އެޖެންޓެކެވެ. އޭނާއަށް މަހު މުސާރައާއި، އޭނާ ދައްކަން ޖެހޭ ވާހަކަ ތަކަކީ ސީސީޕީއިން ބޭނުންވާ ގޮތަކަށް ދައްކާ ވާހަކަ ތަކެކެވެ.
އިންޑިޔާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ އިން ބޭއްވި މީޑިއާ ބްރީފިންއެއްގައި މި ވިޔަފާރީގެ އެއްބަސްވުމާ ގުޅޭ ގޮތުން ރާއްޖޭގެ އެކޮނޮމިކް މިނިސްޓަރު ސައީދު ދެއްކެވި ވާހަކަތަކާ ގުޅޭ ގޮތުން އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް އާއި މީޑިޔާއިން ސުވާލު ކުރުމުން އޭނާ ވިދާޅުވެފައި ވަނީ، ރާއްޖެއާއެކު ބައިލެޓަރަލް އެފްޓީއޭއެއް ހެދުމަށް އިންޑިއާ ސަރުކާރުން ވަކި ހުށަހެޅުމެއް ހުށަހަޅާފައި ނުވާ ކަމަށެވެ.
އެހެންކަމުން މިވާހަކަ ދައްކާފައި މިވަނީ ޗައިނާއާއި އެކު، ރާއްޖެއަށް ގެއްލުންވާ ގޮތަށް ފްރީ ޓްރޭޑް އެއްބަސްވުމެއް ހެދުމުގެ ކުރިން، އިންޑިޔާއާއި އެކު ވެސް އެއްބަސް ވުމެއް ހަދާކަން ދެއްކުމަށް ރައްޔިތުންނަށް އޮޅުވާލަން ކަމަށް ބެލެވެއެވެ. މިއީ ޤައުމެއްގެ މިނިސްޓަރަކު ކުރާވަރަށްވުރެ ދަށު ދަރަޖައިގެ ކަމެކެވެ. އިންޑިޔާއަށް އެފަދަ ހުށައެޅުމެއް ހުށައެޅުމެއްވެސް ނެތި، ޗައިނާއާއި އެކު ޔާމީން ދައުރުގައި، އެތައް މިލިއަން ފައިސާއެއް ޗައިނާ އަތުން ނަގައިގެން ސައީދު ހަދާފައިވާ ފްރީޓްރޭޑް އެއްބަސްވުން އަލުން ފަށައިގަތުމަށްޓަކައި، އިންޑިޔާ އާއި އެކު އެފަދަ އެއްބަސްވުމެއް ހަދަމުން ދާކަމަށް ބުނުމަކީ ވަރަށް ހުތުރު ކަމެކެވެ.
މި ސަރުކާރަކީ ހުރިހާ ކަމެއްގައި ރައްޔިތުންނަށް ދޮގާއި، އޮޅުވާލުންތައް އިންތިހާއަށް ބޮޑު، ސަރުކާރެކެވެ. އެހެންކަމުން އާންމުން ރައްޔިތުން މުއިއްޒަށް ކައްޒާބުގެ ނަމުން މިހާރު ނަން ދީފައިވެއެވެ.