ޚަބަރު

އިޒްރޭލް ޕާސްޕޯޓް ބޭން ނުކުރި! އިސްލާމީ ދުނިޔޭގެ އެންމެ ފިނޑި ރައީސް، ޕާސްޕޯޓު ކަންތައް ޖެހީ އަލުން މަޖިލީހުގެ ބޮލަށް! މިއަދަކީ %100 އިސްލާމީ ރާއްޖެއަށް ކުރިމަތިވި ލަދުވެތި ނިކަމެތި ދުވަހެއް!

ދިޔަވަރު
އިޒްރޭލް ޕާސްޕޯޓް ބޭން ނުކުރި! އިސްލާމީ ދުނިޔޭގެ އެންމެ ފިނޑި ރައީސް، ޕާސްޕޯޓު ކަންތައް ޖެހީ އަލުން މަޖިލީހުގެ ބޮލަށް! މިއަދަކީ %100 އިސްލާމީ ރާއްޖެއަށް ކުރިމަތިވި ލަދުވެތި ނިކަމެތި ދުވަހެއް!

އިޒްރޭލް ޕާސްޕޯޓް ރައީސަށް ލިބިފައިވާ ބާރުގެ ތެރެއިން ބޭން ކުރުމަށް ދެކޮޅު ހަދައިފިއެވެ. އިސްލާމީ ދުނިޔޭގެ އެންމެ ފިނޑި ރައީސް، މުއިއްޒު، ޕާސްޕޯޓު ކަންތައް ޖެހީ އަލުން މަޖިލީހުގެ ބޮލަށެވެ. މިއަދަކީ %100 އިސްލާމީ ރާއްޖެއަށް ކުރިމަތިވި ލަދުވެތި ނިކަމެތި ދުވަހެކެވެ.

މި ގޮތަށް މުއިއްޒަށް މިކަން ކުރަން ޖެހިވަޑައިގެން އެންމެ ބޮޑު ސަބަބަކަށްވީ، މުއިއްޒު އާއި އެކު، އިނގިރޭސި ވިލާތުގައި ކިޔަވަން އުޅުނު، އިޒްރޭލުގެ ޒައެނިސްޓުންގެ ނުފޫޒުން ކަމަށް ދިޔަވަރު ނޫހަށް ވަނީ މައުލޫމާތު ލިބިފައެވެ. އެފަރާތްތަކާއި އޮތް ގާތް ގުޅުމުގެ ތެރެއިން މުއިއްޒު ވަނީ މިކަން އަމިއްލަ އަށް ނިންމުމަށް ދެކޮޅު ހަދައި، ކެބިނެޓުން މަޖިލީހުގެ ބޮލަށް މިކަން ޖެހުމަށް ނިންމާފައެވެ.

ސަރުކާރުން މިގޮތަށް ނިންމީ އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެ އަށް އެެތެރެވުން ހުއްޓުވައި ދިނުމަށް ގިނަ ބަޔަކު ގޮވާލަން ފެށުމުން މިއަދު ބޭއްވެވި ކެބިނެޓު ބައްދަލުވުމުގަ އެވެ.