ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ވަން ލިޒިން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް ޢަބްދުއްރަޙީމް އަބްދުﷲގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަޑައިގަތުމުން އެކަމަނާއަށް މަރުހަބާ ދެންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމާއި ނާއިބުރައީސް ނާޒިމުއެވެ.
މި ބައްދަލުވުމުގައި ކަން ހިގައިދިޔަ ގޮތް ކިޔައިދެމުން ނަން ހާމަކުރަން ބޭނުންނުވާ ފަރާތަކުން "ދިޔަވަރު އޮންލައިން"އަށް މައުލޫމާތުދިން ގޮތުގައި މި ބައްދަލުވުމުގައި އަބުދުއްރަހީމް އިންޓަރޕްރިޓަރއެއް (ތަރުޖަމާނެއް)ގެ އެހީތެރިކަން ހޯދާފައި ނުވާތީ, ޗައިނާގެ ސަފީރުގެ ވާހަކަތަކުގެ ރައްދުގައި އަބުދުއްރަހީމް އިނގިރޭސިބަހުން ދެއްކި ވާހަކަތައް ފަހުމް ނުވެގެން, އެތައް ފަހަރަކު އެވާހަކަ އަލުން ތަކުރާރުކޮށްދިނުމަށް ޗައިނާ ސަފީރު ބައްދަލުވުމުގައި އަބުދުއްރަހީމްގެ އަރިހުން އެދެން ޖެހުނު ކަމުގައެވެ.
އެހެންނަމަވެސް މުޅި ބައްދަލުވުންވެސް ނިމިގެންދިޔައިރު, އަބުދުއްރަހީމް އިނގިރޭސިފަހުން ދެއްކި ވާހަކަ ޚުދު އަބުދުއްރަހީމްގެ އިތުރުން އެ ބައްދަލުވުުގައި ބައިވެރިވި އެއްވެސް މީހަކަށް ފަހުންވާ ގޮތް ނުވިކަމަށްވެސް މައުލޫމާތު ދިން ފަރާތުން ވިދާޅުވެފައި ވެއެވެ.
މި ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރުކަމަށް މުއިއްޒު އައްޔަންކުރި, އަބުދުއްރަހީމްގެ ދަރިފުޅު އިބުރާހިމް ފައިސަލްވެސް އިނގިރޭސިބަހުން (ބްރޯކެން - ބަހުގެ ހަމަތަކަށް ނުފެތޭ އިނގިރޭސިބަހުން) ވާހަކަމުން ދިއުމުގެ ސަބަބުން ރާއްޖޭގެ މޫނުމަތި ހުތުރު, އަދި ފަތުރުވެރިކަމުގެ ސިނާއަތަށްވެސް ފާއިތުވި 6 މަސްދުވަހުގެ ތެރޭގައި ވަނީ ލިބެންވާވަރުގެ ކުރިއެރުން ނުލިބިފައެވެ.
އެހެންނަމަވެސް އޭނާގެވެސް ހާލަތުގެ އަމިއްލައަށް ވަޒަން ނުކުރެވި, ދެއްކޭ ނުދެއްކޭ ވާހަކައެއް ނޭގޭ ހާލަތުގައިވެސް ދަނީ ބައިނަލްއަގުވާމީ ފޯރަމްތަކުގައި އިނގިރޭސިބަހުން ވާހަކަ ދައްކަމުންނެވެ. ހަމަ އެބީދައިން އިނގިރޭސި ބަސް ނޭނގޭ ހާލަތުގައިވެސް, އަމިއްލަ ހާލަތު ވަޒަން ނުކުރެވި, އަބުދުއްރަހީމްވެސް މިހާރު ގެންދަވަނީ އިންޓަރޕްރިޓަރއަކާ ނުލާ, ބޭރުގެ އިއްޒަތްރެރިންނާއި ބައްދަލުކޮށް, ފަހުމްނުވާ އިނގިރޭސިބަހަކުން އެ އިއްޒަތްތެރިންނާއި ބައްދަލުކޮށް ވާހަލަ ދައްކަވަމުންނެވެ.
ގިނަ ބަޔަކު ބުނަމުންދަނީ އަބުދުއްރަހީމްގެ ދަރިފުޅު ފައިސަލް ފަތުރުވެރިކަމުގެ ސިނާއަތުގެ އަގު ވައްޓާލި ބީދައިން, އަބުދުއްރަހީމްވެސް ރައްޔިތުންގެ މަޖިލިހުގެ އަބުރާއި އިއްޒަތް ވެއްޔާއި މޮޑެލާނެ ކަމުގައެވެ.