ޚަބަރު

ބޭރުގެ އިއްޒަތްތެރިންނާއި ބައްދަލުކޮށް އަބުދުއްރަހީމް އިނގިރޭސިބަހުން ދައްކަވާ ވާހަކަތަކުގެ ވީޑިއޯތައް އަޑާއެކު މީޑިއާތަކަށް ނުދިނުމަށް މަޖިލިހުގެ އިދާރީ މުވައްޒަފުންނަށް އަންގައިފި!

ދިޔަވަރު
ބޭރުގެ އިއްޒަތްތެރިންނާއި ބައްދަލުކޮށް އަބުދުއްރަހީމް އިނގިރޭސިބަހުން ދައްކަވާ ވާހަކަތަކުގެ ވީޑިއޯތައް އަޑާއެކު މީޑިއާތަކަށް ނުދިނުމަށް މަޖިލިހުގެ އިދާރީ މުވައްޒަފުންނަށް އަންގައިފި!

20 ވަނަ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބުދުއްރަހީމް ބޭރުގެ އިއްޒަތްތެރިންނާއި ބައްދަލުކޮށް އިނގިރޭސިބަހުން ދައްކަވާ ވާހަކަތަކުގެ ވީޑިއޯތައް އަޑާއެކު މީޑިއާތަކަށް ނުދިނުމަށް މަޖިލިހުގެ އިދާރީ މުވައްޒަފުންނަށް އަންގައިފިއެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސްކަމަށް އަބުދުއްރަހީމް އިންތިޚާބު ކުރުމާއެކު އޭނާ ގެންދަވަނީ ބޭރުގެ އިއްޒަތްތެރިންނާއިއެކު ބައްދަލުވުންތައް ބާއްވަމުންނެވެ. އެހެންނަމަވެސް އަބުދުއްރަހީމްއަކީ އިނގިރޭސިބަހުން ލިޔަންކިޔަން ދަންނަ ބޭފުޅެއް ނޫނެވެ. އަދި މިފަދަ އެއްވެސް ބައްދަލުވުމެއްގައި އަބުދުއްރަހީމް އިންޓަރޕްރިޓަރއެއް (ތަރުޖަމާނެއް)ގެ އެހީތެރިކަންވެސް ހޯދާފައި ނުވެއެވެ.

އެގޮތުން ބޭރުގެ އިއްޒަތްތެރިންނާއި ބައްދަލުކޮށް ބްރޯކެން - އެއްވެސް ހަޔަމަށް ނުފެތޭ އިނގިރޭސިބަހުން އޭނާ ގެންދަވަނީ އެފަރާތްތަކާ މުއާމަލާތު ކުރަމުންނެވެ. މިފަދަ ގިނަ ބައްދަލުވުން ނިމިގެންދަނީ ދެފަރާތަކަށް ދެކެވޭ ވާހަކަތައް ފަހުމް ނުވެކަމަށް ވަނީ އެނގިފައެވެ.

މި ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރުކަމަށް މުއިއްޒު އައްޔަންކުރި, އަބުދުއްރަހީމްގެ ދަރިފުޅު އިބުރާހިމް ފައިސަލްވެސް އިނގިރޭސިބަހުން (ބްރޯކެން - ބަހުގެ ހަމަތަކަށް ނުފެތޭ އިނގިރޭސިބަހުން) ވާހަކަމުން ދިއުމުގެ ސަބަބުން ރާއްޖޭގެ މޫނުމަތި ހުތުރު, އަދި ފަތުރުވެރިކަމުގެ ސިނާއަތަށްވެސް ފާއިތުވި 6 މަސްދުވަހުގެ ތެރޭގައި ވަނީ ލިބެންވާވަރުގެ ކުރިއެރުން ނުލިބިފައެވެ.

އެހެންނަމަވެސް އޭނާގެވެސް ހާލަތުގެ އަމިއްލައަށް ވަޒަން ނުކުރެވި, ދެއްކޭ ނުދެއްކޭ ވާހަކައެއް ނޭގޭ ހާލަތުގައިވެސް ދަނީ ބައިނަލްއަގުވާމީ ފޯރަމްތަކުގައި އިނގިރޭސިބަހުން ވާހަކަ ދައްކަމުންނެވެ. ހަމަ އެބީދައިން އިނގިރޭސި ބަސް ނޭނގޭ ހާލަތުގައިވެސް, އަމިއްލަ ހާލަތު ވަޒަން ނުކުރެވި, އަބުދުއްރަހީމްވެސް މިހާރު ގެންދަވަނީ އިންޓަރޕްރިޓަރއަކާ ނުލާ, ބޭރުގެ އިއްޒަތްރެރިންނާއި ބައްދަލުކޮށް, ފަހުމްނުވާ އިނގިރޭސިބަހަކުން އެ އިއްޒަތްތެރިންނާއި ބައްދަލުކޮށް ވާހަލަ ދައްކަވަމުންނެވެ.

ގިނަ ބަޔަކު ބުނަމުންދަނީ އަބުދުއްރަހީމްގެ ދަރިފުޅު ފައިސަލް ފަތުރުވެރިކަމުގެ ސިނާއަތުގެ އަގު ވައްޓާލި ބީދައިން, އަބުދުއްރަހީމްވެސް ރައްޔިތުންގެ މަޖިލިހުގެ އަބުރާއި އިއްޒަތް ވެއްޔާއި މޮޑެލާނެ ކަމުގައެވެ.