ރައްޔިތުންގެ މަޖިލީހުގައި އިއްޔެ އޮތް ބަހުސްގައި، ނިލަންދޫ ދާއިރާގެ މެންބަރު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެއްބަނޑު ކޮއްކޯފުޅު ފާތިމަތު ސައުދާ ވިދާޅުވީ، މާލޭ ރައްޔިތުންނަށް ގޯތި ދިނުމަކީ ބޮޑު ޖަރީމާއެއް ކަމަށް ސިފަކޮށް، ބިންވެރިޔާ ސްކީމަކީ ބޮޑު ޖަރީމާއެއް ކަމަށެވެ.
"ރައްޔިތުންގެ އިހުސާސްތައް ދަންނަ ކަމަށް، ރައްޔިތުން އުޅޭ ހާލު އޭނގޭ ކަމަށް ދައުވާކުރަމުން މި ކަންތައްތަކަށް ހައްލެއް ހޯދައިދިނުމުގެ ނަމުގައި މި ދިޔަ ސަރުކާރުން ކޮށްފައި، މި ހިންގާފައި މިވަނީ ވަރަށް ބޮޑު ޖަރީމާއެއް ގޮތުގައި އަޅުގަނޑު ބޭނުން ސިފަކޮށްލަން ހަމަ.
ސައުދާ ވިދާޅުވިއެވެ.
ސައުދާގެ ވާހަކަ ތަކަކީ ޑރ. މުއިއްޒު އެދިވަޑައިގެން، ބޭބޭފުޅުގެ އިރުޝާދުގެ މަތިން މަޖިލީހުގައި ވިދާޅުވާ ވާހަކަ ތަކެކެވެ.
ގޯތި ދިނުމަށް ބޭނުންވާ ހުރިހާ ބިމެއް މިހާރު ހިއްކާފައި ވަނިކޮށް، ރައްޔިތުންނަށް އޮޅުވާލައި ދޮގު ހަދަމުން ސައުދާ އިތުރަށް ބުނެފައި ވަނީ ނެތް ތަނަކުން، ނެތް އެއްޗެއް ރައްޔިތުންނަށް ތިމަންނަމެން ދީފީމޭ ޕީޕީއެމް އިން ބުނާ ކަމަށެވެ.
ބިންވެރިޔާ ސްކީމުން ދޫކުރި ގޯތިތައް ވެރިފަރާތްތަކަށް ލިބޭނެ ދުވަހެއް މިހާރު ނޭނގެއެވެ. ރިޔާސީ އިންތިހާބުގެ ކެމްޕޭނު ތެރޭގައި ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ ގޯތި ވިޔަސް ފްލެޓް ވިޔަސް ދީފި އެއްޗެއް އަތުލުމަކީ އިންސާފަކަށް ނުވާނެ ކަމަށް ބުނެ، ދޮގާއި މަކަރު ހަދައިގެން ވޯޓު ހޯދާފައެވެ.
އިއްޔެ މަޖިލީހުގެ ތަޅަމުގައި މުއިއްޒުގެ މަޖިލީސް މެމްބަރުން ދެއްކީ މާލޭ މީހުންނަށް ގޯތި ނުދިނުމަށް ދެއްކެން އޮތްހާ އުޒުރެކެވެ. ކުރަން އުޅޭހާވެސް ކަމަކީ ގޯތިންވެސް ވައްކަމާއި، ކޮރަޕްޝަނެއެވެ. މުއިއްޒު ވެރިކަމަށް އައުމަށް ލާރި ހޯދުމަށް ކޮރަޕްޝަނުގެ ތެރެއިން މާލޭގެ ޕާކިން ލޮޓްތައް ވިއްކާލިއެވެ.