ޕީއެންސީގެ ބަައެއް މަޖިލީސް މެމްބަރުންނަށް 100,000ރ އަދި ބާކީ ތިބި ހުރިހާ މަޖިލީސް މެމްބަރުންނަށް ކޮންމެ މަހަކަށް ރިޝްވަރުގެ ގޮތުގައި މުއިއްޒު ފައިސާ ދޭން ފަށާފައިވާ ކަމަށް ޕީއެންސީގެ މަޖިލީސް މެމްބަރުންތަކެއް ދިޔަވަރު ނޫހަށް ވަނީ ކަށަވަރު ކޮށް ދީފައެވެ.
ތިން ބާރަކީ ޤާނޫނީ ގޮތުން ވަކިވެފައިވާ ދައުލަތުގެ ތިން ބާރެވެ. ނަމަވެސް، ސަރުކާރު ހިންގާ ބާރުން، ޤާނޫނު ހަދާ ބާރުގެ މައްޗަށް ރިޝްވަތުގެ ފައިސާ ހުށައެޅުމަކީ ޖިނާއީ ކުށެކެވެ. އަދި އެފައިސާގައި ހިފުމަކީ ވެސް ޖިނާއީ ކުށެކެވެ. އަދި އެއީ މާތްﷲ ހަރާން ކޮށްފައިވާ ކަމެއްވެސް މެއެވެ. އަދި އެފައިސާއިން އަނބި ދަރިންނަށް ނަހަލާލު ތަކެތި ހޯދައި ދިނުމަކީ ރިޒުގުގައި ބަރަކާތް ކެނޑި ދިރިއުޅުން އަބާއްޖަވެރި ވާނެ ކަމެއް ވެސް މެއެވެ. ނަމަވެސް، ފާޅުގައި މިހިންގާ ހާރާން ފައިސާގެ ރިޝްވަތަށް ސަލަފުގެ ފުރިހަމަ ރުހުމާއި އެއްބާރުލުން ލިބެއެވެ.
ނަމަވެސް، ސަލަފުގެ މަދު ބަޔަކަށް ލިބޭ މަންފާއަކަށްޓަކައި، ސަލަފުން ދަނީ މިފަދަ ކަންކަން ސާފުކޮށް އެނގޭ އިރުވެސް، ނުފެންނަ ކަމަށް ހަދައި، އެކި ގޮތް ގޮތުން މި ސަރުކާރަށް ތާޢީދު އިތުރު ކުރުމަށް މަސައްކަތް ކުރަމުންނެވެ. ސަލަފަކީ ދީނީ ފޭރާން އަޅައިގެން، ވެރިކަމުގެ ބާރުގެ ތެރެއަށް ވަންނަމުންދާ ސިޔާސީ ޖަމާއަތެކެވެ. އަދި މުއިއްޒުގެ ލާދީނީ އަމަލުތައް ފޮރުވުމުގައި، އަދި ރައްޔިތުންނަށް އެކަންކަން އޮޅުވާލުމަށް، ދަރުސްދޭން ނެރޭ ބަޔެކެވެ.
ދިޔަވަރު ނޫހަށް މައުލޫމާތު ލިބޭ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ ބޮޑު ކުރުމުގެ ބަދަލުގައި، މުއިއްޒުގެ ޖީބުން މި ފައިސާ ދެނީ، ދިވެހިރާއްޖޭގެ ބޮޑު ބައެއް ޗައިނާއަށް އެކި ގޮތްގޮތަށް މިލްކު ކޮށްދިނުމަށް، ކޮންޓްރެކްޓަރ ފައިނޭންސްގެ ނަމުގައި ދީފައިވާ ޕްރޮޖެކްޓްތަކުން މުއިއްޒު ނަގާފައިވާ ހަރާން ފައިސާއިންނެވެ.