އެމެރިކަން ސެންޓަރ އިންނަ އިމާރާތުގެ ފާރުގައި، އިޒްރޭލުގެ އަނިޔާވެރިކަމާއި ދެކޮޅަށް އެއްޗެއް ކުރަހައިގެން އަހްމަދު ސޮބާހު ކިޔާ ދިވެއްސެއް ހައްޔަރު ކޮށްފިއެވެ. އަދި އޭނާ ފުލުހަށް ހާޒިރުކޮށް، މައްސަލަ އެއް ގޮތުގައި، އެކަން ނަގައި، އެ މައްސަލަ ޖިނާޢީ މައްސަލަ އެއް ގޮތުގައި ފުލުހުން ވަނީ މައްސަލަ ބަލަން ފަށާފައެވެ.
އަހްމަދު ސޮބާހު މިކަމާއި ގުޅިގެން ނެރެފައިވާ ބަޔާނުގައި ވާ ގޮތުގައި، އޭނާ ފާރުގައި ކުރަހާފައިވަނީ، ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ އަނިޔާއާއި ދެކޮޅަށް ފާޅު ކުރާ ޝުއޫރެއް ގޮތުގައެވެ. އަދި އެއީ ފަލަސްތީނުގެ ކުޑަ ކުދިންނާއި، އަންހެނުން ހިމެނޭހެން ފަލަސްތީނު ރައްޔިތުންނަށް ދެމުންދާ އަނިޔާ އަށް ކެތް ނުވެގެން ކުރެވުނު ކަމެއް ގޮތުގައި އޭނާ ސިފަ ކޮށްފައިވެއެވެ.
އަދި އެކަމުގައި އެއްވެސް ފަރާތަކަށް ގެއްލުން ދިނުމުގެ މަޤްޞަދެއް ހިމެނިފައި ނުވާ ކަމަށާއި، އެއީ ކޮށްފައިވާ އިޚްތިޖާޖެއް ކަމަށް އޭނާ ބުނެފައިވެއެވެ. އަދި އެކަން އޭނާ ކޮށްފައިވަނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން ކަމަށް އޭނާ ފާހަގަ ކޮށްފައިވެއެވެ.
ދިޔަވަރު އަށް މައުލޫމާތު ލިބޭ ގޮތުގައި ސޮބާހު ހައްޔަރުކޮށް ފުލުހުން އޭނާގެ މައްސަލަ ބަލާފައިވަނީ، މުއިއްޒަށް އެމެރިކާ އެމްބަސީ އިން ގުޅައި އެކަމުން އެދުމުންނެވެ. އަދި ފުލުހުންގެ މައްޗަށް އިޒްރޭލާއި ދެކޮޅުވެގެން ސޮބާހު ކުރެހި ކުރެހުމާއި ގުޅިގެން، އޭނާ ހައްޔަރު ކުރަން އަމުރު ކޮށްފައި ވަނީ ސީދާ މުއިއްޒު އެވެ.
ބޭރުގެ އެހެން ޤައުމުތަކުގައި ކޮލެޖްތަކުގައި އާއި، އެމްބަސީތައް ކައިރީގައި ކުރެހުންތައް ހިމެނޭހެން އެތައް ހަރަކާތެއް ހިނގަމުން ދާއިރު، އިސްލާމީ ޤައުމަކުން އިޒްރޭލާއި ދެކޮޅަށް ފާޅު ކުރާ މިފަދަ ޝުޢޫރަކާއި ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވެއެވެ.
މުއިއްޒަކީ ބޭރުފުށުން އިސްލާމީ ލީޑަރެއް ކަމެއް ދައްކައިގެން އުޅޭ ފަރާތެކެވެ. މުއިއްޒު ވަނީ އޭނާ އަމިއްލައަށް އިޒްރޭލް ޕާސްޕޯޓް މަނާ ކުރެވެން އޮއްވާ އެކަން ކުރުމަށް ދެކޮޅުވެރިވެ، މަޖިލީހުގެ ބޮލަށް އެކަން ޖަހާފައެވެ.