ޚަބަރު

އިޒްރޭލް ޕާސްޕޯޓް ބޭން ކުރަން މަޖިލީހުގެ އިއްތިފާގުން މުއިއްޒަށް އެންގިތާ 202 ދުވަސް! އިޒްރޭލުގެ 17 މީހަކު މި 3 ދުވަސް ތެރޭ ރާއްޖެ އަތުވެއްޖެ! މަޖިލީހަށް ބިލެއްވެސް ހުށަނޭޅި! މަޖިލީހުގައި އޮތް ބިލުވެސް ކުރިއަށް ނުގެންދިޔަ!

ދިޔަވަރު
އިޒްރޭލް ޕާސްޕޯޓް ބޭން ކުރަން މަޖިލީހުގެ އިއްތިފާގުން މުއިއްޒަށް އެންގިތާ 202 ދުވަސް! އިޒްރޭލުގެ 17 މީހަކު މި 3 ދުވަސް ތެރޭ ރާއްޖެ އަތުވެއްޖެ! މަޖިލީހަށް ބިލެއްވެސް ހުށަނޭޅި! މަޖިލީހުގައި އޮތް ބިލުވެސް ކުރިއަށް ނުގެންދިޔަ!

އިޒްރޭލް ޕާސްޕޯޓް ބޭން ކުރަން މަޖިލީހުގެ އިއްތިފާގުން މުއިއްޒަށް އެންގިތާ 202 ދުވަސް ވެއްޖެއެވެ. ނަމަވެސް މުއިއްޒު ކެބިނެޓާއި ބައްދަލު ކޮށް، ނިންމީ އަމިއްލަ އަށް އެކަން ނުކުރުމަށެވެ. އޭގެ ބަދަލުގައި މުއިއްޒު ޖެހީ މަޖިލީހުގެ ބޮލަށެވެ. އޭރު މަޖިލީހަށް އެފަދަ ބިލެއް އެމްޑީޕީއިން ލާފައި ވުމުން، އެކަމާއި ދެކޮޅަށް ޕީއެންސީ ކެންޑިޑޭޓުންނަށް ވޯޓު ދެވޭނެ ގޮތެއް މުއިއްޒަށް ނުފެނުމުން، އެކަމާއި މެދު ރައީސްގެ ހައިސިއްޔަތުން އެއްވެސް ފިޔަވަޅެއް ނާޅައި މުއިއްޒު ވަނީ ދޫކޮށްލާފައެވެ.

އިޒްރޭލުގެ ޕާސްޕޯޓް މަނާ ކުރުމާއި މެދު ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާއިރު، އިޒްރޭލުގެ 17 މީހަކު މި 3 ދުވަސް ތެރޭ ރާއްޖެ ވަނީ އައިސްފައެވެ. ރައީސްގެ ގަރާރަކުން އިޒްރޭލުގެ ޕާސްޕޯޓް ވަގުތުން ވަގުތަށް މަނާ ކުރުމުގެ ބާރު ރައީސުލް ޖުމްހޫރިއްޔާއަށް ޤާނޫނު އަސާސީއިން ދީފައިވެއެވެ. އިޒްރޭލުން ދަނީ، ފަލަސްތީނުގައި ހަނގުރާމަ ކޮށް، އާންމުން މަރަމުންދާ ޖެނެރަލުން ފަދަ އިސް ފަރާތްތައް ޗުއްޓީ ހޭދަ ކޮށްލުމަށް އެމީހުން ބޭނުންވާ ޤައުމުތަކަށް ފޮނުވަމުންނެވެ.

މުއިއްޒުގެ ވެރިކަމުގައި ރާއްޖެ ވެފައި ވަނީ އިޒްރޭލުން ހިންގާ ގަތުލުއާންމުއަށް ފަހު، އެ މީހުން ހިތްހަމަ ޖައްސާލަން އަންނަ އެންމެ ހިތްގައިމު މަންޒިލަށެވެ.

އިޒްރޭލުގެ ޕާސްޕޯޓް މަނާކުރާނީ، އެކަމަށް ޤާނޫނަށް އިސްލާހު ގެނެސްގެން ކަމަށް ސަރުކާރުން ބުނެފައިވާ އިރު، އެފަދަ ބަދަލެއް ޤަނޫނަށް ގެންނަން ބޭނުންވާ ބަދަލަކީ 10 ވަރަކަށް މިނިޓު ތެރޭ ތައްޔާރު ކޮށްލެވޭނެ އިސްލާހެކެވެ. ނަމަވެސް މިހާތަނުން ސަރުކާރުން އެފަދަ އިސްލާހެއް ތައްޔާރު ކޮށް މަޖިލީހަށް ފޮނުވާފައި ނުވެއެވެ. އޭގެ އިތުރުން، މަޖިލީހުގައި އެމްޑީޕީއިން މިހާރުވެސް ހުށައަޅާފައިވާ އިސްލާހަކީ، އިޒްރޭލް ޕާސްޕޯޓް ޤާނޫނުން މަނާ ކުރަން ހުށައަޅާފައިވާ އިސްލާހެކެވެ. ނަމަވެސް، މުއިއްޒުގެ އެންގުމަށް މަޖިލީހުން ދަނީ އެ ބިލަށް ހުށައަޅާފައިވާ އިސްލާހްގެ އަޑުއެހުންތައް ނުފަށައި މަޑުޖައްސާފައެވެ.

މުއިއްޒު ވަނީ އިޒްރޭލުގެ ގަތުލުއާންމުއާއި ދެކޮޅަށް އަޑު އުފުލި ރައްޔިތެއް އިއްޔެގެ ވަގުތެއްގައި ފުލުހަށް ހާޒިރުކޮށް، އޭނާގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރުމަށް މަސައްކަތް ފަށާފައެވެ.