އިޒްރޭލް ޕާސްޕޯޓް މަނާ ކުރުމަށް ގޮވާލައި، ރައީސް އޮފީހުގެ ކުރިމަތީގައި ބޭއްވި މުޒާހަރާ ސަލަފުން ވަނީ ބޮއިކޯޓް ކޮށްފައި ކަމަށާއި، ފަލަސްތީނުގެ މައުސޫމު މުސްލިމް އަޚުންނާއި ކުޑަ ކުދިންނާއި، އަންހެނުން މަރަމުން ދިޔައަސް އިޒްރޭލާއި ދެކޮޅަށް ސަލަފުން ތެދުވެ، ސަރުކާރު ހިތްހަމަ ނުޖެހޭ އެއްވެސް ކަމެއް ނުކުރާނެ ކަމަށް ސަލަފުން މިކަމުގައި ގެންގުޅޭ އުސޫލާއި ދެކޮޅު ފަރާތަކުން ދިޔަވަރު އަށް މައުލޫމާތު ދީފިއެވެ.
އިޒްރޭލް ޕާސްޕޯޓް މަނާކުރުމަށް ގޮވާލައި ރައީސް އޮފީސް ކައިރިއަށް އެއްވީ މަދު ބައެކެވެ. އެ މަދު މީހުންގެ ތެރެއަށް އައިސް، އިސްލާމް ދީނުގެ އައްޑަނަ ނަގައި، އިސްލާމީ އުއްމަތުގެ ދިފާޢުގައި އަނިޔާވެރި އިޒްރޭލާއި ދެކޮޅަށް އަޑު އުފުލުން ސަލަފުން ދެކޮޅު ހަދާފައި ވަނީ މުއިއްޒުގެ ފަރާތުން ލިބޭ މާލީ މަންފާއަަކަށް ޓަކައެވެ. އަދި މުއިއްޒު ވަނީ، ސަލަފުން އިޒްރޭލާއި ދެކޮޅު ހަރާކާތްތަކުގައި ބައިވެރި ނުވާނެ ކަމުގެ ޔަގީންކަން މީގެ ކުރިން އެމެރިކާއަށް ދީފައެވެ.
ސަލަފަކީ މުއިއްޒުގެ ލާދީނީ އަނިޔާވެރިކަން ފޮރުވުމަށް ބޭނުން ކުރާ ނިވާފަތްގަނޑެކެވެ.