އިޒްރޭލް ޕާސްޕޯޓް މަނާ ކުރާ އިސްލާހު މަޖިލީހަށް ސަރުކާރުން ހުށައެޅިއަސް ފާސް ނުކުރުމަށް މުއިއްޒު މަޖިލީސް މެމްބަރުންނަށް އަންގައިފިއެވެ. ޕީއެންސީގެ މަޖިލީސް މެމްބަރުން ތަކެއް ވަނީ މިކަން ދިޔަވަރު ނޫހަށް ކަށަވަރު ކޮށްދީފައެވެ.
އިޒްރޭލަށް ނިސްބަތްވާ ޒައެނިސްޓުން ދަނީ ރާއްޖޭގައި ރިސޯޓް ވިޔަފާރި އާއި އެކި އެކި ވިޔަފާރި ތަކަށް އިންވެސްޓް ކުރަމުންނެވެ. އެމީހުންގެ ފަރާތުން މުއިއްޒު އަށް ނުފޫޒު ދަނީ ފޯރުވަމުންނެވެ. މި ގޮތުން ބައެއް ޔަހޫދީ ޒައެނިސްޓުން ވަނީ މުއިއްޒަށް ފައިސާވެސް ހުށައަޅާފައެވެ. މުއިއްޒު އަކީ އާންމު ކޮށް، ރިޝްވަތުގައި ހިފާ ފަރާތެކެވެ. އަދި ޒައެނިސްޓުންގެ ރިޝްވަތުގައި މުއިއްޒު ހިފާފައިވާ ކަމަށް ބައެއް މަޖިލީސް މެމްބަރުން ދަނީ ދިޔަވަރު ނޫހަށް މައުލޫމާތު ދީފައެވެ.
މުއިއްޒު ވަނީ މީގެ ދެތިން ދުވަސް ކުރިން، ސަރުކާރުން އިޒްރޭލް ޕާސްޕޯޓް މަނާ ކުރުމަށް ދެކޮޅު ހަދައި، މަޖިލީހަށް އެކަން ޖަހާފައެވެ. މުއިއްޒު ދަނީ އިޒްރޭލުގެ ޕާސްޕޯޓް މަނާ ނުކޮށް، ވާނެ ހުރިހާ ގޮތެއް ހޯދަމުންނެވެ. އެފަދަ ދަނޑި ވަޅެއްގައި ޔަހޫދީން އަތުން ގިނަ ފައިސާ ތަކެއް މިހާރު މުއިއްޒު އަށް ލިބިފައި ވުމުން، އިޒްރޭލް ޕާސްޕޯޓް މަނާ ކުރާނެ ކަމަކަށް ނުބެލެއެވެ.
އިޒްރޭލުގެ ޕާސްޕޯޓް ބޭން ނުކުރެވި، މުއިއްޒު ވެގެން ދާތަން ފެންނަނީ ޒައެނިސްޓް ޕަޕެޓަކަށެވެ.