ޚަބަރު

އިޒްރޭލް ޕާސްޕޯޓް މަނާ ނުކޮށް، ފަލަސްތީނަށް އެހީވާކަން ދެއްކުމަށް ފަންޑު ފޮށިތައް ބަހައްޓަމުންދާ މުއިއްޒު ވަނީ، މިދިޔަ ސަރުކާރުން ފަލަސްތީނަށް ދިނުމަށް ނިންމި 2 މިލިއަން މަސްދަޅު ފޮނުވުން ހުއްޓުވާފައި!

ދިޔަވަރު
އިޒްރޭލް ޕާސްޕޯޓް މަނާ ނުކޮށް، ފަލަސްތީނަށް އެހީވާކަން ދެއްކުމަށް ފަންޑު ފޮށިތައް ބަހައްޓަމުންދާ މުއިއްޒު ވަނީ، މިދިޔަ ސަރުކާރުން ފަލަސްތީނަށް ދިނުމަށް ނިންމި 2 މިލިއަން މަސްދަޅު ފޮނުވުން ހުއްޓުވާފައި!

އިޒްރޭލް ޕާސްޕޯޓް މަނާ ނުކުރުމަށް މަޖިލީހަށް އަންގައި، އިޒްރޭލް ޕާސްޕޯޓް މަނާ ކުރާނެ ކަމަށް ބުނެ ދޮގު ހަދާފައިވާ މުއިއްޒު، ފަލަސްތީނަށް އެހީވާކަން ދެއްކުމަށް ކުޅެމުންދާ ޑްރާމާގެ ތެރެއިން ރާއްޖޭގައި ޓެލެތޯން ބާއްވައި، ފަންޑުފޮށިތައް ބަހައްޓަމުން ދާއިރު، މިދިޔަ އަހަރު އޮކްޓޮމްބަރުގައި، ކުރީ ސަރުކާރުން ފަލަސްތީނަށް ހަދިޔާ ކުރުމަށް ނިންމި 2 މިލިއަން މަސްދަޅު ފަލަސްތީނަށް ހަދިޔާ ނުކޮށް އެކަން މުއިއްޒު ހުއްޓުވާފައި ވާކަން ދިޔަވަރު ނޫހަށް ކަށަވަރު ވެއްޖެއެވެ.

މިކަމާއި ގުޅިގެން، ފާއިތުވި ރައްޔިތުން މަޖިލީހުން، މިހާރުގެ ފޮރިންގ މިނިސްޓަރ މޫސާ ޒަމީރު އާއި ކުރި ސުވާލުތަކަށް އޭނާ އޭރުވެސް އެދެވޭ ޖަވާބެއް ދީފައެއް ނުވެއެވެ. ފަލަސްތީނުގެ ރައްޔިތުންނަށް މަސްދަޅު ފޮނުވުމަށް މުޅި ސަރުކާރަށް ނުކުޅެދިގެން އުޅޭ ކަމަށް މޫސާ ޒަމީރު ދެއްކެވި އިރު، ރާއްޖޭގެ ބައެއް އެންޖީއޯ ތަކުން ވަނީ ފަލަސްތީނަށް އެހީތައް ފޮނުވައި، ފަލަސްތީނުގެ ބައެއް ރައްޔިތުންވެސް ރާއްޖެ ގެނެސްފައެވެ.

ފަލަސްތީނުގައި ކާބޯތަކެތި ނުލިބި ހާލުގައި ޖެހިފައިވާ އަޚުންނާއި އުޚުތުންނަށް 100 އިންސައްތަ އިސްލާމް ޤައުމު ދިވެހިރާއްޖެއިން، ނުވާ އެހީތައް ސްޕެއިން، ޖަރުމަން ފަދަ ޔޫރަޕުގެ ޤައުމުތަކުން ވެސް ދަނީ ވަމުންނެވެ. ދިވެހި ރައްޔިތުން އިޒްރޭލްގެ ޕާސްޕޯޓް މަނާ ކުރުމަށް އެދުމުން، ޕާސްޕޯޓް މަނާ ކުރާނެ ކަމަށް ބުނެ، އެކަމުގައި ވެސް ފައިދާ ނަގައި، ރައްޔިތުންނަށް މުއިއްޒު ވަނީ ދޮގު ހަދާފައެވެ.

ސަރުކާރުން ދެއްކުންތެރިކަމަށް ފަންޑު ފޮށި ބެހެއްޓިއަސް، އެ ޤައުމުގެ މުސްލިމު އަހުންނަށް އެހީ ވުމަށް، ބޭނުން ވާ ފަރާތްތައް އދ. އިން ފަލަސްތީނަށް އެހީވާ ޖަމިއްޔާތަކަށް އެ ފައިސާ ފޮނުވުން މާ އައުލާކަން ބޮޑެވެ. ޕީޕީއެމް ކުރީ ސަރުކާރުން ވަނީ ރޮހެންޏާ މުސްލިމުންނަށް ފައިސާ ދިނުމަށް ބޭއްވި ޓެލެތޯންގެ އެތައް މިލިއަން ފައިސާއަކަށް ހިޔާނާތްތެރި ވެފައެވެ. އަދި އަދަށް ދާންދެން އެ ފައިސާ އަށް ވީ ގޮތެއް ވަނީ ނުހޯދިފައެވެ.