ޚަބަރު

ގާސިމް އިބްރާހިމް، އިޒްރޭލުގެ މޮޑެލް އަކާއި ކައިވެނި ބައްލަވައި ގަތުމަށް ދަނީ ތައްޔާރު ވަމުން! މި މޮޑެލް ކުރިން މަސައްކަތް ކޮށްފައި ވަނީ އައިޑީއެފްގައި!

ދިޔަވަރު
ގާސިމް އިބްރާހިމް، އިޒްރޭލުގެ މޮޑެލް އަކާއި ކައިވެނި ބައްލަވައި ގަތުމަށް ދަނީ ތައްޔާރު ވަމުން! މި މޮޑެލް ކުރިން މަސައްކަތް ކޮށްފައި ވަނީ އައިޑީއެފްގައި!

އައިޑީއެފްގެ އިޒްރޭލް ޕްރޮމޯޓްކޮށް، ޒައެނިސްޓް ހަރަކާތައް ޕްރޮމޯޓް ކުރާ މީޑިޔާގައި ހަރަކާތްތެރި ވެފައިވާ، އިޒްރޭލްގެ މޮޑެލް އަކާއި، ޤާސިމް އިބްރާހިމް ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށާއި، އިޒްރޭލް ރައްޔިތަކާއި ޤާސިމް ކައިވެނި ބައްލަވައިގަތުމަށް ތައްޔާރު ވަމުން ދާކަމަށް، ގާސިމް އިބްރާހިމްގެ ވަރަށް އަރިސް ފަރާތަކުން ދިޔަވަރު ނޫހަށް ވަނީ ކަށަވަރު ކޮށްދީފައެވެ.

ގާސިމް އިބްރާހިމް، ރާއްޖެއިން ބޭރުގެ ފަރާތަކާއި ކައިވެނި ބައްލަވަން ނިންމާފައިވާ ސަބަބެއް ކަމުގައި އެ މަނިކުފާނު ވިދާޅުވި ކަމަށް ވަނީ، މި ފަހުން އެމަނިކުފާނު އިން އެއްވެސް ދިވެއްސެއްގެ ފަރާތުން އަންބެއްގެ ފަރާތުން ލިބެންޖެހޭ އޯގާތެރި ކަމާއި، ވަފާތެރިކަން ލިބިފައި ނުވާތީ ކަމަށެވެ.

ގާސިމް އިބްރާހިމް އެދިގެން ކުރީ ސަރުކާރުން މިނިސްޓަރު ކަން ދީފައިވާ ނަހުލާ އަށް ޖާސޫސް ކުރުމަށް ގާސިމް އިބްރާހިމް 8 މީހަކު ގެންގުޅޭ އިރު، އޭނާ އަކީ ގިނަ ލޯބިވެރިން ގެންގުޅޭ، އަދި ރާއްޖެއިން ބޭރަށް ކުރާ ދަތުރު ތަކުގައި އާންމު މިންގަނޑު ތަކުން ބޭރުން ގިނަ ބަޔަކާއި އެކި ކަހަލަ ގުޅުންތައް ބާއްވާ މީހެއް ކަމަށް އޭނާގެ ގާތް ފަރާތްތަކުން ބުނަމުންދާ މީހެކެވެ.

މީގެ އިތުރުން އެންމެ ފަހުން ގާސިމް އިނދެފައިވާ އަނބި މީހާ ވެސް މިހާރު އޭނާއަށް ބޭވަފާ ވަމުންދާ ކަމަށާއި، ދިވެހިންނަށް ވުރެ އެހެން ޤައުމުތަކުގެ މީހުން މާ ރަނގަޅު ވާނެ ކަމަށް ގާސިމް ވިދާޅުވި ކަމަށް އޭނާ ހާމަ ކުރިއެވެ.

ބޭރު މީހަކާއި އިންނަ އިރު، ބާވާލެއްވި ދީނެއްގެ މީހަކަށް އޭނާ ވާން ޖެހޭނެ ކަމަށް ބުނެ، ކައިވެނި ކުރެވޭނެ ގޮތަކީ އެއީ ކަމަށް ގާސިމް ބުނެފައިވާ ކަމަށާއި، އިޒްރޭލްގެ ޔަހޫދީ އަކާއި ކައިވެނި ކުރުމަށް ގާސިމް ނިންމާފައިވާނީ މިހެންވެ ކަމަށް ބެލެވޭ ކަމަށް އޭނާ ހާމަ ކުރިއެވެ.

ގާސިމް އިބްރާހިމް ވަނީ އިޒްރޭލް ޕާސްޕޯޓް މަނާ ކުރުމާއި ދެކޮޅަށް ތެދުވެ ވަޑައިގެން، ވަރަށް ފާޅުގައި މަޖިލީހުގައި ވާހަކަ ދައްކާފައެވެ. އަދި އިޒްރޭލް ރައްޔިތުންނަކީ ބާވައިލެއްވި ދީނެއްގެ ބައެއް ކަމަށް ބުނެ، ޒައެނިސްޓް ކާފަރުންގެ ދިފާޢުގައި އެމަނިކުފާނު ވަނީ ތެދުވެ ވަޑައިގެންފައެވެ. މުއިއްޒު އާއި ގާސިމް ހިމެނެހެން މިހާރު މަސައްކަތް ކުރަމުން ދަނީ އިޒްރޭލްގެ ޕާސްޕޯޓް މަނާ ނުކުރުމަށެވެ.

ދިޔަވަރު ނޫހުން ގާސިމަށް ބާއްޖެވެރި ކައިވެންޏަކަށް އެދެމެވެ.