ދިވެހި މަސްވެރިންނަށް ފައިސާ ނުދީ، މުޅި ސިނާއަތް ގަސްތުގައި އިނދަޖައްސާލުމަށް ފަހު، ޗައިނާގެ ބޯޓު ފަހަރުތަކަށް ލޭނު މަސްވެރިކަމަށް ހުއްދަ ދީފައި މުޒުމުން ބޮޑު ކަންނެލީގެ މަސްވެރިކަން ކުރަމުންދާ ފަރާތްތައް މިއަދު މުޒާހަރާއަށް ނުކުމެއްޖެއެވެ.
ސަރުކާރުން ދަނީ މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދައި، ސިޔާސީ މީހުން ވަޒީފާތަކަށް ނަގައި، މަސްވެރިންގެ ސިނާއަތުން ލިބޭ ފައިދާ ސިޔާސީ މީހުންނަށް ހަރަދު ކުރަމުންނެވެ.
މުއިއްޒުގެ ސަރުކާރުން މަސްވެރިންނަށް ފައިސާ ނުދީ އެތައް މަހެއް ވެފައިވާއިރު މިހާރު މިހާތަނަށް 82 މިލިއަނަށް ވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ދޭން ޖެހި ނުދީ ސަރުކާރުން ހިފަހައްޓާފައި ވެއެވެ.
މަސްވެރިންނާއި މެދު މިގޮތަށް އަމަލު ކުރަމުން ދަނީ އެމީހުންނަކީ އާދައިގެ ބައެއް ކަމަށް ދެކި، އެމީހުންގެ މުހިންމު ކަމެއް ނެތް ކަމެއް ބަލައިގެންނެވެ.
ރައީސް ސޯލިހްގެ ސަރުކާރާއި މެދު ހިތްހަމަ ނުޖެހިގެން މުއިއްޒަށް ވެރިކަން ދިން ގިނަ ބަޔަކު މީގެ ތެރޭގައި ވެއެވެ.