އިޒްރޭލުގެ ޕާސްޕޯޓް މަނާކުރުމުގެ ވާހަކަ ނުދެއްކުމަށް، ސޯޝަލް މީޑިޔާ އެކްޓިވިސްޓުންނަށް ރައީސް އޮފީހުން އަންގައިފިއެވެ. ޕީޕީއެމް ޕީއެންސީގެ އެއްވެސް އެކްޓިވިސްޓެއް މިހާރު، އިޒްރޭލާއި ދެކޮޅަށް ސޯޝަލް މީޑިޔާގައި ވާހަކަ ވެސް ދެއްކުން ވަނީ ހުއްޓާލާފައެވެ. މީގެ ތެރޭގައި ގިނައީ، ވަޒީފާގެ އަޅުންގެ ގޮތުގައި ތިބި އެކްޓިވިސްޓުންނެވެ.
މުއިއްޒުގެ ސަރުކާރުން އަންގައިގެން މިހާރު މަޖިލީހުގައި އެއްވެސް ވަރަކަށް އިޒްރޭލާއި ދެކޮޅަށް ވާހަކަ ނުދައްކައެވެ. މުއިއްޒު ވަނީ އިޒްރޭލް ޕާސްޕޯޓް މަނާ ކުރާނެ ކަމަށް ބުނުމަށް ފަހު، އެކަން ނުކުރަން ނިންމައި، އުނބަށް ޖަހާފައެވެ. އަދި މަޖިލީހަށް ހުށައަޅާފައިވާ އިޒްރޭލުގެ ބިލު، ފާސް ނުކޮށް ކޮމިޓީގައި މަރުހަލާގައި ދިގު ދަންމާލަން މުއިއްޒު ވަނީ އަންގާފައެވެ.
ސަރުކާރުން ދަނީ މިކަން ވަންހަނާކޮށް، ފަލަސްތީނާއި މެދު ކަންބޮޑުވާކަން ދެއްކުމަށް، ޓެލެތޯން އެއް ބާއްވައި ސަރުކާރު ވުޒާރާތަކާއި، ކުންފުނިތަކުގައި ހުރި ރައްޔިތުންގެ ލާރި އެއަށް ޖަމާ ކުރަން ފަށާފައެވެ.
މީގެ ކުރީގެ ޕީއެންސީ ސަރުކާރުން ރޮހެންޏާ މުސްލިމުންނަށް އެހީވުމަށް އެއްކުރި ފައިސާ އޭރުގެ އިސްލާމިކް މިނިސްޓަރ ވަނީ ބޭނުން ކޮށްފައެވެ. އަދި އަދަށް ދާންދެން އެއަށް ވީ ގޮތެއް ނޭނގެއެވެ.
ފަލަސްތީނުގެ ރައްޔިތުންނަށް އެހީ ވުމަށް ބޭނުންވާ ފަރާތްތަކުން، ބައިނަލްއަޤްވާމީ އޯޑިޓް ކުރާ އެފަދަ ޖަމިއްޔާތަކަށް ފައިސާ ފޮނުވުމަށް އެދެމެވެ. މުއިއްޒު ހިންގާ ޗަރުކޭހުގައި ބައިވެރި ނުވުމަށް އެދެމެވެ.