ޚަބަރު

އިޒްރޭލް ޕާސްޕޯޓް ނުހުއްޓުވައި، އޮޅުވާލަން މުއިއްޒު ފެށި މަކަރުވެރި ޓެލެތޯން އަށް ތާޢީދު ނުލިބުމުން، މިނިސްޓްރީތަކަށާއި، ސަރުކާރު ކުންފުނިތަކަށް މަޖުބޫރު ކޮށްގެން، ޓެލެތޯންއަށް ފައިސާ ޖަމާ ކުރަން ފަށައިފި!

ދިޔަވަރު
އިޒްރޭލް ޕާސްޕޯޓް ނުހުއްޓުވައި، އޮޅުވާލަން މުއިއްޒު ފެށި މަކަރުވެރި ޓެލެތޯން އަށް ތާޢީދު ނުލިބުމުން، މިނިސްޓްރީތަކަށާއި، ސަރުކާރު ކުންފުނިތަކަށް މަޖުބޫރު ކޮށްގެން، ޓެލެތޯންއަށް ފައިސާ ޖަމާ ކުރަން ފަށައިފި!

އިޒްރޭލް ޕާސްޕޯޓް ނުހުއްޓުވައި، އޮޅުވާލަން މުއިއްޒު ފެށި މަކަރުވެރި ޓެލެތޯން އަށް ތާޢީދު ނުލިބުމުން، މިނިސްޓްރީތަކަށާއި، ސަރުކާރު ކުންފުނިތަކަށް މަޖުބޫރު ކޮށްގެން، ޓެލެތޯންއަށް ފައިސާ ޖަމާ ކުރަން ފަށައިފިއެވެ. މިގޮތުން ކޮންމެ މިނިސްޓްރީ އަކުން އެތައް ލައްކަ ރުފިޔާއެއް ޑޮނޭޓް ކުރި އިރުގައި، އާންމުންގެ ފަރާތުން މުއިއްޒުގެ ފަރާތުން މަންފާ ލިބެމުންދާ މަދު މުއްސަނދިން މިކަމުގައި އެހީ ތެރި ވިއަސް ގިނަބަޔަކު މި ޓެލޮތޯންގައި ބައިވެރި ނުވެއެވެ.

ޑިފެންސް މިނިސްޓްރީ އިން 2.5 މިލިއަން ރުފިޔާ މުއިއްޒު އަންގައިގެން މުއިއްޒުގެ ޓެލަތޯން އަށް ވަނީ ހަދިޔާ ކޮށްފައެވެ.

މީގެ އިތުރުން ސަރުކާރު ކުންފުނިތަކާއި، މަޖިލީސް މެމްބަރުންނަށްވެސް މުއިއްޒު ވަނީ ޓެލަތޯންގައި ބައިވެރި ވުމަށް އަންގާފައެވެ. މިއީ ރާއްޖޭގައި މިގޮތަށް ދުވަހަކު ވެސް ޓެލަތޯން އެއް ބޭއްވި ގޮތެއް ނޫނެވެ. ޓެލަތޯންނަށް މީހުން ފައިސާ ހަދިޔާ ކުރަންވާނީ އެކަމަށް އެހީތެރި ވުމުގެ ހިތް ނިޔަތުގައެވެ. މުއިއްޒުގެ ދެފާގައި ދޫލުމުގެ ނިޔަތަކު، މުއިއްޒު މަޖުބޫރު ކޮށްގެން ނޫނެވެ. އަދި އެއީ ރައްޔިތުން ސަރުކާރު ހިންގަން ދައުލަތާއި ހަވާލުކޮށްފައިވާ އަމާނާތަކާއި މެދު ސަރުކާރުގެ ވެރިއަކަށް ހުންނަ ފަރާތަކަށް އޭނާގެ މޫނުމަތި ރީތި ކުރުމުގެ ބޭނުމުގައި ހިންގާ ޕްރޮޕަގަންޑާއަކަށް ބޭނުން ކުރަން ހެޔޮވާނެ ފައިސާއެއް ނޫނެވެ. ރައްޔިތުންގެ ކުރިމަތީ މިފަދަ ބޮޑެތި އޮޅުވާލުން އޮޅުވާލަން ހެޔޮ ނުވާނެއެވެ.

މުއިއްޒު ބޭނުންވީ ގައުމީ ލެވެލްގެ ކަމަކަށް މި ޓެލަތޯން ހެދުމަށެވެ. ނަމަވެސް ބައެއް މީހުން ސޯޝަލް މީޑިޔާގައި މިކަމަށް ވަނީ ހިތް ހަމަ ނުޖެހުން ފާޅު ކޮށްފައެވެ. ގިޔާމަތް ދުވަހުން މުއިއްޒާއި ސުވާލު ކުރެވޭނީ މަސްވެރިންނަށް ދޭން ހުރި ފައިސާ ނުދީ މުއިއްޒު ހުރި ކަމުގެ މައްޗަށް ކަމަށާއި، ފަލަސްތީނުގެ ޓެލަތޯން އެއް ނުބާއްވައިގެން ނޫން ކަމަށް މީހަކު ޓްވިޓަރ ގައި ލިޔެފައި ވެއެވެ.

މުއިއްޒު ވަނީ އިޒްރޭލުގެ ޕާސްޕޯޓް މަނާ ކުރާނެ ކަމަށް ބުނުމަށް ފަހު، އިޒްރޭލުން ފައިސާ ހުށައެޅުމުން، ޕާސްޕޯޓް މަނާ ކުރުން ހުއްޓާލާފައެވެ. މުއިއްޒު އަކީ މިހާރު އިޒްރޭލުގެ އެޖެންޓެކެވެ. ޓެލަތޯން ބާއްވަމުން ދަނީ އެކަންކަން ފޮރުވުމަށެވެ.

މުއިއްޒުގެ މަޖިލީސް މެމްބަރުންނަށްވެސް، އިޒްރޭލާއި ދެކޮޅަށް ވާހަކަ ނުދެއްކުމަށް އަންގާފައި ވާއިރު، މިރޭގެ ވަގުތެއްގައި ސޯޝަލް މީޑިޔާގައި އުޅޭ ޕީއެންސީ އެކްޓިވިސްޓުންވެސް ޕާސްޕޯޓް މަނާ ކުރުމަށް ތާޢީދު ކޮށްގެން ނުވާނެ ކަމަށް މުއިއްޒު ވަނީ ރައީސް އޮފީސް މެދުވެރިކޮށް އަންގާފައެވެ.

މީގެ އިތުރުން ރައްޔިތުންނަށް އެތައް ފައިސާއެއް ދަރާފައިވާ، ފެނަކައާއި، މަސްވެރިންނަށް ފައިސާ ނުދޭ މިފްކޯ އާއި، ފިޝަރީޒް އިންވެސް މި ޓެލަތޯންނަށް ވަނީ މިހާރު އެތައް ލައްކަ ފައިސާއެއް ދީފައެވެ.