ޚަބަރު

ބައްލަވާ ލޯތްބަކީ އެއީ ކަނު އެއްޗެއް، ބާވާލެއްވި ދީނެއްގައި ހުރި މީހަކާއި އިނުމަކީ، ބަލަ އެއީ މައްސަލަ އެއްތަ؟: ޤާސިމް އިބްރާހިމް

ދިޔަވަރު
ބައްލަވާ ލޯތްބަކީ އެއީ ކަނު އެއްޗެއް، ބާވާލެއްވި ދީނެއްގައި ހުރި މީހަކާއި އިނުމަކީ، ބަލަ އެއީ މައްސަލަ އެއްތަ؟: ޤާސިމް އިބްރާހިމް

ޤާސިމް އިބްރާހިމް އެމަނިކުފާނު ލޯބިން ގުޅިގެން އުޅޭ އިސްރާއިލްގެ މޮޑެލް އާއި ގުޅޭ ގޮތުން ރައްޓެއްސެއް ސުވާލު ކުރުމުން ލޯތްބަކީ އެއީ ކަނު އެއްޗެއް ކަމަށާއި، ބާވާލެއްވި ދީނެއްގައި ހުރި މީހަކާއި އިނުމަކީ މައްސަލަ އެއްހޭ އަހައި ހިތް ހަމަ ނުޖެހިގެން ސުވާލު އުފައްދައިފި އެވެ.

އިޒްރޭލުގެ ޕާސްޕޯޓް މަނާ ކުރުމާއި ދެކޮޅަށް އެންމެ ބޮޑަށް ވަކާލާތް ކުރައްވާ ސިޔާސީ ފަރާތަކީ ޤާސިމް އިބްރާހިމް އެވެ. އެމަނިކުފާނު މިކަމާއި ދެކޮޅު ހައްދަވައި، އެކަން ކުރަންވާނީ ވަރަށް ވިސްނައިގެން ކަމަށާއި، އިޒްރޭލުގެ އުޅޭ ޒަޔަނިސްޓުންނަކީ ﷲ ބާވާލެއްވި ދީނެއް މަތީ ތިބި ބައެއް ކަމަށް ބުނެ އެކި ފާޑު ފާޑުގެ އުޒުރު ވަނީ ދައްކާފައެވެ.

އިޒްރޭލުގައި މިހާރު ދިރިއުޅެމުން ދަނީ ޔަހޫދީ ދީނަށް ނިސްބަތްވާ ހަޔޫދާގެ ދަރިފަސްކޮޅުގެ މީހުންނެއް ނޫނެވެ. އެތާގައި އުޅެމުން ދަނީ ޒައެނިސްޓުންނެވެ. ޒައެނިސްޓުންނާއި، މިހާރުގެ ޔަހޫދީންނަކީ މަހުޝަރު ކުރެއްވުން ފަދަ ﷲ ދީނުގައިވާ ކަންކަން ޤަބޫލު ނުކުރާ ކާފަރުން ތަކެކެވެ. އަދި އެއީ މިވަގުތު މާތް ﷲ ބާވާލެއްވި އިސްލާމް ދީނުގެ އެންމެ ބޮޑު އަދުއްވުންނެވެ. އަދި އެމީހުންގެ ފަރާތުން އެނގޭ ގޮތުގައި އެމީހުންގެ އެންމެ ބޮޑު އެޖެންޑާއަކީ ދައްޖާލު ދުނިޔެއަށް އަންނަން ވާއިރަށް ދުނިޔެ ދައްޖާލަށް އެކަށީގެންވާ ވަރުގެ ނުބައި ތަނަކަށް ހަދައި ދިނުމެވެ.

ޤާސިމް އިބްރާހިމް ޒައެނިސްޓް އަންހެނަކާއި ކައިވެނި ކުރަން ބޭނުންވެފައިވާއިރު، އިޒްރޭލް ޕާސްޕޯޓް މަނާ ކުރުމަކީ އެ އަންހެން މީހާއަށް ރާއްޖެ ނާދެވެނެ ސަބަބެއް ކަމަށް ވާތީ، އެއީ އިޤްތިޞާދަށް އަސަރު ކުރާނެ ކަމެއް ކަމަށް ބުނެ ވާހަކަ ދައްކައި، އިޒްރޭލް ޕާސްޕޯޓް މަނާ ކުރުމާއި ގުޅޭ ގޮތުން ފާޅުގައި ދެކޮޅު ހެއްދެވީއެވެ.

ޤާސިމް އިބްރާހިމް އެންމެ ފަހުން އިނދެފައިވަނީ ކިރިޔާ 18 ފުރުނު އަންހެން ކުއްޖަކާއެވެ. ކޮވިޑް ތެރޭގައި ކުރެވުނު މިކައިވެނި، ކުރުމުގެ ކުރިން އެ އަންހެން ކުއްޖާ ދިރި އުޅެމުން ގެންދިޔައީ ޤާސިމް އާއި އެކު ރިސޯޓުގައި ކަމަށް ބުނެ ގިނަ ބައެއްގެ ފާޑު ކިޔުން ޤާސިމަށް އަމާޒުވެގެން ދިޔައީ 18 އަހަރު ނުފުރޭ ކުއްޖެއް ގެންގުޅުނު ކަމުގެ ތުހުމަތާއި އެކުއެވެ.

ޤާސިމް އިބްރާހިމް އާ ކާވެންޏެއް ބޭނުން ފުޅު ވެގެން އުޅުއްވަނީ، އެންމެ ފަހުން ކައިވެނި ބައްލަވާގެންނެވި ދެ އަނބިންނަކީ ވެސް ގާސިމަށް ވަފާތެރި ބައެއް ކަމުގައި ނުވާތީއެވެ.