ޚަބަރު

އެއަރޕޯޓް ވިއްކާލުމެކޭ، މާލޭ ޕޯޓް ވިއްކާ ލުމެކޭ އެއްވެސް ތަފާތެއް ނެތް! ޤައުމުގެ މައި ދޮރު ފިލިޕީންސް ގައި އޮތް ޗައިނާގެ ކުންފުންޏަކަށް މުއިއްޒު މިދިނީ ރާއްޖެ އެއްކޮށް ޗައިނާގެ އަޅުވެތި ކަމަށް ގެންދިޔުމަށް!

ދިޔަވަރު
އެއަރޕޯޓް ވިއްކާލުމެކޭ، މާލޭ ޕޯޓް ވިއްކާ ލުމެކޭ އެއްވެސް ތަފާތެއް ނެތް! ޤައުމުގެ މައި ދޮރު ފިލިޕީންސް ގައި އޮތް ޗައިނާގެ ކުންފުންޏަކަށް މުއިއްޒު މިދިނީ ރާއްޖެ އެއްކޮށް ޗައިނާގެ އަޅުވެތި ކަމަށް ގެންދިޔުމަށް!

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހިންގާ ރާއްޖޭގެ މައި ވިޔަފާރި ބަނދަރު ޗައިނާގެ ކޮންޓްރޯލް އޮންނަ ފިލިޕީންސްގެ ކުންފުންޏަކަށް 25 އަހަރަށް ދިނުމަށް މަޝްވަރާ ކުރުމުގެ ގޮތުން އެމްއޯޔޫއެއްގައި ސަރުކާރުން ވަނީ ތިން މަސް ދުވަސް ކުރިން ސޮއެ ކޮށްފައެވެ.

މިހާތަނަށް ރާއްޖޭގެ 5 ސަރަހައްދަކުން ޗައިނާގެ ބޮޑެތި ކުންފުނިތަކަށް 99 އަހަރަށް މުއިއްޒު ތަންތަން ދީފައި ވާއިރު، ރާއްޖޭގެ މައި ބަދަރު ޗައިނާއަށް ދިނުމުން، ރާއްޖޭގެ މައްޗަށް ރާއްޖޭގެ ރައްޔިތުންނަށާއި، އޭރެއްގައި އޮންނަ ސަރުކާރަކަށް ހިންގޭނެ މާ ބޮޑު ބާރެއް ނޯންނާނެއެވެ. މި ގޮތުން ހިލޭ ޗައިނާއަށް ލ. އަތޮޅުން 3 ރަށަކާއި، ބަނދަރު އެޅުމަށާއި، މެރިނާ އެއް އެޅުމަށް ޗައިނާ ކުންފުންޏަކާއި އެކު ސަރުކާރުން ވަނީ ސިއްރު އެއްބަސް ވުންތަކެއް ހަދާފައެވެ.

ސަރުކާރުން މިހާރު ސޮއެ ކޮށްފައިވާ އެމްއޯޔޫގައި ވާ ގޮތުން، މާލޭގެ މައި ޕޯޓް ޗައިނާ ކުންފުންޏަށް ރާއްޖެއިން ނުދީފި ނަމަ އެ ކުންފުންޏަށް ބަދަލެއްގެ ގޮތުގައި 5 މިލިއަން ޑޮލަރު ދިވެހި ސަރުކާރުން ދޭން ޖެހެއެވެ. އެއީ ޗައިނާގެ ކުންފުންޏަށް މިތަން ދިނުމަށް ވާހަކަ ދެއްކުމަށް ހެދި އެމްއޯޔޫގައި އޮތް ގޮތެވެ. މިވަރުގެ "ޤައުމިއްޔަތެއް" މުއިއްޒުގެ ފަރާތުން ގައުމަށް ގެނެސް ގައުމަށް ޗައިނާގެ ހަންފެތުރުން ނޫން ކަމެއް ކުރިމަތި ނުކުރައެވެ. މާލޭ ޕޯޓަކީ އަކީ ދިވެހިންނަށް ނުހިންގޭ ކުންފުންޏެއް ނޫނެވެ. މި ވަރު ކަމެއް ކުރަން ހެޔޮ ވާނީ ކިހިނަކުން ތޯއެވެ.

އޭގެ އިތުރުން, ތިލަފުށީގައި ތަރައްގީކުރާ ވިޔަފާރި ބަނދަރު ވެސް 25 އަހަރު ދުވަހަށް ފިލިޕީންސްގެ ކުންފުނިން ހިންގުމަށް އެއްކޮށް ދޫކޮށްލުމަށް މަޝްވަރާ ކުރަމުންދާކަން ވެސް ވަނީ އެނގިފަ އެވެ.

އެގޮތަށް އެއްބަސްވެއްޖެނަމަ އެ މުއްދަތުގެ ތެރޭގައި ވިޔަފާރި ބަނދަރުގެ ފައިދާގެ 98 ޕަސެންޓު އެ ކުންފުންޏަށް ލިބޭއިރު ދިވެހި ސަރުކާރަށް ލިބޭނީ އެންމެ ދެ ޕަސެންޓުކަން ވެސް ވަނީ އެނގިފަ އެވެ. އަދި, ވިޔަފާރި ބަނދަރު ތަރައްގީ ކުރުމަށް ބޭނުންވާ ފައިސާ ސަރުކާރަށް ހަމަޖައްސައިދެނީ އެ ކުންފުނި މެދުވެރިކޮށް ނަގާ ލޯނަކުންކަން ވެސް ވަނީ އެނގިފަ އެވެ.

މިހާ ބޮޑު އާމްދަނީއެއް ދޫކޮށްލާ ގޮތަށް ޕޯޓާ ގުޅޭ މަޝްވަރާތައް ކުރިއަށްދާއިރު، އެމްޕީއެލްއަކީ ލޯނެއް ނަގައިގެން އެފަދަ މަސައްކަތެއް ކުރިއަށްގެންދިޔުމުގެ ގާބިލުކަން ހުރި ކުންފުންޏެކެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކި އެމްޕީއެލްގެ ބައެއް އޮފިޝަލުން ވިދާޅުވި ގޮތުގައި މިއީ ވަރަށް ބޮޑު ގެއްލުމެއް އެ ކުންފުންޏަށް ލިބިގެންދާނެ ކަމެކެވެ. އެ ކުންފުނީގެ ބައެއް އޮފިޝަލުން މިކަމާ ދެކޮޅު ނަމަވެސް ސަރުކާރުގެ ތެރެއިން އިކޮނޮމިކް ކައުންސިލުން މި އެއްބަސްވުމަށް ދިޔުމަށް މަސައްކަތް ކުރަމުންދާކަން ވަނީ އެނގިފަ އެވެ.

އެމްޕީއެލްއިން އެންމެފަހުން އާންމުކުރީ 2022 ގެ އަހަރީ ރިޕޯޓެވެ. އެ ރިޕޯޓުން އެނގޭ ގޮތުގައި އަހަރަކު 119,000 އަށްވުރެ ގިނަ ކޮންޓެއިނަރު އެ ކުންފުނިން ހޭންޑްލްް ކުރިއިރު ސާފު ފައިދާގެ ގޮތުގައި 112.6 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މިއީ ރޯމާ ދުވާލު ކުރަމުންދާ ވައްކަމެވެ.