ޚަބަރު

އިޒްރޭލުން 30 މިލިއަން ޑޮލަރު މުއިއްޒު ނެގުމަށް ފަހު، މިއަދު ހާމަކުރީ އިޒްރޭލު ޕާސްޕޯޓް މަނާކުރުމަކީ ވިސްނައިލަންޖެހޭ ކަމެއް ކަމަށް! އިޒްރޭލް ޕާސްޕޯޓް ބޭން ކުރަން އުޅުނު މީހާ ނިމުނު އިރު ބަދަލުވީ އިޒްރޭލް އެޖެންޓަކަށް!

ދިޔަވަރު
އިޒްރޭލުން 30 މިލިއަން ޑޮލަރު މުއިއްޒު ނެގުމަށް ފަހު، މިއަދު ހާމަކުރީ އިޒްރޭލު ޕާސްޕޯޓް މަނާކުރުމަކީ ވިސްނައިލަންޖެހޭ ކަމެއް ކަމަށް! އިޒްރޭލް ޕާސްޕޯޓް ބޭން ކުރަން އުޅުނު މީހާ ނިމުނު އިރު ބަދަލުވީ އިޒްރޭލް އެޖެންޓަކަށް!

އިޒްރޭލު ޕާސްޕޯޓް އޮންނަ އެއްވެސް މީހަކަށް ރާއްޖެއަށް ދަތުރު ނުކުރެވޭ ގޮތަށް "ބްލޭންކެޓްކޮށް" ޕާސްޕޯޓް މަނާކުރުމަކީ ވިސްނައިލަން ޖެހޭ ކަމެއް ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.

އިޒްރޭލުން 30 މިލިއަން ޑޮލަރު މުއިއްޒު ނެގުމަށް ފަހު، މިއަދު މި ހާމަކުރީ އިޒްރޭލު ޕާސްޕޯޓް މަނާކުރުމަކީ ވިސްނައިލަންޖެހޭ ކަމެއް ކަމަށެވެ. އިޒްރޭލް ޕާސްޕޯޓް ބޭން ކުރަން އުޅުނު މީހާ (މުއިއްޒު) ނިމުނު އިރު މި ބަދަލުވީ އިޒްރޭލް އެޖެންޓަކަށެވެ.

އެކަމުން ރެކެން ވެގެން ޓެލަތޯން ބާއްވައި، ސަރުކާރު ހުރިހާ ކުންފުނިތަކަށާއި، މިނިސްޓްރީ ތަކަށް ދައުލަތުން ބަޖެޓް ކޮށްފައިވާ ފައިސާ އާއި، މުއައްޒަފުންގެ ނުރުހުމުގައި އެމީހުންގެ ވަޒީފާގެ މުސާރައިން ކަޑައި އެފައިސާ މުއިއްޒުގެ އަމުރަށް ދަނީ ޓެލަތޯން އަށް ދެމުންނެވެ. މި ޓެލަތޯން ބޭއްވި އިރު މިދިޔަ ސަރުކާރުން ފަލަސްތީނަށް ފޮނުވަން ނިންމި 2 މިލިއަން މަސްދަޅުވެސް މުއިއްޒު ވަނީ ހުއްޓުވާފައެވެ. އެހެން ކަމުން ޓެލަތޯން ބާއްވައިގެން ރައްޔިތުންގެ މުސާރައިން މުއިއްޒު މި ނެގި ލާރި ވަންނާނީ ދިމްޔާތުގެ ކޮން އެކައުންޓަކަށް ކަމާއި މެދު އަދި ޝައްކެވެ.

އޭޖީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އޭޖީ ވިދާޅުވީ ސަރުކާރުގެ އެހެން ނަމަވެސް ސަރުކާރުގެ ސްޓޭންޑް އެކަމުގައި ބަދަލުނުވާ ކަމަށެވެ. އެއާ އެކު އޭނާ ވިދާޅުވީ ބްލޭންކެޓްކޮށް އިޒްރޭލު ޕާސްޕޯޓް މަނާކުރުމާ މެދު "ބައެއް ބޭފުޅުންގެ ކަންބޮޑުވުން އެބަ އޮތް" ކަމަށެވެ.

"ބައެއް ބޭފުޅުންގެ ހަމަ ވަރަށް ބޮޑު ކަންބޮޑުވުމެއް އެއީ މިހާރު ބިލު ހުށަހެޅިފައި އޮތް ގޮތުން، އިޒްރޭލުގެ ޕާސްޕޯޓް ހޯލްޑްކުރާ ފަލަސްތީނުގެ ވަރަށް ބައިވަރު ރައްޔިތުން ވެސް އެބަތިބި، މިލިޔަނުން ގުނައިލެވޭ، އެހެންވީމާ ބްލެންކެޓް ބޭންއެއް އަޅުގަނޑުމެން އެހެން ކޮށްފިކަމުގައި ވަނީ ނަމަ ކިހިނެތްތޯ ވާނީ، މިއީ ކުޑަކޮށް ވިސްނައިލަން ޖެހޭ ކަހަލަ ކަންކަން،" އުޝާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެކަމުގައި ހައްލެއް ހޯދާނީ އެކަންކަމާ ވިސްނުމަށް ފަހުގައި ކަމަށެވެ.

އިޒްރޭލު ޕާސްޕޯޓް މަނާކުރަން ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ބިލެއް ހިމަނައިފައެއް ނެތެވެ. އުޝާމް ވިދާޅުވި ގޮތުގައި އެ ބިލު ނުހިމެނީ ހަމަ އެމައުލޫއުގެ އެހެން ބިލެއް މަޖިލީހަށް ހުށަހަޅާފައި އޮތުމުންނެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމު ހުށަހެޅުއްވި ބިލެކެވެ. މަޖިލީހުގައި އެންމެ ފަހުން ބޭއްވި ޖަލްސާގައި އެ ބިލު ވަނީ މަޖިލީހަށް ބަލައިގަނެފަ އެެވެ. ބިލު ބަލައިގަތީ ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަ މެޖޯރިޓީގެ ތާއީދާ އެކުގަ އެެވެ.