އިޒްރޭލުން ދިން 30 މިލިއަން ޑޮލަރު ބަލައި، އީދު ބަންދު ނިމުމުން، ޒަމީރު އެމެރިކާއަށް ދާން ހަމަ ޖެހިއްޖެ ކަމަށް ދިޔަވަރު ނޫހަށް މައުލޫމާތު ލިބިއްޖެއެވެ. މި ދަތުރުގައި އިޒްރޭލް ޕާސްޕޯޓް މަނާ ނުކުރާނެ ކަމުގެ ޔަގީން ކަން އެމެރިކާއަށް މުއިއްޒުގެ ފަރާތުން ދޭނެއެވެ. އަދި މިހާރު ދެމުން ދާ އެހީތައް އެމެރިކާއިން މެދު ނުކެނޑި ރާއްޖެއަށް ލިބޭނެ ކަމުގެ ޔަގީން ކަން އެމެރިކާއިން ރާއްޖެއަށް ދޭނެއެވެ.
އިޒްރޭލް ޕާސްޕޯޓް މަނާ ކުރުމަށް މަސައްކަތް ފެށުމަށް ފަހު، އަދި އެކަން އެގޮތަށް ކުރުމަށް މުއިއްޒުގެ ކެބިނެޓުން ނިންމުމަށް ފަހު، މިކަން ބަދަލު ކޮށްފައި ވަނީ ސަރުކާރަށް އިޒްރޭލުން ނާއި އެމެރިކާއިން ކުރިމަތި ކުރުވި ޕްރެޝަރުގައެވެ. އިޒްރޭލުގެ ޕްރެޝަރ ވަނީ ސަލަފު ޖަމިއްޔާއަށް ވެސް ލިބިފައެވެ. އަދި ސަލަފުން ދަނީ، އިޒްރޭލް ޕާސްޕޯޓް މަނާ ނުކުރަން މުއިއްޒު ކުރަމުންދާ މަސައްކަތަށް ވާގި ވެރި ވަމުންނެވެ.
މިގޮތުން އިޒްރޭލް ޕާސްޕޯޓް މަނާ ނުކުރިއަސް މުއިއްޒު އާއި މެދު ރައްޔިތުންގެ މެދުގައި ނުބައި ތަސައްވުރެއް ނުއުފެއްދުމަށް މީގެ އެތައް އަހަރެއް ކުރިން މިހާރުގެ ޑިމޮކްރެޓްސް ޕާޓީގެ ލީޑަރ މުހައްމަދު ނަޝީދު ކޮށްފައިވާ ބައެއް ނޭދެވޭ ކަންކަމުގެ ވާހަކަ ދައްކައި އެކަމާއި މިހާރުގެ އެމްޑީޕީއާއި ގުޅުވަން ވަނީ ޓީވީ ގައި މަސައްކަތް ކޮށްފައެވެ. އިޒްރޭލުގެ ދިފާޢިގައި މިފަދަ އެތައް ފިތުނައެއް ސަލަފުން ދަނީ ހިންގަމުންނެވެ.
ޕީޕީއެމްގައި ތިބި މުސާރައިގެ އަޅުންނަށްވެސް އިޒްރޭލުގެ އަނިޔާ މުސްލިމުންގެ މައްޗަށް ލިބުން މިހާރު އެންމެ ރަނގަޅުވެއްޖެއެވެ. ފަލަސްތީނުގެ ދިފާޢިގައި ސޯޝަލް މީޑިޔާގައި ވާހަކަ ނުދެއްކުމަށާއި، ޕާސްޕޯޓް މަނާ ކުރުމަށް ގޮވާ ނުލަން ރައީސް އޮފީހުން ވަނީ ސިޔާސީ ވަޒީފާގެ އަޅުންނަށް އަންގާފައެވެ.
މީގެ އިތުރުން އެންމެ ފަހުން އޮތް މަޖިލީހުގައި ވެސް ސަރުކާރުގެ މަޖިލީސް މެމްބަރުން، ހާއްސަ ކޮށް މުއިއްޒުގެ މަޖިލިސް މެމްބަރުން ވަނީ އިޒްރޭލް ޕާސްޕޯޓް މަނާ ކުރުމާއި ދެކޮޅު ހަދާފައެވެ. އަދި މިހާރު އެބިލް ވަނީ ކޮމިޓީތަކުގައި ތާށިކޮށްފައެވެ.
މުއިއްޒަކީ އިސްލާމް ދީނަށް ލޯބިވާ މީހެއް ކަމުގައި ދައްކައިގެން އުޅޭ ލާދީނީ މީހެކެވެ. މުއިއްޒުގެ ދޮގުތައް އިތުރު ވަމުން ދާތީ ގިނަ ރައްޔިތުން މިހާރު މުއިއްޒަށް ކިޔަނީ ކައްޒާބެވެ. ޒުވާން ޖެންޒީ ކުދިން މުއިއްޒަށް މިހާރު ކިޔަނީ ކަޒް އެވެ.