އިސްލާމީ މިންގަޑުތަކާ ޚިލާފް ނުވާގޮތުގެމަތިން މިއަހަރުގެ ބޮޑު އީދު ފާހަގަކުރުމަށް އިލްތިމާސް ކުރުމަށްފަހު, މިސަރުކާރުން ބޮޑު އީދު ފާހަގަކުރުމުގެ ގޮތުގައި, ދެޖިންސް މަސްހުނިކޮށް މިރޭ މިއުޒިކް ޝޯ ބާއްވައިފިއެވެ.
ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް ސޮއި ކުރައްވައި، ސިޓީ އަދި ރަށު ކައުންސިލްތަކަށް މިމަހުގެ 14 ވަނަ ދުވަހު ފޮނުވި ސާކިއުލާގައި ބުނެފައިވަނީ ދިވެހިންނަކީ އުސޫލެއްގެ ގޮތުން އިސްލާމް ދީނުގެ އެއް މަޒުހަބަކަށް ތަބާވާ މީހުން ކަމަށާއި އެއް ގައުމިއްޔަތެއް ހިއްސާކުރާ ބަޔަކު ކަމަށް ވުމުން, ދީނީ މިންގަނޑުތަކާ ހިލާފު ނުވާ ގޮތަށް އީދު ހަރަކާތްތައް ހިންގަން އަންގާ ކަމުގައެވެ.
އަދި އޭގެ އިތުރުން އިސްލާމް ދީން ފިޔަވައި އެހެން ދީންތައް ރަމްޒުވާ ތަކެތި ނުގެންގުޅުމާއި އެފަދަ ކަންކަަމަށް މަގުފަހި ނުވާނެހެން އީދުގެ ހަރަކާތްތައް ހިންގުމަށް ވެސް އެ ސާކިއުލާގައި އަންގާފައިވެ އެވެ.
އެހެންނަމަވެސް މިއަހަރުގެ ބޮޑު އީދުގެ ޚާއްސަ ހަރަކާތެއްގެ ގޮތުން, މި ސަރުކާރުން އިންތިޒާމް ކޮށްގެން މިރޭވަނީ ސޯޝަލް ދެންޓަރު ސްޓޭޖްގައި މީއުޒިކް ޝޯއެއް ކުރިޔަށް ގެންގޮސްފައެވެ. އަދި މި ޝޯ ކުރިޔަށް ގެންގޮސްފައިވަނީ ދެޖިންސް މަސްހުނިކޮށްގެންކަންވެސް ފާހަގަ ކޮށްލާން ޖެހެއެވެ.
މިރޭ 9:00 އިން ގާތްގަނޑަކަށް 12:00 އަށް ކުރިއަށް ގެންދިޔަ މި ސްޓޭޖު ޝޯ ބަލައިލުމަށް މާލެއާއި ހުޅުމާލޭގައި ދިރިއުޅޭ ގިނަ ރައްޔިތުންތަކެއް ސޯޝަލް ސެންޓަރު ސަހަރައްދަށް ގޮސްފައި ވެއެވެ.
މި މިއުޒިކް ޝޯވް ޝޯގައި އަންހެނުންނާއި ފިރިހެނުން ”ސޭންޑްވިޗު“ ހެދިގެން ފޯރި ނަގަމުން ދިޔައިރު ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކެމްޕެއިނުގައި އެންމެ ބޮޑަށް ޕްރޮމޯޓު ކުރީ އިސްލާމް ދީން ހިމާޔަތް ކުރުމުގެ ސިޔާސަތެވެ. އަދި ދާދިފަހުން ނިމިދިޔަ މަޖިލިސް އިންތިހާބުގެ ކެމްޕެއިންގައިވެސް ރައީސް މުއިއްޒުއާއި ސަރުކާރުގެ އިސް ވެރިން ވަނީ އެހެން ޕާޓީއަކަށް މަޖިލިސް މެޖޯރިޓީ ލިބިއްޖެނަމަ އިސްލާމް ދީނުގެ މިންގަޑުތަކާ ޚިލާފް އެތައްކަމެއް ރާއްޖެއަށް ގެންނާނެކަމަށްބުނެ ވާހަކަ ދައްކަވާފައެވެ.
އެހެންނަމަވެސް ރިޔާސީ ކެމްޕޭންގައި ވެވަޑައިގެންނެވި ވައުދުތަކުގެ މަތިން ހަނދާން ނައްތާލުމަށްފަހު, މުއިއްޒު ގެންދަވަނީ އިސްލާމް ދީނުގެ އަސާސްތަކާ ޚިލާފް އެތައްކަމެއް ތައާރަފްކޮށްކޮށް, އަދި ކުރިޔަށް ގެންދަމުންނެވެ.
މުއިއްޒުގެ ވެރިކަމުގައި ރާއްޖޭގައި, ފާހިޝް ކަންކަމަށް ހިތްވަރުދީ އަދި ދެޖިންސު މަސްހުނިވެގެން ބާއްވާ މިއުޒިކު އާންމުކޮށް ހިންގަމުންދާ ލާދީނީ އަމަލުތަކާއި ގުޅޭގޮތުން ސަލަފް ޖަމިއްޔާގެ ވެރިންނާއި މިސަރުކާރަށް ތާއީދުކުރާ ބައެއް އިލްމުވެރިން މިހާތަނަށްވެސް ހަނު ތިބެފައިވާއިރު, އިސްލާމީ މަރުކަޒުގެ އިސް އިމާމުގެ ދަރަޖަ މިނިސްޓަރު ފެންވަރަށް މަތިކުރައްވައި، އެ މަގާމަށް ރައީސް މުއިއްޒުގެ އަނބިކަބަލުން ސާޖިދާގެ ބޮޑުބޭބެ މުހައްމަދު ލަތީފް އައްޔަންކުރައްވާފައިވާކަން ފާހަގަ ކޮށްލެވެއެވެ.
އަދި އެނޫނަސް ސަލަފް ޖަމިއްޔާގެ އިސް ބައެއް ބޭފުޅުން ވަނީ މި ސަރުކާރުން އިސް ބައެއް މަގާމްތަކަށް އައްޔަން ކޮށްފައެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށް, މިއުޒިކާއި ލަވަކިއުމާއި, ދެޖިންސުގެ މީހުން ގައިގޯޅިވެސް މަޖާ ކުރުމުގެ ފުސަތުދަނީ ވަރަށްބޮޑަށް ތަނަވަސް ކޮށްދެމުންނެވެ. އަދި ދީނަށް ފުރައްސާރަ ކުރުމުގެ އަމަލުތައްވެސް ދަނީ ގިނަވަމުންނެވެ.
އެހެންނަމަވެސް, ލާދީނީ ފާހިޝް އަމަލުތަކަށް ފުރުސަތުލިބޭ މިސިޔާސަތަށް, ދީނީ ކަންކަމަށް ވަކާލާތު ކުރާ ސަލަފް ޖަމިއްޔާއިން ދަނީ ތާއީދުކޮށް ހަނުހުންނަމުންނެވެ.